ވާހަކަ
ދަންފަޅި – އަލަތު ލޯބިވެރިޔާ ހަނދާންނުނެތޭނެއޭ އެބުނަނީ ކަނޑައެޅިގެން ދޮގެއް، އަހަރެން މިއީ އޭގެ ހެއްކެއް!

ދަންފަޅީގެ ތި އެކުވެރިންނަށް މިކިޔައިދޭ އަހަރެންގެ ވާހަކައިން އިބްރަތެއް ލިބިގަންނާނެކަމަށް ހީކުރަމެވެ.

އަހަންނަކީ މިހާރު ހިލޭސާބަހަށް އަންހެނުންގެ ކަންތައްތަކަށް އެހީވެދީ، އެމީހުންގެ ހައްގުތަކަށް މަސައްކަތްކޮށްދޭ އެންޖީއޯއެއްގައި މަސައްކަތް ކުރަމުން އަންނަ މީހަކީމެވެ. މީގެ އޮނަވިހި ވަރަކަށް އަހަރު ކުރިއެވެ.

އަހަރެންގެ އުމުރުން އޭރު ސޯޅައަހަރެވެ. ގްރޭޑު ނުވައަކުން އަހަރެން ކެޑުނީ ވަޒީފާއަކަށް ގޮސްގެން ފައިސާ ހޯދަން މުހިންމު ވީމައެވެ. ގޭތެރޭގެ ހާލަތު ހުރި ގޮތުންނެވެ. ގުރޭޑް ނުވައެއްގެ ފާސް އޮތުމުން ވަރަށް ފަސޭހައިން ރަށު ސުކޫލުގެ ޓީޗަރެއްގެ ވަޒީފާ ލިބިއްޖެއެވެ. އަހަރެން ކިޔަވައިދޭން ފެށީ ގްރޭޑް ތިނެއް ހަތަރެއް އަދި ފަހަކަށެވެ. ދުވަސްކޮޅެއް ފަހުން ގްރޭޑް ހަތެއްގެވެސް އިސްލާމް ގަޑި ނަގައިދޭން ޖެހިއްޖެއެވެ.

އަހަރެން ކިޔަވައިދޭން ދިޔަ ކުލާހުގައި ތިބީ އެއްފުރައިގެ ލާނެތް ދެޖިންސުގެ ކުދިންނެވެ. އަހަރެންގެ މިޒާޖު ހުންނަ ގޮތުން ވަރަށް އަވަހަށް ކުދިންނާ ރައްޓެހިވެލަމެވެ. ކުލާސް ފަށައިގެން ކުރިއަށް ދިޔައިރު ފަހަތުން ދެކުއްޖަކު މަދުކަން އެނގުނެވެ. އޭގެ ފަހުން ހަތަރު ކުލާހުގައިވެސް އެދެ ކުދިން ނެތުމުން ސުވާލުކޮށްލެވުނެވެ. އެއީ އާންމު ކަމެކެވެ. އިސްލާމްގަޑި ފޫހި ކަމުން އެދެކުދިން ކުލާހަށް ނާންނީއެވެ. އަހަރެން އަނެއްދުވަހު ކުލާހަށް ދިޔައީ ކުރިއަށް އޮތް އިނގިރޭސި ގަޑިއާއެކު ނަގައިދޭ ގޮތަށެވެ. އެއްކަލަ ދެކުދިން ތިއްބެވެ.

