ރިޕޯޓް
ޤައުމީ ޚިދުމަތުން ރަން ތާރީހުގެ ތެރެއަށް ފާއްދާލި ހަބީބަށް ސެލިއުޓް ހައްގު!

ޑިމޮކްރެސީ އަށް ދިވެހިރާއްޖެ ކުރި ދަތުރުގައި، އިލެކްޝަންސް ކޮމިޝަންގެ މަސްއޫލިއްޔަތު ވަރަށްބޮޑެވެ. އައު ގާނޫނުއަސާސީން އެ ކޮމިޝަނާ މަތިކޮށްފައިވަނީ ދިވެހިރާއްޖޭގެ އިންތިޚާބުތައް ހިންގައި ބެލެހެއްޓުމާއި، ސިޔާސީ ޕާޓީތައް ރެގިއުލޭޓް ކުރުމުގެ މުހިންމު މަސްއޫލިއްޔަތެވެ.

މި މަސްއޫލިއްޔަތު އެ ކޮމިޝަނާ 2008 ވަނަ އަހަރު ޙަވާލުވިއިރު، އެ ކޮމިޝަނުގެ އިދާރީ ހިންގުމުގެ އެންމެ އިސްވެރިޔަކީ ހުވަދު އުތުރުބުރީ ކޮލަމާފުށީ ކަތީބު އަލްމަރްޙޫމް ޢަބްދުއްރަޙީމް މޫސާ އާއި ޢާއިޝަތު އަނީސާގެ ދަރިކަލުން އަލްއުސްތާޛު އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމެވެ.

ޢުމުރުން އެންމެ 11 އަހަރުގައި ކޮލަމާފުށީ މަކުތަބުއްސައީދުން ނުކުމެ، ޙަބީބުގެ ލޮބުވެތި ބޭބެ ޙަސަން ސަޢީދާ އެކު ޙަބީބު މާލެއަށް މިސްރާބު ޖެހީ މަތީ ތަޢުލީމް ހޯދުމަށްޓަކައެވެ. ޙަބީބުގެ މި ދަތުރަކީ އޭނާގެ މުޅި ދިރިއުޅުން ގައުމީ ޖިހާދަޔަކާ ދިމާލަށް މިސްރާބުޖެހި ދަތުރެކެވެ. އިލެކްޝަންސް ކޮމިޝަންގެ ނައިބުރައީސް ކަމުގެ މުހިންމު މަސްއޫލިއްޔަތު މި މާޗްމަހުގެ 12 އާ ހަމަޔަށް، ގިނަ ބަޔެއްގެ ރުހުމާއި ލޯތްބާއި އިތުބާރާއެކު، އަދާކުރެއްވި އިސްމާއީލް ޙަބީބަކީ ތައުލީމީ ބިނާވެއްސެއްގެ ތެރޭ އުޅެ ބޮޑުވި ތައުލީމީ ދަރިވަރެކެވެ. ހަބީބުގެ ބައްޕައަކީ ކުރީގެ ޤާޟީ އެވެ. މަކްތަބުއްސަޢީދުގެ ނާޒިރެވެ. އަދި ފަހުން ރަށުގެ ބޮޑު ކަތީބެވެ.

ސިޔާސީ އޮއިވަރުގެ ގަދަ ކަނޑުގައި ދިވެހިރާއްޖެ ފުރޮޅެމުން އަންނަ އައުމުގައި މިހާތަނަށްވެސް ސިޔާސީ ރާޅެއްގެ ނުޖެހި ޙަބީބު ހުރިހުރުން އެއީ އޭނާގެ ހިތްވަރާއި ސާބިތުކަމެވެ. ޙަބީބު އޭނާގެ ހަޔާތުގެ ގައުމީ ޖިހާދީ ދަތުރު ކުރުކޮށް “ހުވަދޫ ނޫހަށް” ކިޔައިދެއްވަމުން ވިދާޅުވީ، އޭނާގެ ގޭތެރޭގެ ކުޑައިރުގެ ތަރުބިއްޔަތުގެ މަދަރުސާއިން އޭނާ އަށް ދަސްވި ފިލާވަޅުތަކަކީ މުޅި ދިރިއުޅުން އާރާސްތުކުރުމަށް ލިބުނު މުހިންމު ބިންގަލެއް ކަމުގައެވެ.
މާލެއަށް ކިޔެވުން ބަދަލުވިގޮތް ކިޔައިދެއްވަމުން ޙަބީބު ވިދާޅުވީ އޭނާ ފުރަތަމަ މާލެ ބަދަލުވީ އެޑިއުކޭޝަން މިނިސްޓަރުގެ ނައިބަކަށް ހުންނަވައި، ޑޮކްޓަރ މުޙައްމަދު ޒާހިރު ޙުސައިން ކޮލަމާފުށްޓަށް ކުރެއްވި ދަތުރުފުޅެއްގައި، ޑރ. ޒާހިރުގެ އެދިވަޑައިގަތުމަކަށެވެ.

