ރިޕޯޓް
އެނަމާ ކާރިސާ އަށް 20 އަހަރު: ކާރިސާ އާއި ގުޅުންހުރި އެހެނަސް ނުދައްކާ ވާހަކަ

އެނަމާ ބޯޓް ބަންޑުން ޖަހާލި ހިތާމަވެރި ކާރިސާ ހިނގާފައިވަނީ 2004 ވަނަ އަހަރުގެ މާރޗް މަހުގެ 17 ވަނަ ދުވަހުގެ ރޭ7:30 ގައެވެ. އެ ކާރިސާ އަށް މިހާރު ވަނީ 20 އަހަރު ފުރިފައެވެ. ނަމަވެސް އަދިވެސް އެ ހަނދާންތައް ވަނީ ތިނަދޫގެ ބިމުން ކަރުނައިގެ ސާލެއްގައެވެ.

ކުއްލި ހިތާމެވެރި އެ ކާރިސާއިން އެތައްބައެއް މި ދުނިޔެއާއި ވަކިވެ މުޅި ތިނަދޫ ކަރުނައިގެ ސާލެއް އޮޅާލަން ޖެހުނު އެ ކަޅު ދުވަހަކީ އެ ރަށުގެ ރައްޔިތުންނަށާއި، އެ ކާރިސާގައި އަނިޔާވި އަދި ގެއްލިގެން ދިޔަ ފުރާނަތަކުގެ ހަނދާނުންވެސް ހިތްކުދިކުދި ކުރުވި ދުވަހެކެވެ.

އެނަމާ ކާރިސާގައި މަރުވެފައިވާ ފުރާނަތައް ސަންދޯކުގައި ސަހަރާ އަށް ގެންދަނީ

އެއީ ދިވެހި ތާރީޚްގައި ވެސް ކަނޑުމަތީގައި ހިނގައިދިޔަ  އެންމެ ހިތާމަވެރި ކާރިސާއެވެ. އެނަމާ ބޯޓު ބަންޑުންޖަހައިލި ކާރިސާވެގެން ދިޔައީ ގދ.ތިނަދޫގެ ހުރިހައި ރައްޔިތުން ރޮއްވާލި އަދި މުޅި ރާއްޖެވެސް އެއް އަޑަކުން ހިތާމައިގެ މޮޅިވެރިކަން ގެނެސްދިން ކާރިސާ އަށެވެ.

އެނަމާ ކާރިސާގައި މަރުވި މީުންގެ މަހާނަ ދޮށުގައި

މިކާރިސާއަށް 20 އަހަރުފުރުނު އިރު، އަދިވެސް ނުދައްކާ އެތައް ވާހަކަތަކެއް އެބަހުއްޓެވެ. ފޮރުވިފައިވާ ވާހަކަތަކާއި ނުދައްކާހުރި ވާހަކަތަކެވެ. ނުބުނުދެވި ހުރި ވާހަކަތަކާއި، ބުނަން ބޭނުން ނުވާ ވާހަކަތަކެވެ.

“ހުވަދޫ މީޑިއާ” އަށް އެނަމާ ބޯޓް ބަންޑުންވި ކާރިސާގެ ބިރުވެރިކަން ކިޔައިދެމުން އޭރު ގދ. ތިނަދޫ ހޮސްޕިޓަލް (މިހާރު ގދ. ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިލް) ގެ ކުރީގެ މެނޭޖަރ މުހައްމަދު ހުސެއިން ވިދާޅުވީ އެއީ ހިތްދަތި ބިރުވެރި ދުވަހެއް ކަމަށެވެ.

ވާންވީ ގޮތެއް ކަން ކުރަންވާ ގޮތެއް ނޭނގިހުރެ، ހުއްޓުން އެރި ދުވަހެއް ކަމަށެވެ.

ނަމަވެސް މާތް ރަސްކަލާގެ ރަހުމަތުން ކޮންމެ ކަމެއްވެސް ވާނީ އެންމެ ރަނގަޅަށްކަން ފާހަގަ ކުރައްވާ ވިދާޅުވީ އެފަދަ ދުވަހަކަށް ތައްޔާރުވެފައި ނުވެވުނު ނަމަވެސް އެ ކުއްލި ހިތާމަވެރި ކާރިސާއިން އަރައިގަތުމުގެ ގާބިލުކަން ލިބުމަކީ ވެސް އެތައްބައެއްގެ ހިތްވަރާއި މިންނެތް މަސައްކަތް ކަމަށެވެ.

