ޚަބަރު
މިއަހަރު ފަތުރުވެރިކަން ފެންނަނީ މާ އުޖާލާކޮށް، 2 މަހުން ހަތަރު ލައްކަ ފަތުރުވެރިން!

ރައީސުލް ޖުމްހުރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވި ފަހުން ރާއްޖޭއަށް ފަތުރުވެރިން އަންނަ ނިސްބަތް މާބޮޑަށްވެސް އިތުރުވެ މިދިޔަ 2 މަހުން ހަތަރު ލައްކަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތް ކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް އައިސްފައިވަނީ 192،385 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު، 11.5 އިންސައްތައިގެ ކުރިއެރުމެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް އައިސްފައިވަނީ 172،499 ފަތުރުވެރިންނެވެ.

މިއަހަރުގެ ފެބްރުއަރީ މަހަށް ބަލާއިރު، 217،394 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ރާއްޖެ އައިސްފައިވަނީ 177،915 ފަތުރުވެރިންނެވެ. އަދި މިމަހުގެ އެއް ވަނަ ދުވަހާއި ދެ ވަނަ ދުވަހު އައި 14،084 ފަތުރުވެރިންއެކީ މިއަހަރު ރާއްޖެއަށް އައި ފަތުރުވެރިން އަދަދު ވަނީ 423،863 އަށް އަރާފައެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި ރާއްޖެ އައިސްފައިވަނީ 362،559 ފަތުރުވެރިންނެވެ.

ރާއްޖެއަށް މިއަހަރު އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާ މަންޒިލްތަކަށް ބަލާއިރު، 54،719 ފަތުރުވެރިންނާއި އެކީ އެއް ވަނައިގައި އޮތީ ޗައިނާއެވެ. 41،583 ފަތުރުވެރިންނާއި އެކީ ދެވަނައިގައި ރަޝިއާ އޮތްއިރު، 39،962 ފަތުރުވެރިންނާއި އެކީ ތިން ވަނައިގައި އޮތީ އިޓަލީއެވެ. ހަތަރު ވަނައިގައި އިނގިރޭސިވިލާތް 37،942 ވަނައިގައި އޮތްއިރު، މިދިޔަ އަހަރުގެ އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރި އިންޑިއާ އޮތީ 27،224 ފަތުރުވެރިންނާއި އެކީ ލިސްޓުގެ ފަސް ވަނައިގައެވެ.

ދުވަހުން ދުވަހަށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނައިރު، މިއަހަރު ރިކޯޑް އަދަދަކަށް ފަތުރުވެރިން އަންނާނެ ކަމަށް ފަތުރުވެރިކަމާއި ބެހޭ މާހިރުން ވަނީ ލަފާކޮށްފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!