ޚަބަރު
މިރުސް ކިލޯއެއްގެ އަގު 780 މަތީގަ

ބާޒާރު މަތީގެ އަގުތަކަށްބަލާއިރު، މިރުސްކިލޯއެއްގެ އަގު 780 އަށް އަރައި ފިއެވެ.

މިރުސް ކިލޯއެއް އަގު ހަތް ސަތޭކަ އަށް އަރާފައިވާއިރު، ކުދިމިރުސް ކިލޯއެއްގެ އަގަކީ 300 ރުފިޔާއެވެ. އަދި ކަށިކެޔޮވަކެއް ފަސް ރުފިޔާއަށެވެ. ބަޓާނާ ކިލޯއެއްގެ އަގަކީ 35 ރުފިޔާއެވެ. ކާށި ލިބެންހުރީ ދިހަ ރުފިޔާ އަށާއި، 15 އަދި 20 ރުފިޔާއަށެވެ.

މުރަގަތޮޅި ކިލޯއެއް 80 ރުފިޔާއަށް ލިބެންހުރި، ކެރެޓް ކިލޯއެއް ލިބެންހުރީ 50 އަށެވެ. އަނބު ކިލޯއެއް 50 ރުފިއާ އަށެވެ. ކަރާގެ އަގަކީ 20 ރުފިޔާއެވެ. ތައިލެންޑް އަނބުތަކަށް ބަލާއިރު، 170 އަށް ލިބެންހުރިއިރު، ހަނީ މެންގޯ 170 އަށް ލިބެން ހުއްޓެވެ.

ތައިލެންޑް ދޮންކެޔޮ 120 ރުފިޔާ އަށް އަށްވެސް ބައެއް ގޮޅިތަކުން ލިބެން ހުއްޓެވެ.

ފޭރު ކިލޯއެއް ލިބެންހުރީ 120 ރުފިޔާއެވެ. އާފަލެއް ލިބެންހުރީ 8 ރުފިޔާއެވެ. ކެބެޖް 27 ރުފިޔާއަށް ލިބެންހުރުއިރު، ލެޓިއުސް އުޅެނީ 16 ރުފިޔާ އަށެވެ.

މިފަހަރު ވެސް ރާއްޖޭގެ ބައެއް ރަށްތަކުން ތަރުކާރުއާއި، މޭވާ ގެނެސްފައިވާއިރު، ބޭރު ގައުމުތަކުންވެސް މޭވާ ތަރުކާރީގެ އިތުރުން ފަލަމަޑީގެ ބާވަތްތައް ގެނެސްފައި ވެއެވެ. ކާރާތައް އާންމުގޮތެއްގައި ގެނެސްފައިހުރީ، ތޮއްޑޫއިންނެވެ.

މަސްމާރުކޭޓުގެ އަގުތަކަށްބަލާއިރު، ރިތްމަސް ކިލޯއެއްގެ އަގު އުޅެނީ 25 ރުފިޔާއަށެވެ. މާނިޔަމަސް 20 ރުފިޔާއަށާއި، 80 ރުފިޔާ އަށް ހުރިއިރު، ރެހި ކިލޯއެއް 30 ރުފިޔާއަށް ލިބެންހުއްޓެއެވެ. ކަންނެލި ކިލޯއެއް 35 އަކަށް ލިބެންހުރިއިރު، ބޮޑުކަންނެލި ހުރީ 65 ކަށެވެ. އަދި ގޮދާ ލިބެންހުރީ 45 އަކަށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!