ހަތް ފަނޑިޔާރަކު މެޖިސްޓްރޭޓް ކޯޓުތަކަށް އައްޔަން ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނީ ކޯޓުތަކަށް ފަނޑިޔާރުން އައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީން އެ ކޮމިޝަނަށް ލަފާ އަރުވާފައިވާ ފަރާތްތަކުގެ ތެރެއިން ހަތް ފަރާތެއް ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް ނިންމާފައިވާ ކަމަށެވެ.
- މެޖިސްޓްރޭޓް ކޯޓުތަކަށް ޖޭއެސްސީން އައްޔަންކުރި ފަނޑިޔާރުންނަކީ:
- 1- ނ. ވެލިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓު ކަމަށް ނ.ކުޑަފަރި، ކުރެއިމާ، އަބާން ޢަބްދުﷲ.
- 2- ރ. އުނގޫފާރު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓު ކަމަށް އެ ރަށު، ވީލްޑެން، ރިމާހު މުހައްމަދު
- 3- ޅ.ހިންނަވަރު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓު ކަމަށް ޅ.ނައިފަރު، އަތަ، އުސްރަތު މުހައްމަދު
- 4- އދ. މާމިގިލީ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓު ކަމަށް ފ.ބިލެތްދޫ، ބަސީރީހިޔާ، ޖައިލަމް ތައުފީގު
- 5- ކ. ދިއްފުށީ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓު ކަމަށް މާލެ ދަފްތަރު 14060، މަނާފް އިބްރާހީމް
- 6- ދ. މީދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމަށް ފ.ނިލަންދޫ، އުނިމާގެ، މޫސާ އިސްމާއީލް
- 7- ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓަކަށް އައްޔަނު ކުރެވުނު ސ.ހިތަދޫ، ދުބުހިމާގެ، ނަހުޝާ ރަޝީދު
ކޯޓުތަކަށް ފަނޑިޔާރުން އައްޔަންކުރުމަށް ނިންމާފައިވަނީ ފަނޑިޔާރުން އައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީން އިންޓަވިއުކުރުމަށް ފަހު ކަމަށް ޖޭއެސްސީން ބުނެއެވެ. އަދި އެ ހަތް ފަނޑިޔާރުން އައްޔަން ކުރުމަށް ނިންމީ މިދިޔަ ބުދަ ދުވަހު ބޭއްވި ޖަލްސާގައި ކަމަށް ޖޭއެސްސީ އިން ބުންޏެވެ.