އޭގެ ތެރެއިން އެއްކުއްޖަކު އެއީ ވަރަށް ސްޓައިލް ކުއްޖެކެވެ. ލާނެތްކަމެއްވެސް ކުޑައެއް ނޫނެވެ. އެދުވަހުން ފެށިގެން ޖިމީ އަހަންނަށް ލޯ އަޅަން ފަށައިފިއެވެ. މިކަމާ ކަންބޮޑުވެ ހަދާނެ ގޮތްހުސްވެގެން އެއްދުވަހަކު ޖިމީއާ ވަކިން ބައްދަލުކޮށލީމެވެ. ކުލާސް ނިމުމުން ޖިމީ މަޑުކުރުވީއެވެ. އަހަރެން އޭނާ ގާތު ކުރީ ގޮނޑިއަށް އައުމަށް ބުނީމެވެ. އެންމެ ފުރަތަމަވެސް އުމުރު އަހާލީމެވެ. އަހަންނަށް އޮފީހުންވެސް ބެލިދާނެއެވެ. އެކަމަކު ބޭނުންވީ އިހުވާމް ކުރެން އަހާށެވެ. އިހުވާމް ވަރަށް ހަމަޖެހިލާފައި އަހަރެންގެ އުމުރު ބުނާށޭ ބުނެފިއެވެ. ސަތާރައަހަރޭ ހަމަ ބުނިތަނާހެން ފުންމައިގެން ގޮޑިން ތެދުވެގެން އަހަރެންގެ މޭޒުދޮށަށް އައިސް ވަރަށް ގާތަށް ހުއްޓިފައި ބުނެލިއެވެ. “މާބޮޑު މީހަކަށް ވެގެން ތިއުޅެނީ މަށަށްވުރެ އެންމެ ދެއަހަރެއްހާ ވަރު ބޮޑު ވެގެންތަ؟ ބުނަން ދެން އެއްބަސް ނުވަންޏާ މަގޭ އަތުންފައިން ގޯސް ހެދޭނެ،” އެދުވަހު އިހުވާމް ދިޔައީއެވެ. އޭނާ އެ ދިޔައީ އަހަންނަށް ކުރަން ނުޖެހޭވަރުގެ ކޮންމެވެސް ކަމެއް ކޮށްފައެވެ.

އަހަރެން ކިޔަވައިދޭން ދިއުން ހުއްޓާލީމެވެ. ޖިމީދެކެ ލޯބިވެވުނީ ކޮން އިރަކު ކަމެއް ނޭނގުނަސް ސުކޫލަށް ދިއުން ހުއްޓާލިފަހުން އަހަންނަށް ޖިމީ ހަނދާންނުވާ ވަގުތެއް ނުދެއެވެ. އެއީ އަހަރެން ވާން ބޭނުންވި ގޮތެއް ނޫނެވެ. މިގޮތަށް އަހަންނަށްވުރެ ދޮޅުއަހަރެއްވަރު ހަގު ކުއްޖަކާ ގުޅުން ބާއްވަން ހުވަފެނަކުންވެސް ނުބަލަމެވެ. އެކަމަކު ޖިމީގެ މޮޅުކަމުން ކަމެއް އަހަރެންގެ ފިނޑި ކަމުން ކަމެއް ނޭނގެއެވެ. މިކަން މި އޮތީ ވެފައިތާއެވެ،

އެންމެ ފަހުން އެދުވަހު ހަވީރު އަހަރެން ޖިމީގެ ގޭދޮށަށް ދިޔައީމެވެ. އަދި ބައްދަލުވެފައި ވާހަކަ ދައްކަން ކަމަށް އުޅުނުނަމަވެސް ބަހެއް ނުނިކުތެވެ. އަހަންނަށް ހުރެވުނީ ރަނގަޅަށްވެސް ޖިމީގެ ޖާދޫގައި ޖެހިނިމިފައެވެ.

ޖިމީއާ ރައްޓެހިވެގެން އަހަރުވިއިރު މުޅި ރަށު އެންމެނަށް މިވާހަކަ އެނގިއްޖެއެވެ. ޖިމީގެ މައިންބަފައިންގެ ގަބޫލަށް ނުގަބޫލަސް އޭނާ ހުރީ އަހަންނާ ކައިވެނި ކުރަން ހޭވައްލާ ތައްޔާރުގައި 18 ވަންދެނެވެ. އެހެންނަމަވެސް މިއީ އަހަންނަށް ފެންނަމުން ދިޔަ މަންޒަރެވެ. އަހަންނަށް ނުފެންނަ ފަރުދާގެ ފުރަގަސް އޮތީ ވަރަށް ނުރައްކާ ގޮތަކަށެވެ.

