ޚަބަރު
ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކޮރަޕްޝަންގެ އަމަލުތައް ނުހިންގުމަށް އޭސީސީގެ އިލްތިމާސެއް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީސް އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމުގެ މަގުސަދުގައި ކޮރަޕްޝަންގެ އަމަލުތައް ނުހިންގުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިލްތިމާސްކޮށްފިއެވެ.

އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ވަނީ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް މަސައްކަތްކުރާ މީހުން ކޮރަޕްޝަންގެ އަމަލުތައް ހިމެނޭ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިފައެވެ.

އެގޮތުން އިންތިޚާބީ ހައްގެއްގެ ފައިދާ ވަކި ފަރާތަކަށް ނުވަތަ އާންމު ފަރާތަކަށް ލެންބުމަށްޓަކައި ނުވަތަ ވަކިގޮތަކަށް އެފަދަ ހައްގެއްގެ ބޭނުން ކުރީތީ އެއްވެސް އެއްޗެއް ޝުކުރެއްގެ ގޮތުން ނުވަތަ ހަދިޔާއެއްގެ ގޮތުން ވިޔަސް ނުވަތަ އެ ނޫން ގޮތަކަށް ވިއަސް ނުދިނުމާ ނުވަތަ ދޭން ހުށަނޭޅުމާ ވައުދުނުވުމަށް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

އެއްވެސް ފަރާތަކަށް ފައިސާ ނުވަތަ މަންފާއެއް ނުވަތަ އެ ނޫން އެއްވެސް ބާވަތެއްގެ އެއްޗެއް ފޯރުކޮށްދޭނެ ކަމަށް ސީދާގޮތުން ނުވަތަ ނުސީދާ ގޮތަކުން ވިޔަސް ވައުދުވުން ކަހަލަ ކޮރަޕްޝަންގެ އަމަލުތައް ހިމެނޭ ކަންކަން ނުހިންގުމަށް ވެސް އެ ބަޔާނުގައިވެއެވެ.

ކެންޑިޑޭޓުންގެ ތާއީދު ހޯދުމަށް މަސައްކަތް ކުރުމުގައި ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކާ ހިލާފަށް ވަސީލަތްތައް ބޭނުން ނުކުރުމަށް ވެސް އެދިފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް ފާހަގަކުރެވޭނަމަ އެ މައްސަލައެއް ކޮމިޝަނަށް ހުށަހެޅުމަށް ވަނީ އެދިފައެވެ. އަދި އެފަދަ މައްސަލަތައް ކޮމިޝަންގެ ވެބްސައިޓުގައިވާ އިންތިޚާބަށް ހާއްސަ ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް ވެސް އޭސިސީން މައުލޫމާތު ދެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!