މިއަދު ބާޒާރުމަތީގެ އަގުތަކަށްބަލާއިރު ތަކެތީގެ އަގު ވަނީ އެއްވަރަކަށް ހިފަހެއްޓެފައެވެ. ނަމަވެސް ކަރަލުގެ އަގު ވަނީ ވެއްޓުފައެވެ. އެއީ ކަރާލިބޭ މިންވަރު އިތުރުވެފައިވުމުން ކަމަށް މޭވާ ތަރުކާރީ ވިއްކާފަރާތްތަކުން ވަނީ ބުނެފައެވެ. އެގޮތުން ކަރާ އާންމު ގޮތެއްގައި މާލެ ގެނެސްފައިވަނީ ތޮއްޑޫ އިންނެވެ. އަދި އިންޑިއާ ކަރާވެސް ބާޒާރުން ލިބެން އެބަހުއްޓެވެ.
ދަތުރުވެރިންގެ މާރުކޭޓްގެ އަގުތަކަށްބަލާއިރު، އާންމުގޮތެއްގައި ބޭނުންކުރާ ފިޔާ މިރުސް ވެސް އަގު މާބޮޑުތަނެއް މައްޗަކަށް ނުދެއެވެ. އެގޮތުން ރޯދަމަހުގެ ކުރިން އަގުބޮޑުވާނެ ކަމަށް ލަފާކުރެވުނު ފިޔާގެ އަގުވެސް ވަނީ 25 ގައެވެ. މިރުސް އިއްޔެ 780 އިގައި ހުރި އިރު މިއަދުވެސް އެ އަގަށް މާބޮޑު ބަދަލެއް އައިސްފައި ނުވެއެވެ.
ލުބޯ ކިލޯއެއް 65ކާއި 50 އާއި ދެމެދުހުރިއިރު، ހިކަދިފަތް ބޮޑިއެއް ހުރީ 10 ރުފިޔާ އަށެވެ. ދިވެހި އަނބު ކިލޯއެއް 150 އަށް ހުރިއިރު އޮރެންޖު ކިލޯއެއް 60 އަށެވެ. ކުރުނބާ ގެ އަގުތައް މިއަދު މަތި ކަމަށް ބެލެވެއެވެ. އެގޮތުން ކުރުބަނލެއްގެ އަގަކީ 40 އާއި 50 އާއި، 60 އެވެ. ކުރުބާ ފުޅިއެއް ލިބެންހުރީ 100 ރުފިޔާ އަށެވެ.
ފަޅޯ 45،ކާއި، 50 އަށްހުރިއިރު، ކަރާ މިއަދު 17 ރުފިޔާއަށްވެސް ލިބެން ހުއްޓެވެ. އިންޑިޔާ ކަރަލުގެ އަގަކި 15 ރުފިޔާއެވެ. ކެރެޓް ކިލޯއެއް 40 ރުފިޔައަށް ލިބެންހުރި ބަޓާނާ 30 ރުފޔާ އަށާއި، 65 ލިބެއެވެ. ނަމަވެސް އިއްޔެ ބަޓާނާ ކިލޯއެއްގެ އަގަކީ 35 އެކެވެ.
ޓޮމާޓޯ ކިލޯއެއް 30 ރުފިޔާ އަށް ލިބެންހުރިއިރު، ކިއުކަމްބާ 35 އަށެވެ. އަލަނާސި 40 އަށް ލިބޭ އިރު، ދޮންކެޔޮ ތަކުގެ އަގަކި 70 އާއި، 80 އެވެ. ބޯށި ކިލޯއެއް 25 ރުފިޔާ އަށް ލިބޭއިރު، އަލުވި ލިބެނީ 15 އަށެވެ. އަދި މެންޑްރިންގެ އަގަކި 70 ރުފިޔާއެވެ.
މަހުގެ އަގަށް ބަލާއިރު، ކަޅުބިލަމަސް ކިލޯއެއް 40 އާއި، 50 އާއި ދެމެދު ލިބެންހުރިއިރު، ކަޅުބިލަމަހުގެ ކުދިމަސްތައް ލިބެންހުރީ 35 އަކަށެވެ. ކަންނެލި އުޅެނީ 65 އަށެވެ. މާނިޔަމަސް ލިބެނީ 20 ރުފިޔާ އަށެވެ. ފާނަ 500 ރުފިޔާ އަށާއި، 300 ރުފިޔާ އަށެވެ. އަދި ރަތް މަސް ކިލޯއެއް ހުރީ 100 ރުފިޔާ އާއި، 300 ރުފިޔާއާއި ދެމެދުގައެވެ.
ފާނަ ލިބެންހުރީ ކިލޯއެއް 100 ރުފިޔާއަށެވެ.