މާލެ ބަދަލުވެ އެކި ކުލާސްތަކުން ތަޢުލީމް ޙާސިލް ކުރުމަށްފަހު، 1981 ވަނަ އަހަރު ޕްރައިމަރީ ޓީޗިންގ ފުރިހަމަ ކުރެއްވިއެވެ.
އަލްއުސްތާޛު އިސްމާޢީލް ޙަބީބުވަނީ ގިނަރޮނގުތަކަކުން ރާއްޖެއާއި ރާއްޖޭން ބޭރުން ތަޢުލީމް ޙާސިލް ކުރައްވާފައެވެ. އެގޮތުން، އޭނާވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން މާސްޓަރ އޮފް އާރޓްސް އެންޑް ލެންގުއެޖް އާއި، ބެޗެލަރ އޮފް އާރޓްސް އެންޑް ލެންގުއެޖް އަދި ވިލާ ކޮލެޖުން ބެޗެލަރ އޮފް ޝަރިޢާ އެންޑް ލޯ ޙާސިލް ކުރައްވާފައެވެ.

ތައުލީމީ މަރުހަލާގައި ހަބީބް

ޔުނިވަރސިޓީ އޮފް ލަންޑަނުން ޑިސްޓަންސް އެޑިޔުކޭޝަން ހިންގައި ބެލެހެއްޓުމުގެ ކޯހެއް އިނގިރޭސި ވިލާތުގައި އަދި އިންޑިޔާގެ ނިވްދިއްލީގެ އެންސީއީއާރުޓީ ގައި، އިންޓަރނޭޝަނަލް ޑިޕްލޮމާ އިން އެޑިޔުކޭޝަނަލް މެނޭޖްމެންޓް ހައްދަވާފައެވެ. މީގެ އިތުރުން، ޙަބީބުވަނީ ނޭޕާލުގައި ބްރިޖް (ބިލްޑިންގ ރިސޯސަސް އިން ޑިމޮކްރެސީ، ގަވަރނަންސް އެންޑް އިލެކްޝަންސް) ފެސިލިޓޭޓަރުންގެ ކޯހެއްވެސް ހައްދަވާފައެވެ. އަދި ހަމައެހެންމެ ޙަބީބު ވަނީ ނޫސްވެރިންގެ ތަމްރީން ކޯސް ވެސް ހައްދަވާފައެވެ.

އިސްމާއިލް ހަބީބު ތައުލީމު ހާސިލް އުޅުއްވި ދުވަސްވަރު

މީގެ އިތުރުން ނުރަސްމީ ތަޢުލީމް ދޭ މަރުކަޒާއި، އިލެކްޝަންސް ކޮމިޝަނުގެ ވަޒީފާ ގައި އުޅުއްވިއިރު ޙަބީބު ވަނީ ދުނިޔޭގެ ގިނަ ޤައުމުތަކުގެ މި ދެ ދާއިރާ އާ ގުޅުންހުރި ވާރކްޝޮޕް، ސެމިނަރ، ކޮންފަރަންސް ތަކުގައި ބައިވެރިވެ ބައިނަލް އަޤްވާމީ ގޮތުން ތަޢުލީމާއި ތަޖްރިބާ ޙާސިލް ކުރައްވާފައެވެ.އޭޝިޔާ، އެފްރިކާ، އެމެރިކާ ލެޓިން އެމެރިކާ އަދި ޔޫރަޕް ގެ ޤައުމުތަކުގައި ބޭއްވުނު އެތައް އިންތިޚާބެއް ވޭތުވެދިޔަ 17 ވަރަކަށް އަހަރުދުވަހުގެ ތެރޭގައި ޙަބީބުވަނީ އޮބްޒާވް ކުރައްވައި ތަޖްރިބާ ހޯއްދަވާފައެވެ. އެކަމަކުވެސް އޭނާ ވިދާޅުވާގޮތުން، އެމެރިކާ އާ އަޅާކިޔަން ޖެހުނަސް، ރާއްޖޭގައި މި ބޭއްވޭ އިންތިޚާބުތަކަކީ، މާ ފޯރިގަދަ، މާ ބޮޑަށްވެސް ހާމަކަން ބޮޑުކޮށް ބޭއްވޭ އިންތިޚާބުތަކެއް ކަމަށެވެ.

