ޚަބަރު
ރޯދައިގެ ފަހަށް މަޖިލިސް އިންތިހާބު ފަސްކުރުމުން 560 މީހަކަށް އަލަށް ވޯޓު ދިނުމުގެ ހައްގު ލިބިގެންދާނެ

ރައްޔިތުންގެ މަޖިލިސް އިންތިހާބު ރޯދައިގެ ފަހުން ބޭއްވުމަށް ނިންމުމާއެކު 560 ޒުވާނުންނަށް އަލަށް ވޯޓު ދިނުމުގެ ހައްގު ލިބިގެންދާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ އިންތިހާބު ރޯދަމަހުގެ ފަހުން ބާއްވަން މަޖިލީހުން ފާސްކުރި ބިލު، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ތަސްދީގުކުރައްވައިފިއެވެ. ރައީސް އެ ބިލު ތަސްދީގުކުރެއްވުމާ ގުޅިގެން، އީސީން މިރޭ ވަނީ ބައްދަލުވުމެއް ބާއްވައިފައެވެ.

އިންތިހާބު އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް ނިންމީ އެ ޖަލްސާގައެވެ. އީސީން ކުރިން ނިންމާފައިވަނީ މަޖިލިސް އިންތިހާބު މާޗު މަހުގެ 17 ވަނަ ދުވަހު އިންތިހާބު ބޭއްވުމަށެވެ. އެއީ ރޯދަ މަހެވެ.

ހަބީބު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ “އިންތިހާބު ބާއްވާ ތާރީހަށް ގެނެވުނު ބަދަލާ ގުޅިގެން 560 ޒުވާނުންނަށް އަލަށް ވޯޓުލުމުގެ ހައްގު ލިބިގެންދާނެ” ކަމަށެވެ.

މަޖިލިސް އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންދާނީ އެޕްރީލް 21 ވަނަ ދުވަހުގެ ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:30 އަށް ކަމަށެވެ. މަޖިލިސް އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާންކުރާނީ 28 އެޕްރީލްގައި ކަމަށް ހަބީބު ވިދާޅުވިއެވެ.

އަދި މަޖިލިސް އިންތިހާބުގެ ރީރަޖިސްޓްރޭޝަނަށް އިތުރު ތިން ދުވަސް ދިނުމަށް ނިންމާފައިވާ ކަމަށް ހަބީބު ވިދާޅުވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!