ޚަބަރު
ކުރީ ސަރުކާރުން ފަރުވާކުޑަ ކޮށްގެން ކުވެއިތު ފަންޑުގެ ހިލޭ އެހީތަކެއް ގެއްލުނު: ރައީސް

ނިމިދިޔަ ސަރުކާރުން، ރަށްތަކެއްގައި ހިންގަން ހަމަޖެހިފައިވާ މަޝްރޫއުތަކަކަށް ކުވެއިތު ފަންޑުގެ ހިލޭ އެހީ ހަަމަޖެހިފައިވަނިކޮށް، އެ މަޝްރޫއުތަކުގެ މަސައްކަތް ލަސްކުރުމުން، ފަހުވަގުތު އެ ހިލޭ އެހީ ނުދޭން ކުވެއިތު ފަންޑުން ނިންމައިފައި އޮތް ކަން ހާމަވެފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބޮޑުތިލަދުންމައްޗަށް މިހާރު ރައީސް ކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިން ހަނިމާދޫ އަށް ވަޑައިގެން އެ ރަށުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ހަނިމާދޫ ހޮސްޕިޓަލުގެ މަޝްރޫއު ކުރީ ސަރުކާރުން އޮތީ ބަޔަކާ ހަވާލުކޮށްފައި ކަމަށެވެ. އޭގެ އިތުރުން 30 އެނދުގެ ހޮސްޕިޓަލް އަޅަން އެ ރަށާއެކު އިތުރުން ތިން ރަށެއްގައި ސޮއިކޮށްފައި އޮތްކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއީ ކުވެއިތު ފަންޑުން ހިލޭ އެހީ ހަމަޖައްސައިފައި އޮތް މަޝްރޫއުތަކެއް ކަމަށެވެ. ނަމަވެސް މަޝްރޫއުތައް ލަސްކުރުމުގެ ނަތީޖާއަކަށްވީ އެހީ ގެއްލުން ކަމަށް ރައީސް ވިދާޅުވިއެވެ.

“ކުވެއިތު ފަންޑުން ހިލޭ އެހީ ހަމަޖައްސައްދީފައި އޮތީ. މިދިޔަ ސަރުކާރުން އެ ފަންޑުގެ ބޭނުން ނުކޮށް މި ޕްރޮޖެކްޓުތައް ހިންގުން ލަސްކުރަމުން ލަސްކުރަމުން ގޮސް، ކުވެއިތު ފަންޑުން އެންމެފަހުން ފަންޑު އަނބުރައި ގެންދިޔައީ،” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮންމެ އިދާރާއެއްގައި ވެސް މާލީ އެހީ ދިނުމުގެ ނިޒާމުތަކެއް އޮންނަ ކަމަށެވެ. ނަމަވެސް ކުރީ ސަރުކާރުގެ” ފަރުވާކުޑަ ކަމުގެ” ސަބަބުން އެ ފުރުސަތުތައް ގެއްލިގެންދަނީ ކަމަށް ރައީސް ވިދާޅުވިއެވެ.

“ގެންދިޔައީމާ މި ރަށް ހިމެނޭ ގޮތަށް، އަނެއް ތިން ރަށަށް ވެސް މަޝްރޫއު ގެއްލުނީ،” ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ މިއީ ސަރުކާރެއްގައި ކަންކަން ބޮއްސުންލައިގެން ދާނެ މިންވަރުގެ މިސާލެއް ކަމަށެވެ. ނަމަވެސް މި ސަރުކާރުން އެ މަޝްރޫއުތައް އަލުން ގެނެސް ހިންގޭތޯ މަސައްކަތްކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!