ޚަބަރު
ގައްދޫއާއި ގެމަނަފުއްޓާއި ދެމެދު އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއް ކުޅެފި

ގައްދޫ އާއި ގެމަނަފުއްޓާއި ދެމެދު އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއް ކުޅެފިއެވެ.

ގެމަނަފުށި ރަސްމީ ދަނޑުގައި އިއްޔެ ކުޅެވުނު މެޗް ގެމަނަފުށިން ކާމިޔާބު ކުރީ ފަހެއް އެކެއްގެ ނަތީޖާއަކުންނެވެ. މި މެޗަކީ ގެމަނަފުށީގައި ވަޅުޖެހެމުންދާ ފްޓްބޯޅަ ފޯރި އާލާކޮށް ޒުވާން ކުޅުންތެރިންތަކެއް އުފެއްދުމުގެ މަގްސަދުގައި ، އަމިއްލަ ފަރާތަކުން އިސްނަގައި ފަށާފައިވާ ސިލްސިލާ ހަރަކާތެއްގެ ތެރޭގައި ހިމެނިގެން ކުޅެވެމުންދާ އެކުވެރިކަމުގެ މެޗްތަކުގެ ތެރެއިން މެޗެއްކަމުގައި މައުލޫމާތުދިންފަރާތުން ބުނެއެވެ.

އަބްދުލް ހައްނާނު އިސްވެ ހުރެ ، ޒުވާނުންނާއި ކައުންސިލާއި ގުޅިގެން، ފަށާފައިވާ ހަރަކާތުގެ ފޯރި އަންނަނީ ގަދަވަމުންކަމުގައި ، ގެމަނަފުށިން މައުލާުމާތުދިން ފަރާތުން ބުންޏެވެ. މިއީ، މި ސިލްސިލާގެ ދަށުން ކުޅެވުނު ދެވަނަ މެޗް ކަމަށާއި، ފުރަތަމަ މެޗް ކުޅެވިފައިވަނީ، ގެމަނަފުށިން ހޮވާލެވުނު ދެޓީމެއްގެ ދެމެދުގައި ، މިދިޔަ ހުކުރުދުވަހުކަމުގައި އެފަރާތުން މައުލޫމާތު ދިނެވެ.

90 ގެ އަހަރުތަކުގައި ގއ. ގެ ފުޓްބޯޅައިގެ ރަސްކަންކުރަމުން ދިޔަ ގެމަނަފުއްޓަކީ، މުޅި ހުވަދު އަތޮޅުގައި ވެސް ކުޅިވަރުގެ މައިދާންތަކުގައި ގަދަބާރެކެވެ. 2000 ގެ ކުރީކޮޅުގައި ވަރައްބޮޑަށް ހީނަރުވެގެންދިޔަ ފުޓް ބޯޅައިގެ ފޯރި އިތުރަށް ދިރުވާ އާލާކުރުމަށް ފެށިފައިމިވާ ހަރަކާތަށް ބޮޑު ތަރުހީބެއް ލިބެމުން ދާކަން ފާހަގަވެއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!