އެނަމާ ކާރިސާގައި ބޯޓުން މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި އެހެން ދޯންޏެއް

ކޮންމެ ކަމެއްވެސް ވާނީ އެންމެ ރަނގަޅަށް ކަމަށް ވިދާޅުވެ މުހައްމަދު ހުސެއިން ވިދާޅުވީ އެ ކާރިސާގެ އެއް ދުވަސް ކުރިން ޑިޕާޓްމެންޓް ހެލްތުގެ ފަރާތުން ހޮސްޕިޓަލަށް ޓީމެއް ފޮނުވި ކަމަށެވެ. އެއީ ހޮސްޕިޓަލުގެ ބައެއް ކަންކަން ހިނގާ ނުހިނގާ ގޮތް ބެލުމަށް ފޮނުވި ޓީމެއް ކަމަށެވެ.

ނަމަވެސް އެޓީމުގެ ޒިންމާއަކަށް ވެގެންދިޔައީ އެތައް ގަބުރުތަކެއްގެ ކަންކަން ބެލުމަށް ހޭދަކުރެވުނު ތަޖުރިބާގެ ދަތުރެއްގެ ގޮތުގައެވެ. މުހައްމަދު ހުސެއިން ވިދާޅުވީ އެޓީމް ތިނަދޫގައި މަޑު ކޮށްގެން އޮތް އޮތުންއެއީ ވެސް އެފަދަ ދުވަހެއްގައި އެފަދަ ކަމެއް މެނޭޖުކުރުމަށް ފަސޭހަވެގެން ދިޔަ ކަމެއް ކަމަށެވެ.

17 ވަނަ ދުވަހު ހަވީރު، ގއ. ވިލިގިލީގައި އޮތް ފުޓްބޯޅަ މެޗެއް ބެލުމަށް، ތިނަދޫ އިން އެނަމާ ބޯޓް ފުރީ އެ ދުވަހުގެ މެންދުރު ވަގުތެއްގައެވެ. ބޯޓް ތިނަދޫ ބަނދަރުން ނައްޓާލީ ޖުމްލަ 122 ސަޕޯޓަރުންނާއި އެކުގައެވެ. މެޗް ނިމުމަށްފަހު ބޯޓް ވިލިގިން ފުރީ ވަރަށް އޮމާން އަމާން ދަތުރެއްގެ ނިޔާމަ ކަމާއި އެކުގައެވެ.

އެނަމާ ބޯޓް ތިނަދޫ ބަނދަރުގައި

ވިލިގިލިން ބޯޓް ނައްޓާލިއިރު، އިރު، އޮއްސިއްޖެއެވެ. ކަނޑުގެ ރާޅުތައް ކަފަމުން އެނަމާ ދަތުރުކުރަމުން ދިޔައީ، މޯހިރު ފަހަނައަޅާ އަމާން ބަނދަރަކާއި ދިމާލަށެވެ. ތަގުދީރުގެ ނިޔާއެއް އެއްވެސް މީހަކަށް ނޭނގޭ، އެ ދަތުރުކީ އެތައްބަޔަކަށް ކަރުނައިގެ ދަތުރަކަށްވިއެވެ. ދިރިތިބީންނަށް ފިލާވަޅަކަށްވިއެވެ. ދުއްވަމުން ދިޔަ އެ ބޯޓްގެ ކައްޕި ކީއްކުރަން މުޅި ދުނިޔެއަށްވެސް ސިއްރު ވެފައިވަނީ ދެން ކަންހިނގާނެ ގޮތެވެ.

