ޚަބަރު
ރައީސް ޑރ މުއިއްޒު މިހާތަނަށް 150 ކައުންސިލަކާ ބައްދަލުކުރައްވައިފި، ބާކީ 30 ކައުންސިލު

ރާއްޖޭގެ ހުރިހާ ކައުންސިލަކާ ބައްދަލުކުރެއްވުމަށް ރައީސުލްްޖުމްހޫރިއްޔާ ޑރ މުހައްމަަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގައި، މިހާތަނަށް 150 ކައުންސިލަކާ ބައްދަލުކުރައްވައިފިއެވެ.

މި ސިލްސިލާގައި ރައީސް ބައްދަލުކުރެއްވި 150 ވަނަ ކައުންސިލަކީ ނައިފަރު ކައުންސިލް އަދި ޑަބްލިއުޑީސީއެވެ. އެކައުންސިލާ ރައީސް މުއިއްޒު ބައްދަލުކުރެއްވީ މިހާރު ޅ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދުއެވެ.

ފާއިތުވި ފެބްރުއަރީމަހު ތ. ކިނބިދޫއަށް ގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވި އެއް މަސް ދުވަހުން ރާއްޖޭގެ ހުރިހާ ކައުންސިލަކާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ރައީސް ޑރ މުއިއްޒުއަށް މި ދަތުރުފުޅުތަކުގައި ހުރިހާ ރަަށަކަށް ވަޑައި ނުގެންނެވުނު ނަމަވެސް، ވަޑައި ނުގެންނެވޭ ރަށްރަށުގެ ކައިންސިލްތައް ވަަޑައިގެންނެވޭ ރަށްރަށް ގެންދަވަައިގެން ދަނީ ބައްދަލު ކުރައްވަމުންނެވެ.

ކައުންސިލްތަކާ ވަކިވަކީން ބައްދަލު ކުރުމަށްފަހު، އެރަށަކަށް ބޭނުންވާ މުހިންމު މަޝްރޫއުތަކަކީ ކޮބައިކަން ރައީސް ގެންދަވަނީ އޮޅުން ފިލުވަމުންނެވެ. އޭގެ ސަބަބެއް ކަމުގައި ވިދާޅުވެފައިވަނީ، ހުރިހާ މަޝްރޫއުތަކެއް އެއްފަހަރާ ނުފެއްޓުނު ނަމަވެސް، އިސްކަންދޭ ތަރުތީބަކުން މަޝްރޫއުތައް ފަށައިގެން ކުރިޔަށް ގެންދިއުންކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އެގޮތުން ރައީސް މުއިއްޒު އެދިވަޑައިގެންފައި ވަނީ މިވަގުތަށް ބޭނުންވާ މުހިންމު މަޝްރޫއުތައް ތަރުތީބު ކޮށްލުމަށްފަހު އެމަނިކުފާނަށް ދެންނެވުމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ ހުރިހާ ކައުންސިލަކާ ބައްދަލު ކުރެއްވުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދެން ބާކީ އޮތީ 30 ވަރަކަށް ކައުންސިލް ކަމުގައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!