ޚަބަރު
ކުޅުދުއްފުށި ސިޓީ؛ ދޮންއުމަރުކަލޭފާނު މަގުގެ 150 މީޓަރުގައި ތާރު އަޅައިނިމިއްޖެ

ހދ ކުޅުދުއްފުށި ސިޓީ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ދޮންއުމަރުކަލޭފާނު މަގުގެ 150 މީޓަރުގައި ތާރު އަޅައި ނިންމާލާފައިވާ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ ކުންފުނި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފި އެވެ.

އާރުޑީސީން ބުނީ، ކުޅުދުއްފުށި މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ދަންޑެހެލު މަގު އަދި ރަންކޮކާ މަގު އޭބީސީ ފަށަލަ ކޮމްޕެކްޓް ކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި އުދަރެސް މަގު، ކުދީނާ ހިނގުމާއި ހޭނަކަތާ މަގުގައި ކާބް ސްޓޯން ޖެހުމުގެ މަސައްކަތް ކުރަމުންދާއިރު، އުދަރެސް މަގާއި ހޭނަކަތާ ހިނގުމުގައި ކީވޯލް ކޮންސްޓްރަކްޝަންގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ބުންޏެވެ.

އާރުޑީސީން ބުނީ، ކުދީނާ ހިނގުން، ހޭނަކަތާ ހިނގުން، އުދަރެސް މަގު އަދި މާލިހާ މަގު އިރުމަތީ ފަރާތު ކޭބަލް ޖަންކްޝަން ކްރޮސް ޕައިޕްލައިންގެ މަސައްކަތް ކުރިއަށްދާއިރު ރަންކޮކާ މަގުގައި އަދި ދަންޑެހެލު މަގުގައި ސްޓޯމް ވޯޓާ ޖަންކްޝަން ރީސާފޭސްގެ މަސައްކަތް ވެސް ކުރެވިފައިވާ ކަމަށެވެ.

ކުޅުދުއްފުށި މަގުތަކުގައި ތާރު އަޅަން ފެށީ ކުރީގެ ސަރުކާރުގަ އެވެ. އެ މަސައްކަތުގެ 60 ޕަސެންޓް ނިމިފައި އޮއްވައި، ރިޔާސީ އިންތިހާބަށްފަހު މަސައްކަތް މެދުކެނޑުނެވެ. މެދުކެނޑުމަކަށްފަހު އަލުން ކުޅުދުއްފުށީ މަގުތަކުގައި ތާރު އެޅުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގަ އެވެ

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!