ޚަބަރު
މިމަހު 14 ގައި އަލުން ރީ ރެޖިސްޓްރޭޝަނަށް ހުޅުވާލަނީ، 3 ދުވަހުގެ މުއްދަތެއް ލިބޭނެ!

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަންނަ އޭޕްރީލް މަހުގެ 21 ވަނަ ދުވަހަށް ފަސްކުރަން ނިންމުމާ ގުޅިގެން ވޯޓުލާ މަރުކަޒު ބަދަލުކުރުމަށް ހުށަހެޅުމަށް އިތުރު ތިން ދުވަހުގެ ފުރުސަތެއް ދޭން ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކުގެ ކޮމިޓީގައި އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ، އިންތިހާބު ފަސްކުރުމާ ގުޅިގެން ވޯޓުލުމުގެ ހައްގު 560 މީހަކަށް އަލަށް ލިބިފައިވާ ކަމަށެވެ.

މި މީހުން އިތުރުކުރެވި، ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލުމަށްފަހު، ރީރެޖިސްރޭޝަނަށް އަލުން ފުރުސަތު ހުޅުވާލާނީ މި މަހުގެ 14 ވަނަ ދުވަހު ކަމަށް ހަސަން ވިދާޅުވި އެވެ. މިފަހަރު ދޭން ނިންމާފައިވަނީ ތިން ދުވަހުގެ މުއްދަތެކެވެ.

ހަސަން ވިދާޅުވީ، އެންމެ ތިން ދުވަސް ދޭން ނިންމާފައިވަނީ ރީރެޖިސްޓާ ވުމަށް ފުރަތަމަ ދިން ފުރުސަތުގައި ލިބުނު ތަރުހީބު ކުޑަވުމުގެ ސަބަބުން ކަމަށެވެ.

“11،000 ވަރު މި ލިބުނީ، އެއަށް ވުރެ ބޮޑު ތަރުހީބެއް ނާންނާނެތީވެ ތިން ދުވަހެއް އަޅުގަނޑުމެން މިދެނީ. ކުރިން ވެސް އެއް ހަފްތާ ދީފައިވާތީއާއެކު،”

ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބަހައްޓަން ހުޅުވާލި ފުރުސަތުގައި އަދަދު ހަމަނުވާ ގައުމުތަކަށް ވެސް އިތުރު ފުރުސަތެއް ދީ، އަދަދު ހަމަވޭތޯ ހުޅުވާލަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން، ލަންޑަނާއި ތައިލެންޑް ފަދަ ތަންތަނަށް އިތުރު ފުރުސަތު ދީ، 150 ހަމަވެއްޖެނަމަ އެ ތަންތަނުގައި ވޯޓުފޮށި ބަހައްޓާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރީރެޖިސްޓްރޭޝަނަށް އަލަށް ދޭ ފުރުސަތުގައި އެންމެ ތިން ދުވަސް ދޭތީ ކޮމިޓީގެ މުގައްރިރު، އައްޑޫމީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވަނީ އެ މުއްދަތު އިތުރުކުރުމަށް އެދިވަޑައިގެންފަ އެވެ.

އެކަމާ ގުޅިގެން އީސީގެ ރައީސް ފުއާދު ތައުފީގް ވިދާޅުވީ، އެކަމާ މެދު މަޝްވަރާކޮށް ގޮތެއް ނިންމޭތޯ ބަލާނެ ކަމަށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!