ކުޅިވަރު
ލިވަޕޫލާއި ޔުނައިޓެޑް އަދި ޗެލްސީ އެފްއޭ ކަޕް ކުއާޓާ އަށް

އިނގިރޭސި އެފްއޭ ކަޕްގެ ފަސް ވަނަ ބުރުގައި ރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށް، ލިވަޕޫލާއި މެންޗެސްޓާ ޔުނައިޓެޑް އަދި ޗެލްސީ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

މިދިޔަ އާދިއްތަ ދުވަހު ލީގު ކަޕް ކާމިޔާބުކުރި ލިވަޕޫލް ވަނީ އަމިއްލަ ދަނޑުގައި ސައުތުހެމްޓަން އަތުން 3-0 އިން މޮޅުވެފަ އެވެ. އަނިޔާގެ މައްސަލަތައް ބޮޑުވެފައިވާ ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ރޭގެ މެޗަށް ވެސް ނެރުނު ފުރަތަމަ 11 ގައި ޒުވާން މޫނުތައް ގިނަ އެވެ. މި މެޗުގައި ލިވަޕޫލްގެ ލަނޑުތައްވެސް ޖެހީ ޒުވާން ކުޅުންތެރިންނެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެނިކޮށް ލިވަޕޫލަށް ލީޑު ހޯދައިދިނީ ލުވިސް ކޫމަސް އެވެ. މިއީ، ކުރިން ވޭލްސްގެ ގައުމީ ޓީމަށް ކުޅުނު ޖޭސަން ކޫމަސްގެ ދަރިފުޅު ކަމަށްވާ ލެވިސް، 18، ލިވަޕޫލްގެ ސީނިއާ ޓީމަށް ކުޅުނު ފުރަތަމަ މެޗެވެ. މެޗުގެ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި އުމުރުން 18 އަހަރުގެ ޖޭޑަން ޑޭންސް ވަނީ ދެ ވަނަ ހާފުގައި ދެ ލަނޑު ޖަހައިފަ އެވެ.

މި މުބާރާތުގެ ކުއާޓާ ފައިނަލްގައި ލިވަޕޫލާ ދެކޮޅަށް ނުކުންނާނީ ޔުނައިޓެޑެވެ. ޔުނައިޓެޑް ކުއާޓާ އިން ޖާގަ ހޯދީ ރަށުން ބޭރުގައި ނޮޓިންހަމް ފޮރެސްޓް އަތުން 1-0 އިން މޮޅުވެގެންނެވެ. މެޗުގެ 89 ވަނަ މިނިޓުގައި ޔުނައިޓަޑަށް ލަޑު ޖަހައިދިނީ ބްރެޒިލްގެ މިޑްފީލްޑަރު ކަސެމީރޯ އެވެ. މިއީ ޔުނައިޓަޑް އެފްއޭ ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރު 48 ވަނަ ފަހަރެވެ.

އަމިއްލަ ދަނޑުގައި ރޭ ލީޑްސް ޔުނައިޓަޑް އަތުން ޗެލްސީ ސަލާމަތްވީ ފަހު ވަގުތު އެވެ. ޗެމްޕިއަންޝިޕްގައި މިހާރު ވާދަކުރާ ލީޑްސް އިން މެޗުގެ ކުރީކޮޅު ލީޑު ހޯދީ މަޓެއޯ ޖޯސެފް ޖެހި ލަނޑުންނެވެ. އެކަމަކު، ނިކޮލަސް ޖެކްސަން އާއި މިހައިލޯ މުޑްރިކް ޖެހި ދެ ލަނޑާ އެކު، ފުރަތަމަ ހާފުގެ ތެރޭގައި ޗެލްސީން ލީޑު ނެގިއެވެ. ދެ ވަނަ ހާފުގެ 59 ވަނަ މިނިޓުގައި ލީޑްސްގެ ޖޯސެފް ދެ ވަނަ ލަނޑު ޖަހައި، މެޗުގެ ނަތީޖާ އެއްވަރުކުރިއެވެ. އެކަމަކު، ޗެލްސީ ސަލާމަތްވީ މެޗުގެ އިތުރު ވަގުތުގައި ކޯނާ ގަލަގާ ޖެހި ލަނޑުންނެވެ. ކުއާޓާ ފައިނަލްގައި ޗެލްސީއާ ދެކޮޅަށް ނުކުންނާނީ ލެސްޓާ ސިޓީ އެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!