އިސްމާއިލް ހަބީބުގެ ފުރިހަމަ ކުރެއްވި ތަމްރީން ޕްރޮގުރާމެއްގެ ތެރެއިން/ މިހާޜު އިލެކްންޝަނސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީގާއި އެކު

ޓީޗިންގ ކޯސް ނިންމައި، ފުރަތަމަ ވަޒީފާ އަކަށްދާން ޖެހުނު ގޮތުގެ ވާހަކަ ހަބީބު މި ނޫހަށް ޙިއްސާކޮށް ދެއްވިއެވެ. ޓީޗިން ކޯސް ނިމުމާއެކު އޭނާ ވަޒީފާ އަށް ނުކުންނަވަން ޖެހުނީ ގއ. އަތޮޅުތަޢުލީމީ މަރުކަޒަށެވެ. އެހެންނަމަވެސް ވިލިގިއްޔަށް ކިޔަވައިދޭން ދާން އޭރު ބޭނުން ނުވިކަމަށާއި، ޝިގައްލާގެ ބަލިމަޑުކަމާ މުޅި ރާއްޖެ ކުރިމަތިލާން ޖެހިފައި އޮތް ދުވަސްވަރު ހަބީބުގެ އުފަން ރަށަށް ކޮލަމާފުއްޓަށް ދިޔަތަނާ ޝިގައްލާ ޖެހިގެން ގއ. އަތޮޅު ތަޢުލީމީ މަރުކަޒަށް އޭނާ ދާންޖެހުނީ ބަލި މީހެއްގެ ގޮތަށެވެ.

ހަބީބް ތަމްރީން ޕްރޮގުރާމް އެއް ފުރިހަމަ ކުރެއްވުމަށްފަހު ސެޓިފެކްޓާއި ހަވާލުވަނީ

ބަލިޖެހޭ މީހުން ގިނަވެގެން ގޮސް، އޭރު އަތޮޅު ތަޢުލީމީ މަރުކަޒު ބަންދުކޮށް އެތަނުގެ ކުލާސްރޫމުތަކަކީވެސް ބަލިމީހުން އެޑްމިޓް ކުރާތަނެކެވެ. ޙަބީބުގެ ހަތަރެސްފައިގައި އައިވީ ގުޅާފައި ހުންނަ ކަމަށާއި، އެ ބަލިމަޑުކަމުން ސަލާމަތްވީ ޙަބީބުގެ ލޮބުވެތި ބައްޕަ އާއި ލޮބުވެތި މަންމަގެ ޤުރުބާނީން ކަމަށް އަސަރާއެކު ޙަބީބު ވިދާޅުވެދެއްވިއެވެ.

އޭގެ ފަހުން ބަލި ރަނގަޅުވުމުން، ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ޙަބީބު އެއް އަހަރު ދުވަހު ޓީޗަރެއްގެ ވަޒީފާގައި ހުންނެވިއެވެ. އެ ދުވަސްވަރުގެ ހަނދާންތައް ނޫހަށް ކިޔައިދެއްވަމުން ޙަބީބު ވިދާޅުވީ، ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ކިޔަވައިދެއްވިއިރު، ޚާއްސަ ކުލާސްތަކުގައި ކިޔަވާ ގިނަ ދަރިވަރުންނަކީ ޙަބީބަށްވުރެ ޢުމުރުން ދޮށީ ދަރިވަރުންނެވެ.

