ޚަބަރު
މިޔަރުގެ ބާވަތްތަކުން އުފައްދާފައިވާ ތަކެތި ނުވިއްކުމަށް ފިޝަރީޒް މިނިސްޓްރީން އިލްތިމާސްކޮށްފި

ރާއްޖޭގެ މާރކެޓުގައި މިޔަރުގެ ބާވަތްތަކުން އުފައްދާފައިވާ އުފެއްދުންތައް ވިއްކަމުންދާތީ އެގޮތަށް އެކަން ނުކުރުމަށް ފިޝަރީޒް މިނިސްޓްރީން އިލްތިމާސް ކުރައްވައިފިއެވެ.

އެމިނިސްޓްރީން އާންމުކުރި ބަޔާނެއްގައި ބުނާގޮތުގައި މަސްވެރިކަމުގެ އާންމު ގަވާއިދު ގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހިފުމާއި، ނެގުމާއި، މެރުމާއި، ބޭނުން ކުރުން މަނާ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ބާވަތްތަކާއި އެބާވަތްތަކުން އުފައްދާފައިވާ ތަކެތި ވިޔަފާރީގެ އުސޫލުން ވިއްކަމުން ގެންދިއުމާއި އަދި ވިޔަފާރި ކުރާތަންތަނުގައި ޑިސްޕްލޭކޮށްފައި ބަހައްޓާފައި ހުންނަކަން ފާހަގަވެފައިވާ ކަމަށެވެ.

މިފަދަ އަމަލުތަކަކީ މަސްވެރިންގެ ޤަވައިދުގެ 17 ވަނަ މާއްދާގެ ދަށުން މަނާކަމެކެވެ. މިފަދަ ކަންތައް ނުކުރުމަށް އެމިނިސްޓްރީން އަންގާފައިވަނީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގެ ލާބަޔާއި މަންފާއަށްޓަކައި ކަމަށް އެމިނިސްޓްރީންވަނީ އަންގާފައެވެ.

އެހެންކަމުން މިގަވާއިދާ ހިލާފަށް އަމަލުކުރާ ފަރާތްތަކާއި މެދު މިނިސްޓްރީގެ ފަރާތުން މަސްވެރިކަމުގެ ގާނޫނާއި އެގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކުގެ ދަށުން އިދާރީ ފިޔަވަޅު އަޅަމުން ގެންދާނެ ކަމުގެ އިންޒާރު މިނިސްޓްރީން ވަނީ ދީފައެވެ.

މީގެއިތުރުން ދާދިފަހުން މިޔަރުގެ އުރަހަތަކެއް ވަގަށް އެކްސްޕޯޓްކުރަން އުޅެނިކޮށް ބަޔަކު އަތުލާފައިވީނަމަވެސް އެމައްސަލަ ކުރިޔަށް ނުދާކަން އެމިނިސްޓްރީންވަނީ ފާހަނގަކޮށްފައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!