ޚަބަރު
އެމްޑީޕީ ދޫކޮށް ނުދާނެ ކަމަށް މަޖިލިސް އިންތިހާބުގެ ކެންޑިޑޭޓުން ހުވާކޮށްފި

މާޗު 17، ގައި ބޭއްވުމަށް މި ވަގުތު ތާވަލުކޮށްފައިވާ، 20 ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުން މަޖިލީހަށް އިންތިހާބުވުމަށް ފަހު ޕާޓީ ދޫކޮށް ނުދާނެ ކަމަށް މިރޭ ހުވާކޮށްފި އެވެ.

އާޓިފިޝަލް ބީޗުގައި ބޭއްވި އެމްޑީޕީގެ މަޖިލިސް އިންތިހާބު 2024، ގެ ކެމްޕެއިން ލޯންޗިން އިވެންޓުގައި ކެންޑިޑޭޓުންނަށް ހުވައި ލައިދެއްވީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލެވެ. އެ އައިޓަމަށް ފަހު ފައްޔާޒުގެ ދެއްކެވި ވާހަކައިގައި ވެސް ޕާޓީގައި ދެމިހިރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލި އެވެ.

އެމްޑީޕީގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވާހަކަފުޅުގައި ވެސް ކެންޑިޑޭޓުންނަށް އެ ކަމަށް އިލްތިމާސް ކުރެއްވި އެވެ.

“އެމްޑީޕީ ގަބޫލު ކުރާ ހަމަތަކެއް އެބަ އޮތް، އާންމު މެންބަރުން ބޭނުންވާ ކަންކަން އެބަ ހުރި، ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމަށް ބުރޫއު އަރައިގެން ނުވާނެ، އެ ކަމަށް ހުރަސް އަޅާނެ ބިލަކަށް ވޯޓު ދީގެން ނުވާނެ، ޕާޓީ ދޫކޮށް ނުދާނެ ކަމުގެ ޔަގީންކަން އަޅުގަނޑުމެންނަށް ދެއްވަން ވާނެ،” ސޯލިހު ވިދާޅުވި އެވެ.

އިންތިހާވުމަށް ފަހު އެމްޑީޕީ ދޫކޮށް ނުދިޔުމަށް ކެންޑިޑޭޓޫން މިރޭ ހުވާކުރި އިރު މިއީ 19 ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ވެސް ޕާޓީތަކުން ގެންގުޅުނު ޕްރެކްޓިސްއެކެވެ. އެކަމަކު ވެސް މި މަޖިލީހުގައި ވެސް ޕާޓީ ބަދަލު ކުރުމުގެ ކަންތައް ހިނގާފައިވެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެމްޑީޕީގެ 13 މެންބަރަކު ވެރިކަންކުރާ ޕީއެންސީއާ ގުޅިވަޑައިގަތެވެ. އޭގެ ފަހުން މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން ވަނީ އިންތިހާބުކުރާ ޕާޓީ ދޫކޮށް އެހެން ޕާޓީއަކަށް ބަދަލުވުމުން ގޮނޑި ގެއްލޭ ގޮތަށް އެންޓި ޑިފެކްޝަން ބިލެއް ހުށަހަޅައިފަ އެވެ. ބިލުގައިވަނީ އަންނަ މަޖިލީހުން ފެށިގެން އެ ގާނޫނަށް އަމަލު ކުރާ ގޮތަށެވެ.

އެމްޑީޕީގެ ސަރުކާރުގެ ތެރޭގައި ވެސް ބައެއް އެހެން ޕާޓީތަކުންނާއި އަމިއްލަ ގޮތުން މަޖިލީހަށް އިންތިހާބުވި ބައެއް މެންބަރުން އެ ޕާޓީއާ ގުޅުނެވެ. އޭގެ ތެރެއިން ވެސް ބައެއް މެންބަރުން މިހާރު ޕީއެންސީއާ ގުޅިފައިވެ އެވެ.

އެމްޑީޕީގެ އެތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކަށް ފަހު، މަޖިލިސް މެންބަރެއްގެ ގޮތުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނަށް ވަފާތެރި 13 މެންބަރަކު ވެސް ޕާޓީ ދޫކޮށްލި އެވެ. އެ މެންބަރުން މިހާރު މަސައްކަތް ކުރަނީ “ދަ ޑިމޮކްރެޓްސް” ނަމުގައި އާ ޕާޓީއެއް އުފައްދައިގެން ކަމަށް ވިޔަސް، މަޖިލީހުގައި މި ވަގުތަށް އެ ދެ ޕާޓީ މަސައްކަތް ކުރަމުން ދަނީ ގުޅިގެންނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!