ރަށަށް މިސްރާބުޖަހާފައިވާ އެބޯޓަށް ކުއްލި ލޮޅުމެއް އައިސް 7:30 ގައި މުޅި ދަތުރުގެ އުފާވެރިކަން ގެއްލުނެވެ. އުފާވެރި ދިރިއުޅުމަކަށް ކަމަރުބަދެ މާދަމާ އަށް ތައްޔާރުވެގެންތިބި އެތައް ބަޔަކު މި ފަނާވަނިވި ދުނިޔެ ދޫކުރަން ޖެހުނެވެ.

އެނަމާ ބޯޓް އަޑީއަށްދިޔަުން މީހުން ސަލާމަތް ކުރުމުގައި އެކި ފަރާތްތަކުން އެހީތެރިވަނީ

އެއް އާއިލާއަކަށް ނިސްބަތްވާ އެތައްބަޔަކުވެސް މި ދުނިޔެއާއި، ވަކިވެ، ދެމިގެންވާ އަލާމަށް ދާން ޖެހުނެވެ. ގިނަ މީހުން މި ފަނާވަނިވި ދުނިޔެއަށް އަލްވަދާއު ކިޔައިފައިވާ އިރު އެ ހާދިސާގައި ޖުމްލަ 24  މީހުން މަރުވިއެވެ. އަދި އަދާ ހަމަޔަށްވެސް ވީ ނުވީއެއްނޭނގި 2  މީހަކު ވަނީ ގެއްލިފައެވެ. ކުޑަކުޑަ ތުއތު ކުއްޖަކުވެސް ހިމެނެއެވެ.

އެނަމާ ކާރިސާގައި މިދުނިޔެ ދޫކުރެއްވި ފަރާތްތައް+

މުހައްމަދު ހުސެއިން ވިދާޅުވީ ތިނަދޫ އަށް ވަޑައިގެންނެވި ޓީމްގައި ތިއްބެވީ ޑިޕާޓްމެންޓް ޕަބްލިކު ހެލްތުގެ ފަރާތުން ޕްރޮގުރާމް ކޯޑިނޭޓާރ އަހުމަދު ހަލީލް އާއި، އައިޖީއެމްއެޗްގެ ސާޖަންޓް އަހުމަދު ސޯލިގެ އިތުރުން އަންހެން ބޭފުޅެއް ކަމަށެވެ. އެބޭފުޅުން ތިނަދޫ އަށް އައިސް ނައިޓް ފިޝިން އަށް ދިއުމަށްފަހު، 8 ޖެހިހާއިރު ތިނަދޫ އަށް އެރިކަމަށެވެ. ކޭންބެއްލުވުމަށް ސަންޕިކް ރެސްޓޯރެންޓަށް ވަޑައިގަތުމުން މުހައްމަދު ހުސެއިންވެސް އެތަނަށް ވަޑައިގެންނެވި ކަމަށެވެ.

ކުއްލިއަކަށް ފޯނަށްއައީ ފޯން ކޯލެއް ކަމަށާއި، އެއީ ގއ. އަތޮޅުވެރިޔާގެ އަނބިކަބަލުންގެ ފޯނު ކޯލެއް ކަމަށެވެ.

އެ ފޯނުކޯލުން ހުއްޓުން އެރިނަމަވެސް ހުއްޓިތިބެވޭކަށް ނެތް ކަން އެނގުނު ކަމަށެވެ. ވިދާޅުވީ ވިލިގިލިން ފުރައިގެން އެނަމާ ބޯޓް ތިނަދޫ އަށް ދަތުރުކުރަމުންދަނިކޮށް ހާދިސާ އެއް ހިނގައިގެން އުޅޭ ކަމަށެވެ. އަދި ކަނޑުވެގެން އުޅޭ ކަމުގެ މައުލޫމާތުވެސް ދެއްވި ކަމަށް މުހައްމަދު ހުސެއިން ވިދާޅުވިއެވެ. އެހާ ހިސާބުން ހެލްތުގެ ޓީމަށް މައުލޫމާތު ހިއްސާކުރި ކަމަށެވެ. ދެން އަވަސްވެގަތީ ހޮސްޕިޓަލަށް ގެނެވޭ ބަލިމީހުންގެ ކަންކަން ބެލުމަށް އަވަސްވުުމަށް ކަމަށާއި، ނަމަވެސް ދެން ފެނުނު މަންޒަރުތަކުން ހިތް ކުދިކުދިވި ކަމަށެވެ.