ޖިމީ އަހަންނާ ރައްޓެހިވެ ކުޅިވަރެއްހެން މި ކުރިއަށް ގެންދިޔަ ފިލްމު ނިމުމަކަށް ގެނައި ދުވަހު އަހަރެން ގަތް ލަދުން ބިން ފަޅާފައި އަޑިއަށް ގަބައިގަންނާނެނަމައޭ ހިތަށް އެރިއެވެ. ޖިމީ އޭނާގެ ހުރިހާ ރައްޓެހިންނާއި އާއިލާ އެންމެންގެ މެދުގައި އަހަރެން ލަދުގަންނަވާލިއެވެ. އޭނާގެ މޮޅު އުކުޅުތަކާއި ހުނަރުތަކުން އަހަރެންގެ ހުރިހާ ހަޒާނާއެއް ހިބައިން ދިނީ އޭނާދެކެ ލޯބިވާތީއެވެ. އަހަންނާ ދިމާއަށް ކޫޑިއަށް ރަންޑިއަށް ކިޔާ ނަގަމުން ދިޔައިރު ކޫސްއޭ ވެސް ނުބުނެވުނެވެ.

އެދުވަހުން ފެށިގެން ލޯތްބޭ ބުންޏަސް ހުޅުފަޅައިގެންދެއެވެ. ޖިމީ ފަހުން އައެވެ. އަހަރެންގާތު މާފަށް އެދުނެވެ. މާފު ކުރަން ކީއްކުރަންހެއްޔެވެ. އޭނައާ އަނގައިން ބުނާކަށްވެސް އަހަރެން ބޭނުމެއް ނޫނެވެ. އޭނާ އަހަރެން ދަލުގައި ޖައްސާ މީހުންގެ ތެރެއަށް ފަޟީހަތްކޮށްލި ގޮތް ހަނދާން ނެތޭނީ ކިހިނެއް ހެއްޔެވެ. ކޫސަނި ތާކުންތާކު ނުޖެހޭ ކަމެއްގައި ހަސަދަ ފިލުވާށޭ ކިޔާ އަހަރެންގެ މުޅި ދުނިޔެ ހަލާކު ކޮށްލީއެވެ. އިސްލާމް ކިޔަވައިދޭތީ ޖިމީ  އަހަންނާ ލޯބީގެ ކަނޑިއަކުން އަދަބުދިނީއެވެ.

އަދިވެސް މިއަދުވެސް އެދުވަހު މީހުން އަހަންނާ ދިމާއަށް ގޮވި ހަޑިހުތުރު ބަސްތައް ހަނދާން އެބަހުއްޓެވެ. މިހާރު ޖިމީ ވީ އަންހެންކުއްޖަކުގެ ފޮޓޯތަކެއްގެ މައްސަލައިގައި ޖަލުގައޭވެސް މީހުން ކިޔާތި އިވެއެވެ. އަހަރެންގެ އެއްވެސް ފަރުވާލެއް ނެތެވެ.

ދަންފަޅީގެ އެކުވެރިންނޭނެވެ. އެންމެވެސް ބުނެއެވެ. “އެމީހެއްގެ އަލަތު ލޯބިވެރިޔާ އަދި އަލަތު ގުޅުމެއް ހިނގާ ފިރިމީހާ މަތިން އަބަދުވެސް ހަނދާން ހުންނާނެއެވެ.” މިއީ ކަނޑައެޅިގެން ދޮގު ވާހަކައެކެވެ. އަހަރެންގެ އަލަތު ލޯތްބަކީ ހުރިހާ ގޮތަކުންވެސް އަލަތު ލޯބި ދިން މީހާ އެއީ އަހަރެން މިދުނިޔެމަތިން އެންމެ ފޫހިވާ ނަފްރަތު ކުރާ މީހާއެވެ. ދުވަހަކުވެސް މާފެއްވެސް ނުކުރާނަމެވެ. އަލަތު ގުޅުމާއި ލޯތްބާ އެއްވެސް ގުޅުމެއް ނެތެވެ. އަހަންނަކީ އޭގެ ފުރިހަމަ ހެއްކެކެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!