ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މި މަހުގެ 16 ވަނަ ދުވަހު ގދ. މަޑަވެލިން ހައްޔަރު ކުރި 26 އަހަރުގެ ޒުވާނާ 60 ދުވަސް ވަންދެން ބަންދުގައި ބެހެއްޓުމަށް ތިނަދޫ މެޖިސްޓްރޭޓް ކޯޓުން އަމުުރުކޮށްފިއެވެ.
މި މައްސަލައިގައި ފުލުހުން މީހަކު ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. ފުރަތަމަ ފަހަރަށް ކޯޓަށް ގެންދިއުމުން މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން ފަސް ދުވަހުގެ މުއްދަތަކަށް އެ ޒުވާނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުުރުކުރިއެވެ. އަނެއްކާވެސް ކޯޓުން ވަނީ މި މަހުގެ 21 ވަނަ ދުވަހު އިތުރު 7 ދުވަހުގެ މުއްދަތަކަށް އެ ޒުވާނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
އެ މުއްދަތު ހަމަވުމުގެ ކުރިން ތުހުމަތު ކުރެވޭ ޒުވާނާ ކޯޓަށް ހާޒިރު ކުރުމުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 30 ވަނަ މާއްދާއާ ހަވާލާދީ މި މިހުގެ 28 ވަނަ ދުވަަހުން ފެށިގެން 60 ދުވަހުގެ މުއްދަތަކަށް އެ ޒުވާނާ ބަންދުގައި ބެހެެއްޓުމަށް ކޯޓުން ވަނީ އަމުރު ނެރެދީފައެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަށް ދުވަހެއް ދުވަހަކަށް އިތުރު ވަމުން އަންނައިރު އިއްޔެ ވެސް ވަނީ އިތުބާރު ކުރަންޖެހޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގި މީހަކު 18 އަހަރަށް ވުރެ ގިނަ ދުވަހަށް ޖަލަށްލާން ހުކުމް ކޮށްފައެވެ.