އިސްމާއިލ ހަބީބް ގއ . އަތޮޅުމަދަރުސާގައި ކިޔަވައި ދެއްވިއިރު

ޙަބީބުގެ އެކުވެރިންގެ ތެރޭގައި ހިމެނޭ ޙަސަން ޙަބީބަކީ އޭރު އޭނާގެ އެންމެ ގާތް އެކުވެރިޔާ ކަމުގައި ޙަބީބު ވިދާޅުވިއެވެ. އޭގެ ފަހުން ގއ. އަތޮޅު މަދަރުސާގެ ހެޑް ޓީޗަރެއްގެ ގޮތުގައި އުފަން ރަށް ކޮލަމާފުށީގައި ވަޒީފާ އަދާކުރުމަށްފަހު، ޙަބީބުގެ ޚިދުމަތް ދެން ގުޅުނީ މާލެއިން ނުރަސްމީ ތަޢުލީމުދޭ މަރުކަޒާ އެވެ.
އިންތިޚާބުތަކުގެ މަސައްކަތާ ހަބީބު ގުޅިވަޑައިގަތީ 2003 ވަނަ އަހަރުން ފެށިގެން އާންމު ހޭލުންތެރިކުރުވުމުގެ މަސައްކަތާއި، އިންތިޚާބުތަކަށް އޮފިޝަލުން ތަމްރީން ކުރުމުގެ މަސައްކަތުންނެވެ.
ހަބީބު ފާހަގަކުރައްވާ ގޮތުގައި ހަޔާތުގެ ބޮޑު ބައެއް ހޭދަކުރެއްވީ އާންމުން ހޭލުންތެރިކުރުވުމަށާއި މަޢުލޫމާތު ފޯރުކޮށްދިނުމުގައެވެ. ޙަބީބަކީ ކުރީގެ ނޫސްވެރިއެއްވެސް މެއެވެ. އަދި ޙަބީބަކީ ޤާނޫނީ ވަކީލެއްވެސް މެއެވެ. ޙަބީބު މަތީ ތަޢުލީމު ޙަސިލްކުރައްވާފައިވަނީ ދިވެހިބަހާއި ތާރީޚާއި، ޤާނޫނީ ދާއިރާއިންނެވެ. ހަބީބަކީ އިންތިޚާބުތަކުގެ ގާނޫނުތަކަށް ފަރިތަ ބޭފުޅެކެވެ.

ހުވަދު އުތުރުބުރީ ކޮލަމާފުށީ ކަތީބު އަލްމަރްޙޫމް ޢަބްދުއްރަޙީމް މޫސާ އާއި ޢާއިޝަތު އަނީސާގެ ދަރިކަލުން އަލްއުސްތާޛު އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމެ

އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް 2014 ވަނައަހަރު ވަޑައިގަތުމުގެ ކުރިންވެސް ހަބީބު ވަނީ އިލެކްޝަންސް ކޮމިޝަނުގެ އެގްޒެކެޓިވް ޑިރެކްޓަރު ކަމުގެ މަޤާމާއި، ޑިރެކްޓަރ ޖެނެރަލްކަމުގެ މަޤާމު އަދާކުރައްވާފައެވެ.

އިސީގެ މެންބަރު ކަމުގެ މަޤާމު 2014 ވަނަ އަހަރުގެ މާރޗްމަހުގެ 13 ވަނަ ދުވަހުން ފެށިގެން 2024 ވަނަ އަހަރުގެ މާރޗް މަހުގެ 12 ވަނަ ދުވަހާ ހަމައަށް އެ މަޤާމުގައި ޙަބީބު ދެމިހުންނެވިއެވެ.
އިލެކްޝަން ކޮމިޝަނުގެ މަގާމުތައް ފުރުއްވިއިރުގެ ހަނދާންތައް ކިޔައިދެމުން ހަބީބު ވިދާޅުވީ “އެމެރިކާގައި ބޭއްވުނު އިންތިހާބެއް އޮބްޒާވް ކުރުމުގެ ފުރުސަތު ލިބުނު، ރާއްޖެހާ ފޯރިގަދައެއްނޫން. ރާއްޖެގެ އިންތިޚާބު އޮންނަދުވަހު މި އޮންނަ ކަހަލަ ފޯރިއެއް ނުހުރޭ އެހެން ގައުމުތަކުގައި.” މަޖާޒީ ގޮތަކަށް ހަބީބު ވިދާޅުވިއެވެ.
ޙަބީބު ފާހަގަކުރެވެނީ މީޑިއާތަކާއި ވަރަށް ގާތް ގުޅުމެއް ބާއްވަމުން ގެންދެވި ނޫސްވެރިންނާ ވެސް ވަރަށް ގާތް ބޭފުޅެއްގެ ގޮތުގައެވެ. އެގޮތުން، އިންތިޚާބުތަކާ ގުޅޭ ކޮންމެ މަޢުލޫމާތެއް ކޮންމެ ވަގުތަކުވެސް ދެއްވަމުން ހަބީބު ޖެހިލުންވެވަޑައި ނުގަންނަވައެވެ. އެހާވެސް އިންތިޚާބުތަކަށާއި، އެކަމާ ގުޅުންހުރި ޤާނޫނުތަކަށް ޙަބީބު ފަރިތައެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންނާއި އެކު 2023 ގެ ރިޔާސީ ކެމްޕޭނުގެ ތެރޭގައި

