ޚަބަރު
ޖަޕާނުގެ ސަރުކާރުން ރާއްޖޭގެ ސިއްހީ، ދާއިރާއަށް 1.1 މިލިއަން ރުފިޔާގެ އެހީ

ޞިއްޙީ ދާއިރާކުރިއެރުވުމަށް ޖަޕާނުން ރާއްޖެއަށް 1.1 މިލިއަން ރުފިޔާގެ އެހީއެއް ދީފިއެވެ.
މިއެހީއަކީ “ޖަޕާން ގްރާންޓް އެސިސްޓެންސް ފޯ ގްރާސްރޫޓްސް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓް (ޖީ.ޖީ.ޕީ)” ގެ ދަށުން ދީފައިވާ އެހީއެކެވެ.

މި އެހީއާއި ގުޅޭ އެއްބަސްވުމުގައި ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރު ޓަކެއުޗީ މިޑޯރީއެވެ. ރާއްޖެއިން ސޮއިކުރެއްވީ ސޮސައިޓީ ފޮރ ހެލްތު އެޑިއުކޭޝަން، ޝީގެ ޗީފް އެގްޒެކެޓިން އޮފިސަރ އިޔާޝާ ލީނާއެވެ.

މި އެއްބަސްވުމުގެ ދަށުން ޖަޕާނު ސަރުކާރުން ރާއްޖެއަށް 73،538 ޑޮލަރު ނުވަތަ 1.1 މިލިއަން ރުފިޔާގެ އެހީއެއް ދިނުމަށްވަނީ ހަމަޖެހިފައެވެ. މި އެހީގެ ދަށުން ބަލިތައް ދެނެގަތުމަށް، ޝީއަށް ބޭނުންވާ 10 އިކުއިޕްމަންޓެއް ގަތުމަށްވަނީ ހަމަޖެހިފައެވެ.

ޖަޕާން އެމްބަސީން ވިދާޅުވީ، މި ޕްރޮޖެކްޓުގެ ދަށުން ޝީގެ ތެލިސީމިއާ އެންޑު ޑައިގޮނޯސްޓިކް ލެބޯރެޓަރީއަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ހޯދާނެކަމަށެވެ. އެގޮތުން ޖީން ސީކުއެންސް ޓެކްނޮލޮޖީ އާއި އާއިލާ ރޭވުމާބެހޭ ކުލިނިކުގައި ސްކޭންގެ ޚިދުމަތް ތައާރަފްކުރުން ހިމެނޭ ކަމަށެވެ.

“ޖަޕާން ގްރާންޓް އެސިސްޓެންސް ފޯ ގްރާސްރޫޓްސް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓް (ޖީ.ޖީ.ޕީ)” ރާއްޖެއަށް އެކި ދާއިރާތަކުން އެހީވުމަށްޓަކައި ޖަޕާން އެމްބަސީން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ.

1996ވަނަ އަހަރުން ފެށިގެން މިހާތަނަށް މިޕްރޮޖެކްޓުގެ ދަށުން ރާއްޖޭގެ ތައުލީމީ ދާއިރާ، ޞިއްޙީ ދާއިރާ، ދަތުރުފަތުރުގެ ދާއިރާގެ އިތުރުން ހަކަތައިގެ ދާއިރާ ތަރައްޤީކުރުމަށް އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!