ޚަބަރު
ރާއްޖޭގެ 4 ސަރަޙައްދެއްގައި ދަނާލު އަޅަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަފްތާ-14ގައި ހިމެނޭ ދަނާލު ބިނާކުރުމުގެ މަޝްރޫޢުގެ ދަށުން ރާއްޖޭގެ 4 ސަރަޙައްދެއްގައި ދަނާލު ބިނާކުރުމަށް ނިންމައި އެ މަސައްކަތް އިފްތިތާޙްކޮށްފިއެވެ.

ދަނާލް އެޅުމުގެ މަޝްރޫޢު، އިފްތިތާޙްކޮށްދެއްވީ، ރ. ދުވާފަރުގައި ދަނާލު އަޅަން ހަމަޖެއްސި ބިން ހަވާލުކު ރުމަށް ބޭއްވި ރަސްމިއްޔާތުގައި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާއެވެ.

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވީ އަތޮޅުތަކަށް މަތީ ތަޢުލީމު ފުޅާކޮށް، ރަށުން ބޭރުގައި ކިޔެވުމަށް ފަސޭހަކަމާއެކު ތިބެވޭނެ އިންތިޒާމު ފަހިކޮށްދިނުމަށްޓަކައި ދަނާލު އެޅުމުގެ މަޝްރޫޢުގެ ތާވަލު އެކުލަވާލައި އިޢުލާނު ކޮށްފައިވާކަމަށެވެ. އެގޮތުން 4 ރަށެއްގައި ދަނާލު ބިނާކުރުމުގެ ތަންފީޒީ ތާވަލު އެކުލަވާލާފައިވާ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި ދަނާލު އަޅަން ނިންމާފައި ވަނީ ރ. ދުވާފަރު، ރ. ހުޅުދުއްފާރު، ގއ. ވިލިނގިލި އަދި ފުވައްމުލައް ސިޓީގައެވެ.

އެ ވުޒާރާއިން ވިދާޅުވީ ދުވާފަރުގައި އިމާރާތްކުރާ ދަނާލުގެ މަސައްކަތް މިއަހަރު ތެރޭގައި ފެށުމަށް ވާންޖެހޭ ތައްޔާރީތައް ފަށާފައިވާ ކަމަށެވެ. އަދި ކޮންސެޕްޓް ރިވިޔު ކުރަމުންދާ ކަމަށާއި، ދަނާލަށް ބޭނުންވާ ބިން އެރަށުން ޙަވާލުކޮށްފައިވާކަމަށެވެ.

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވީ ދަނާލު މަޝްރޫޢުގެ ސަބަބުން، އަމިއްލަ ރަށުން ލިބެން ނެތް، މަތީ ތަޢުލީމުގެ ފުރުޞަތުތައް ހޯދުމަށް، އެހެން ރަށްރަށަށް ދާން ބޭނުންވާ ދަރިވަރުންނަށް އެ ރަށްރަށަށް ގޮސް ޢާއިލާގެ މީހުންނާއެކު އަގުހެޔޮކޮށް ތިބެވޭނެ ފުރުޞަތު ފަހިކޮށްދެވޭނެ ކަމަށެވެ.

މިކަމުގެ ސަބަބުން ގިނަ ދަރިވަރުންތަކަކަށް މަތީ ތަޢުލީމު ޙާސިލުކުރުމަށް ރަށްރަށަށް ގޮސް ތިބުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ލިބި، ލުއި ފަސޭހަކަމާއެކު އެކަށޭނަ މާހައުލެއްގައި ކިޔަވަން ތިބެވޭނެ އިންތިޒާމު ހަމަޖެހިގެން ދާނެ ކަމަށެވެ. އަދި، އަގު ހެޔޮ، ފެންވަރު ރަނގަޅު އެކޮމަޑޭޝަންގެ ފުރުޞަތު އެރަށްރަށުން ލިބިގެންދާނެ ކަމަށް ވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!