ހާފް މޫންޕައި
ފާޑެއްގެ ނަމެއް އެހެންނޫންތޯ! ނިކަން މިއީ ކިހިނެއް ވާ ކޮން ރަހައެއްގެ މޫންޕައި އެއްތޯ ބަލާލަމާތޯއެވެ!
ބޭނުންވާ ތަކެތި
- 200 ގުރާމު ބޯންލެސް ޗިކަން (ހިމުންކޮށްފަ)
- 1 ސައިސަމުސާ ލޮނުމެދު (ޗަސްކޮށްފައި)
- 1 ސައިސަމުސާ އިނގުރު (ޗަސްކޮށްފައި)
- 1 މޭޒުމަތީސަމުސާ މުގުރި މިރުސް
- 1 މޭޒުމަތީސަމުސާ މުގުރި އަސޭމިރުސް
- 1 ސައިސަމުސާ ލޮނު
- 1 ކެޕަސިކަމް ( ކޮށާފައި)
- 4 މޭޒުމަތީސަމުސާ ޒުވާރީ
- 5 މޭޒުމަތީސަމުސާ މަޔޯނައިސް
- 1 ޖޯޑު ޗީޒް
- 1 ޕާން
- 1 ޖޯޑު ފާރޮށި ކުނޑި
- 2 ބިސް
- ތެޔޮ
ތައްޔާރުކުރާނެގޮތް
- ތަވަޔަކަށް ތެޔޮ އެޅުމަށްފަހު ހޫނު ކޮށްލާށެވެ. ކުކުޅުމަސް، ލޮނުމެދު، އިނގުރު، މުގުރި މިރުސް، އަސޭމިރުސް، ލޮނު މިހުރިހާ ބާވަތެއް އަޅައިގެން ކައްކާލާށެވެ.
- ކެޕްސިކަމް އާއި ޒުވާރީ އެއަށް އެއްކުރުމަށްފަހު ދެތިން މިނެޓް ވަންދެން ކައްކާލާށެވެ.
- ހިހޫކުރުމަށްފަހު މެޔޯނައިސް އާއި ޗީޒް އެއްކޮށްލާށެވެ.
- ޕާންފޮތި ތައް ވައްކޮށް ކަފައިލުމަށްފަހު ރޮށި ދަމާގޮތަށް ޕާންފޮތިތައް ދަމާލާށެވެ.
- ޕާންފޮތި މައްޗަށް މަސް އަޅައި ޕެޓީސް ހުންނަ ގޮތަށް ފަތް ޖަހައިލުމަށްފަހު (ބިސް ގިރުމަށްފަހު) ބިހުގައި ފޯކޮށްފައި ފާރޮށި ކުނޑި އުނުގުޅާށެވެ.
- އެއަށްފަހު ތާހެއްގައި ތެޔޮ ހޫނުކޮށް ތެއްލާށެވެ.

ހާފް މޫންޕައި
މިހާރު މިހިރީ ރަހަ މީރު ހާފްމޫންޕައި ތައްޔާރުވެފައެވެ. ސުފުރާ ތައްޔާރުކޮށްލާށެވެ. މިއާއެކުގައި ފޮނި އެއްޗެއް ނެތި ކަމަކު ނުދާނެއެވެ. އެހެންކަމުން ފޮނިއެއްޗެއް ހަދާނެ ގޮތްވެސް ގެނެސްދިނީމެވެ.

ލެމަންމޫސްކޭކު
ބޭނުންވާ ތަކެތި
- 200 ގުރާމު ބިސްކޯދު
- 6 މޭޒުމަތީސަމުސާ ބަޓަރ ( ދިޔާކޮށްފައި)
- 4 ޖޯޑު ފުލްކްރީމް މިލްކް
- ¾ ޖޯޑު ހަކުރު
- 5 މޭޒުމަތީސަމުސާ ކޯން ފުލާ
- ½ ޖޯޑު ޕްލޭން ޔޯގަޓް
- 3/1 ޖޯޑު ލެމަން ޖޫސް
- ¼ 1 ޖޯޑު ފެން
- 3 މޭޒުމަތީސަމުސާ ކޯން ފުލާ
- ½ ސައިސަމުސާ ރީނދޫ ކުލަ
- ¼ ޖޯޑު ހަކުރު
ތައްޔާރުކުރާނެ ގޮތް
- 4 ޖޯޑު ފުލްކްރީމް މިލްކަށް، ޖޯޑު ހަކުރު، ކޯން ފުލާ، ޖޯޑު ހަކުރު، އަޅައިގެން ރަނގަޅަށް ގިރާލާށެވެ. އަދި ތެއްޔެއްގައި އުނދުންމައްޗަށް އުދައި އޮލަވަންދެން ކައްކާލާށެވެ.
- އޮލަކޮށް ކެކުމުން އުނދުން މަތިން ބާލައި، އެއަށް ޕްލޭން ޔޯގަޓް އަޅާށެވެ.
- ފްރިޖަށްލީ ބިސްކޯދު ޓްރޭ ނަގައި އޭގެ މައްޗަށް އަޅާލާށެވެ. އެއަށްފަހު އަނެއްކާވެސް ފްރިޖަށްލައި 30 މިނެޓު ބަހައްޓާށެވެ.
- ތެއްޔަކަށް ލެމަން ޖޫސް، ¼ 1 ޖޯޑު ފެން، 3 މޭޒުމަތީސަމުސާ ކޯން ފުލާ، ½ ސައިސަމުސާ ރީނދޫ ކުލަ ، ¼ ޖޯޑު ހަކުރު އަޅައިގެން ގިރާލާށެވެ.
- އުނދުންމައްޗަށް އުދައި އޮލަވަންދެން މަޑުގިނިމަތީގައި ކައްކަލާށެވެ. ކައްކާ އޮލަވުމުން އުނދުންމަތިން ބާލާށެވެ.
- ހިހޫކުރުމަށްފަހު ފްރިޖަށްލީ ޓްރޭނަގާ އޭގެ މައްޗަށް އަޅާށެވެ.
- ދެން އަނެއްކާވެސް ފްރިޖަށްލުމަށްފަހު 1 ގަޑިއިރު ބަހައްޓާ ފިނިކޮށްލާށެވެ.
- ފިނިވުމުން ނަގާ ބޭނުންނަމަ ލެމަން މޫސްގެ މަތި ވައިޓް ޗޮކްލެޓުން ޑެކަރޭޓް ކޮށްލާށެވެ.
ލެމަން މޫސް އާއި ހާފްމޫންޕައި މިއީ އެއް ވަގުތެއްގެ ކެއުމަށް ހަމަ އެއްވަނައެވެ. ތަރާވީސް ދަމަށް މިދެވައްތަރު ތައްޔާރުކޮށްލުމުން އެެހެނިހެން ގިނަ ބާވަތްތައް ތައްޔާރުނުކޮށް، ފޮނި އެއްޗަކާއި ލޮނު އެއްޗެއް ސުފުރާ މައްޗަށް ނެގުނީއެވެ. އާއިލާއާއި ގާތްތިމާގެ މީހުންނާއި ރައްޓެހިންނާ އެކުގައި ގުޅުން ބަދަހިކޮށްލުމަށް ރަމަޟާން މަހުގެ ތަރާވީސް ދަމަކީ ވަރަށް ވެސް ރަނގަޅު ވަގުތެކެވެ.