“ބޯޓުން ގެނައިމީހުންގެ ތެރޭގައި ގިނައީ މަރުވެފައި ތިބިމީހުން. އަވަހަށް ގެންވެނު މީހުނަށް ދިޔައީ ފަރުވާ އަވަސް ކުރަމުން. މަރުވެފައި ތިބި ގަބުރުތައް ވަކި ކުރަންވެސް އުނދަގޫ ތަކެއް ދިމާވި. މުހައްމަދު ހުސޭނު ވިދާޅުވިއެވެ. ނަމަވެސް މީހުން ރަށަށް ގެނެވުނުއިރު ހޮސްޕިޓަލުގެ އިންތިޒާމުތައް ވެވުނު ވަރުން ހަމަޖައްސާލެވުނު ކަމަަށްވެސް ވިދާޅުވިއެވެ.

މީހުން ނަގަން ރަށުން 2 ދޯނި ދިޔަ ކަމަށާއި، އެއީ މުޅި ސިއްހީ ދާއިރާގައިވެސް މަސައްކަތް ކުރެވުނުއިރު ކުރެވުނު އެންމެ ބިރުވެރި ހިތްދަތި ތަޖުރިބާ ކަމުގައެވެ. ޖުމްލަ 34 އަހަރާއި، 7 މަސް ވަންދެން ސިއްހީދާއިރާގައި އުޅުނުއިރު މިއީ ހިތުންފިލައިގެން ނުދިޔަ ކަމެއް ކަމަށް މުހައްމަދު ހުސޭއިން ވިދާޅުވިއެވެ.

އެނަމާ ހާދިސާގައި މަރުވި މީހުން ވަޅުލުމުގެ މަސައްކަތުގަ

ސިއްހީ ދާއިރާގައި މަސައްކަތް ކުރާތާ 16 ވަނައަށްވީއަހަރު، ކުރެވުނު އެ ހިތި ތަޖުރިބާއިން އެފަދަ ހާދިސާތަކުން އަރައިގަތުމަށް ރަނގަޅު ޕްލޭނެއް ތައްޔާރު ކުރެވުނު ކަމަށް މުހައްމަދު ހުސޭން ވިދާޅުވިއެވެ.

މުހައްމަދު ހުސޭން ފާހަގަ ކުރެއްވީ އަހުމަދު ހަލީލާއި، އަހުމަދު ސޯލިހުގެ އިރުޝާދުގެ ދަށުން އެތަކެއް މައުލޫމާތެއްވެސް ލިބިގެންދިޔައެވެ.

2004 އެއްގައި ތިނަދޫ ހޮސްޕިޓަލް

ތިނަދޫ ހޮސްޕިޓަލުގެ 4 ވޯޑް ފުރި، މަތި މައްޗަށް ގަބުރުތައް ޖަހަމުން ދިޔައިރު، 40 ނަރުހުންނާއި، ސްޕެޝިލެސްޓުން ހިމެނޭހެން 11 ޑޮކްޓަރުންނާއި އެކު، އެ ނާމާން ބިރުވެރި ހިތްދަތި ވަގުތުގައި އެބޭފުޅުން އެހީތެރިވީ ގައުމީ ހިދުމަތުގައި ކަމަށްވެސް މުހައްމަދު ހުސޭއިން ފާހަގަކުރެއްވިއެވެ.

އެއިން ކޮންމެ މީހަކުވެސް މަސައްކަތް ކުރީ، ފުރާނަޔާއި ތިމާގެ ފުރާނަޔަކަށް ބެލުމެއްނެތި، ތިމާއަށް ކުރެވޭނީ ކޮންކަމެއްތޯ ބެލުމުގައި ކަމަށެވެ. ނަރުހުންނާއި ޑޮކްޓަރުން އަދި އެހެނިހެން މުއައްޒަފުންނާއި، ހެލްތުގެ ޓީމް ކުރެއްވި މަސައްކަތަކީވެސް އަޙްވަންތަ މަސައްކަތެއް ކަމަށް ތަކުރާރު ކޮށް މުހައްމަދު ހުސެއިން ވިދާޅުވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!