ޚަބަރު
ބަރުލަމާނީ ނިޒާމެއް ގެންނަން ޕެޓިޝަން ހެދިޔަސް ރައްޔިތުން ބަލައި ނުގަންނާނެ: ޒައިދު

ރާއްޖޭގައި މިހާރު ހިންގަމުންދާ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ވެރިކަން ކުރާ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން ސޮއިކުރަމުންގެންދާ ޕެޓިޝަނަކީ ރައްޔިތުން ގަބޫލުކުރާނެ ޕެޓިޝަނަކަށް ނުވާނެ ކަމުގައި ޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ބަރުލަމާނީ ނިޒާމަށް ތާއީދުކޮށް، ރައީސް ނަޝީދު އިސްނަންގަވައި ސޮއިކުރައްވަމުން ގެންދަވާ ޕެޓިޝަންގައި ވީހާވެސް ގިނަ ބަޔަކު ސޮއިކޮށްދިނުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

ބަރުލަމާނީ ނިޒާމުން ގެނައުމަށް މިހާރު ހަދަމުންދާ ޕެޓިޝަންއާއި ގުޅިގެން ޝެއިޚް ޒައިދު ވިދާޅުވީ، ބަރުލަމާނީ ނިޒާމަކީ ދިވެހިރައްޔިތުން ނޫނެކޭ ބުނެފައިވާ ނިޒާމެއް ކަމަށާއި، އަދި މިނިޒާމަކީ ރާއްޖެ ފަދަ ކުޑަ ގައުމަކަށް އެއްވެސް ގޮތަކަށް އެކަށީގެންވާ ނިޒާމެއް ނޫން ކަމަށެވެ. އަދި ރައްޔިތުންގެ ތާއީދު އޭރުވެސް އަދި މިހާރުވެސް ބަރުލަމާނީ ނިޒާމަކަށް ނެތްކަމަށްވެސް ޝެއިޚް ޒައިދު ވިދާޅުވިއެވެ.

ބަރުލަމާނީ ނިޒާމަކީ ރާއްޖޭގެ ރައްޔިތުން އެއްފަހަރު ރިޖެކްޓް ކޮށްފައިވާ ނިޒާމެއް! އަދި މިއީ ރާއްޖެ ކަހަލަ ކުޑަ ޤައުމަކަށް އެއްވެސް ގޮތަކުން އެކަށީގެންވާ ނިޒާމެއްނޫން! ބަރުލަމާނީ އަށް އޭރުވެސް މިހާރުވެސް ތާއީދެއްނެތް! ޕެޓިޝަން ހެދިޔަސް ރައްޔިތުން އެބަލައި ނުގަންނާނެ.” ޝެއިޚް ޒައިދު ވިދާޅުވިއެވެ. 

ޒައިދު މިހެން ވިދާޅުވެފައިވާއިރު، ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރާނެކަން ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެމްޑީޕީ ފިޔަވައި ހުރިހާ ޕާޓީއަކުން ވަނީ ބުނެފައެވެ. އަދި ރައީސް ޞާލިހުވެސް ވަނީ ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރާނެ މޭރުމަކުން އެކިފަހަރު މަތީން ވާހަކަ ދައްކަވާފައެވެ.

މިހާރު އޮތް ވެރިކަން ކުރާ ކޯލިޝަން ރޫޅާލުމަށް އެމްޑީޕީގެ ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުން މަސައްކަތް ކުރަމުންދިޔަ ނަމަވެސް ރައީސް ޞާލިހު ވިދާޅުވަމުންދަނީ ރައްޔިތުން ވެރިކަން ހަވާލުކުރީ ކޯލިޝަނަކާއި ކަމަށެވެ.

ނަމަވެސް ރައީސް ޞާލިހުވަނީ މީގެ ކުރިންވެސް ތަކުރާރުކޮށް ރާއްޖޭގައި އޮންނަން ފެންނަ އެންމެ ރަނގަޅު ނިޒާމަކީ ރިޔާސީ ނިޒާމުކަމުގައި ވިދާޅުވެފައެވެ. އަދި ރާއްޖޭގައި އޮންނަން ފެންނަ ނިޒާމު ކަނޑައަޅާފައިވަނީ ރައްޔިތުން ކަމަށާއި، ދެންވެސް ނިޒާމު ގޯސްވެއްޖެނަމަ ނިންމާނީ ރައްޔިތުންގެ ވޯޓަކުން ކަމަށެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!