ޚަބަރު
ރާއްޖޭގެ ހުރިހާ އަތޮޅެއް ވަކިން ބޭރު ދުނިޔޭގައި ޕްރޮމޯޓް ކުރަން ފަށަނީ، ފުރަތަމަ ފެށުމަކަށް އައްޑޫ

ރާއްޖޭގެ ހުރިހާ އަތޮޅެއް ވަކިން ބޭރު ދުނިޔޭގައި ޕްރޮމޯޓް ކުރުމާ ގުޅޭގޮތުން އެމްއެމްޕީއާރްސީގެ އިސްވެރިންނާއެކު މަޝްވަރާކޮށްފައިވާ ކަމަށާއި، ޓޫރިޒަމްގެ އުފެއްދުމެއްގެ ގޮތުގައި ބޭރު ދުނިޔޭގައި އައްޑޫ ޕްރޮމޯޓް ކުރަން މިހާރު ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ފައިސަލް މިހެން ވިދާޅުވީ އައްޑޫ އަށް ކުރެއްވި ދަތުރުފުޅަށްފަހު “އައްޑޫލައިވް” އަށް ދެއްވި އިންޓަވިއު އެއްގައެވެ.

“އައްޑޫ ލައިވް” ގައި ލިޔެފައިވާ ގޮތުގައި ބޭރުގެ ދުނިޔޭގައި މާރުކެޓު ކުރުމުގެ މަސައްކަތަށް އައްޑޫއާ ބެހޭ ހާއްސަ ޑޮކިއުމެންޓްރީއެއް ތައްޔާރުކުރާނެ ކަމަށާއި އެ ޑޮކިއުމެންޓްރީ ތަފާތު އެކި ފޯރަމްތަކާއި އަދި އައްޑު އަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓުތައް ޓީވީ ޗެނަލްތަކުގައި ދައްކާނެ ކަމަށް ވަޒީރު ފައިސަލް ވިދާޅުވި އެވެ. އަދި ވަކިން ހާއްސަ އިސްކަމެއް ދީގެން އައްޑޫގެ ގުދުރަތީ ރީތި ކަމާއި، އައްޑޫގެ ރިސޯޓުތަކާއި ގެސްޓް ހައުސްތައް ޕްރޮމޯޓް ކުރަން މަސައްކަތް ކުރާނެ ކަމަށް އެ ލިޔުމުގައި ވެއެވެ.

އައްޑޫ ލައިވް ގައި އިތުރަށް ބުނެފައި ވަނީ ފަތުރުވެރިއަކު އަންނައިރު ފުރިހަމަވާންޖެހޭ ކަންތައްތަކެއް އައްޑޫގައި އަދިވެސް އެބަހުރި ކަމަށާއި އެގޮތުން ފަތުރުވެރިން ތިބޭ ތަންތަނުގައި ޑައިވިން ސެންޓަރުތަކާއި ސްވިމިން ޕޫލް އަދި ވޯޓާ ސްޕޯޓްސް ކުޅޭ ފަދަ ތަންތަން ހުންނަންޖެހޭ ކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު ފައިސަލް ވިދާޅުވި ކަމަށެވެ. އަދި އެ ކަންކަމަކީ އައްޑޫގެ ޓޫރިޒަމަށް ކޮންމެހެން ވެސް ބޭނުންވާ ކަންކަން ކަމަށާއި އެ ކަންކަން ފުރިހަމަ ކުރެވޭނީ ޓޫރިޒަމަށް އައްޑޫ އިން ބިންތައް ނަގައިގެން ތިބި ފަރާތްތަކަށް އެ ތަންތަނަށް އިންވެސްޓް ކުރާނެ ފައިސާ ހަމަޖެހިގެން ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!