މަޢުލޫމާތު
މިޒަމާނުގައި ކައިވެނިކުރުން އުނދަގޫކަމަކަށް ވަނީ ކީއްވެކަން އެނގޭތަ:!

ޒަމާނަށް އައި ބަދަލާއި އެކު ކައިވެނިކުރުން އުނދަގޫ ކަމަކަށް ވެފައި، ޒިނޭފަދަ ފާހިޝް އަމަލުކުރުން މި ވަނީ ފަސޭހަކަމަކަށް ވެފައެވެ.

އެކަން އެހެން ދިމާވާ  މައިގަނޑު ސަބަބުތަކަކީ މިއީ ކަމަށްވެދާނެއެވެ.

މި ޒަމާނުގެ ކުދީން ކައިވެންޏެއް ކުރުމަށް ލައްކައިން ލައްކަ ހަރަދުކުރުމަށް އެތަކެއް ފައިސާއެއް ރައްކާކުރަން ޖެހެއެވެ. ބޮޑެތި ލޯނުތައް ނަގައި ދަރަނިވެރިވާން މަޖުބޫރުވެއެވެ.

ދެމީހުންގެ ކައިވެނީގެ ހެދުމުން ފެށިގެން އާއިލާގެ ހުރިހާމެމްބަރުންނާއި، ރައްޓެހީންގެ ހެދުން ފަހަން ވަކި ކޯޑެއްދީ އެކޯޑަކަށް ހެދުން ފަހަންޖެހެއެވެ.

ފެންވަރު ރަގަނޅު ރެސްޓޯރަންޓް ތަކުން ކާނާއާއި، މޮޅެތިގޮތްތަކަށް ކާޑުތައް ހަދަން ޖެހެއެވެ. ހަނީމޫނަށް ދާން ޖެހެނީ ބޭރުގައުމުތަކަށެވެ. މި ހުރިހާ ކަމަކަށް ޚަރަދުކުރާނެ ފައިސާ އާއި ވަގުތު ހޭދަވެއެވެ.

ކައިވެނި ލަސްވެ ލޯބީގެ ގޮތުން ގުޅިގެން ދެފަރާތުގެ ފުރިހަމަ ރުހުމާއިއެކު ދެމީހުން އެކުގައި ގިނަ ވަގުތުތަކެއް ހޭދަވާ ކަމީ، ގިނަފަހަރު މިފަދަ ކަންތައް ތަކަށް މަގުފަހިވާ ކަމެއް ކަމަށް ވެއެވެ،

ކީރިތި މާތް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޒަމާނުގައި ކައިވެނި ކުރާނެ ދުވަހެއް ކަނޑައަޅައި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކުޑަ ވަލީމާއަކާއި އެކު އެއްވެސް ލަސްވުމެއް ނެތި ކައިވެނި ކުރެއެވެ.

މިޒަމާނުގެ ގިނަކުދީން ފަސޭހައިން ކައިވެނި ނުކުރަނީ ޚަރަދާއި އުންމީދުތަކުގެ ސަބަބުން ކަމަށް ވެއެވެ.

މިހާރަކަށް އައިސް ކުޑަ ހަފްލާއެއް ބާއްވާ ޚަރަދު ކުޑަކޮށް ކައިވެނި ހަފްލާއެއް ބާއްވައިފި ނަމަ މުޖްތަމައުގެ ގިނަ ބައެއްގެ މަލާމާތާއި ފުރައްސާރައާއި ކުރިމަތިލާން ޖެހޭ ފަހަރުވެސް އާދެއެވެ.

މުށް ބާރު ދަހިވެތި ބައެއްގެ ގޮތަށް މުޖުތަމައު ގައި އެބަޔަކު ލޭބަލް ކޮށްލައެވެ.

ކައިވެންޏެއް ކުރުމަށް ބޮޑެތި ލޯނުތައް ނަގާ ދަރަނިވެރި ވުމުގެ އެއްވެސް ބޭނުމެއް ނެތެވެ.

އިސްލާމްދީނަކީ ލުއިފަސޭހަ ދީންކަމުން މި ކަމުގައިވެސް އަމަލުކުރަންވީ ރީތި ގޮތްތައް އެ ދީނުގައި އަންގާވާފައިވެއެވެ.

ކީރިތި މާތް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ދެއްކެވި ރިވެތި ނަމޫނާގައި ހިފާށެވެ.

ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެކަން ޔަޤީނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!