ޚަބަރު
ތެލަސީމިއާ ކުދިންނަށް އަންނަ އަހަރުން ފެށިގެން އިނާޔަތެއް ދެނީ

ތެލަސީމިއާ ކުދިންނަށް ހާއްސަ އިނާޔަތެއް ދިނުމަށް އަންނަ އަހަރުގެ ބެޖެޓުގައި ހިމަނުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސިލްސިލާކޮށް ސަރުކާރުން ގެނެސްދޭ “ރައީސްގެ ޖަވާބު” ޕްރޮގްރާމުގައި ނ. އަތޮޅަށް ނިސްބަތްވާ ނުކުޅެދުންތެރިކަން ހުންނަ ކުއްޖެއްގެ ބެލެނިވެރިޔަކު ވަނީ ރައީސްއާ ސުވާލުތަކެއް ކުރިމަތިކުރުވައިފައެވެ.

އެގޮތުން ރައީސް ވައުދުވެވަޑައިގެންނެވި ތެލަސީމިއާ ކުދިންނަށް ދޭ އިނާޔަތް ދޭން ފެށުމާ ގުޅޭގޮތުން ސުވާލުކުރިއެވެ. އޭގެ އިތުރުން އޭނާ ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ހިދުމަތްތައް އަތޮޅު ހޮސްޕިޓަލުން ނުލިބޭކަމުގެ ކަންބޮޑުވުމާއި، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ބޭނުންވާ ތައުލީމު އަތޮޅުތެރެއިން ނުލިބޭކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ތެލަސީމިއާ ކުދިންގެ އިނާޔަތްދިނުމަށް މިއަހަރުގެ ބަޖެޓުގައި ހިމެނިފައި ނުވާ ކަމަށާއި ނަމަވެސް އަންނަ އަހަރު އެ އިނާޔަތްދެވޭނެ ކަމަށެވެ. އަދި ވައުދުވެވަޑައިގެންނެވިގޮތަށް މިހާރު ބޯންމެރޯ ޓްރާންސްޕްލާންޓް ހިލޭ ހެދޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

“މިހާރު އެކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓް ކަންތައް އެ އޮތީ ހިލޭ ކުރެވޭ ގޮތަށް. ވައުދުވީގޮތަށް އެކަން އެވަނީ ފަށާފައި. އެހެންވީމާ އެކަން އެއޮތީ ކާމިޔާބުވެފައި. ތެލަސީމިއާ ހޮސްޕިޓަލު ގާއިމުކުރުމުގެ ކަންތައް ވެސް އިރާދަކުރެއްވިއްޔާ ކުރިއަށްދާނެ. އިނާޔަތް ކަންތަކަކީ ވެސް އިރާދަކުރެއްވިއްޔާ އެންމެ ލަސްވެގެން މި އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން ހަމަޖައްސާނަން،” އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހުރިހާ އަތޮޅު ހޮސްޕިޓަލުތަކެއްގައި ވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަރުވާދޭން ހާއްސަ ޑޮކްޓަރުން ހަމަޖެހިގެންދާނެ ކަމަށާއި ތެރަޕީގެ ހިދުމަތްތަކާއި، ފިޒިއޮތެރަޕީ އަދި ސައިކިއޭޓްރިސްޓެއް ވެސް ހަމަޖެހިގެންދާނެ ކަމަށެވެ. އަދި އެކަމަށް ހާއްސަ ތަމްރީނުތަކެއް ލިބިފައިވާ މީހުން ހޯދަންޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

“އެހެންވީމާ މިކަން ކުރަން އަޅުގަނޑު ނިންމާފައި މިއޮތީ. ބަލާނީ ވީހާވެސް އަވަހަކަށް ހުރިހާ އަތޮޅެއްގައި ވެސް އެކަންތައް ހަމަޖައްސަން އަތޮޅު ހޮސްޕިޓަލުގައި. އެހެންވީމާ އިރާދަކުރެއްވިއްޔާ އެކަން އަޅުގަނޑު ކޮށްދޭނަން. ދެން ވީހާވެސް އަވަހަކަށް، މިއަހަރުގެ ތެރޭގައި ވެސް ވީހާވެސް ގިނަ ހޮސްޕިޓަލުތަކެއްގައި ހިދުމަތް ފަށަން އަޅުގަނޑު ގަސްދުކުރަން. އިރާދަކުރެއްވިއްޔާ އެކަމުގައި ކާމިޔާބު ލިބޭނެ. އޭރުން ރަނގަޅު ގޮތެއް ވާނެ އިރާދަކުރެއްވިއްޔާ ތިބޭފުޅާ ފަދަ ބޭފުޅުންގެ އާއިލާތަކަށް،” އެމަނިކުފާނު ވިދާޅުވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އަތޮޅުތެރެއިން ތައުލީމު ނުލިބޭކަމުގެ ކަންބޮޑުވުމާއެކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ސްކޫލުތަކުގައި ސެން ކްލާސްތައް ފެށުމާއި ނުކުޅެދޭ ކުދިންނަށް ރަނގަޅު މާހައުލެއް ގާއިމުކޮށްދިނުމަކީ ވެސް ސަރުކާރުން ވަރަށް އިސްކަންދޭ ކަމެއް ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށް ސްކޫލުތަކުގައި ފެސިލިޓީތައް ވެސް ގާއިމުކުރަން ޖެހޭ ކަމަށާއި އެކަމުގެ މަސައްކަތްތައް މިހާރު ފެށިފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް އެކަމުގެ ނަތީޖާ ވެސް ދައްކަވައިދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!