ހަބީބު ވިދާޅުވީ އޭނާގެ އުންމީދަކީ ރާއްޖޭގެ އިންތހާބީ ނިޒާމު ވޯޓުލާ މީހުންނަށާއި، ކެންޑިޑޭޓުންނަށާއި، އޮބްޒާވަރުންނާއި މޮނިޓަރުންނަށް އަދި ޕާޓީތަކަށް ފަސޭހަވާނޭހެން ޑިޖިޓަލައިޒް ވުން ކަމަށެވެ. ހަބީބު ވިދާޅުވީ މި ފަދަ ކަންކަމުގައި އުޅުއްވާއިރު، ހިތްދަތި އަދި ބިރުވެރި ތަޖުރިބާތަކާވެސް ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އެގޮތުން 2018 ވަނަ އަހަރަކީ ބިރުވެރި ހާދިސާއެއްގެ ކޮޅިގަނޑު ބޮލަށް ބިންދާލި ދުވަސްތަކެއް ކަމަށާއި، ސިޔާސީ ގޮތުން ދައްކާ ވާހަކަތަކުގައިވެސް ޙަޤީޤަތެއް އެކުލެވުމަކީ އަންނަން އޮތް ޖީލުތަކަށްޓަކައިވެސް މުހިންމު ކަމެއް ކަމަށެވެ. ނަމަވެސް އޭނާގެ މަސައްކަތް ކުރެއްވީ ސިޔާސީ ގޮތުން އިވޭހާ އަޑަކަށްވުރެ، ތެދުވެރިކަމާއި އިޙްލާސްތެރިކަމާއެކު ޛިންމާ އަދާކުރުމަށެވެ.

އިސްމާއިލް ހަބީބު ޔޫކޭގައި އުޅުއްވި އިރު، އަދި ނޫސްވެރިކަމުގެ ތެރޭގައި ބޮމްބޭގައި

ހަބީބް ވިދާޅުވީ ތެދުވެރިކަން ނޫން އެއްވެސް އެއްޗެއް އިސްނުކުރާ ކަމަށެވެ. އެ ހިތްވަރު ލިބުމުގައި ޢާއިލާގެ ސަޕޯޓުގެ އިތުރުން، އޭނާ އާއެކު ތަޢުލީމީ ދާއިރާއިން ފެށިގެން ވެސް އެންމެ އެކުވެރި ގާތް ގުޅުމެއް ބާއްވަވާ އޭނާގެ އެންމެ ގާތް މިތުރު ދަމާސް ޢަބްދުﷲ ޞާލިޙު އާއި، އެހެން އެކުވެރިން ދެއްވި ހިތްވަރު ފާހަގަ ކުރެއްވިއެވެ. އަމާނާތްތެރިކަމާއެކު ވަޒީފާގެ ޛިންމާ އަދާކުރުމަށް ސިޔާސީ ޕާޓީތަކުންނާއި އެހެނިހެން ރަޙްމަތްތެރި ބޭފުޅުން ދެއްވާ ނަސޭޙަތް އަބަދުވެސް ހަނދާން ހުންނަ ކަމަށް ވިދާޅުވިއެވެ. އެގޮތުން، ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބްލް ގާސިމް އިބްރާހީމް އާއި، ދަމާސް ޗެއަރމަން މުޙައްމަދު ޞާލިޙާއި، ކުރީގެ ނައިބު ރައީސުން ކަމުގައިވާ އަބްދުﷲ ޖިހާދާއި، ފައިސަލް ނަސީމު އަދި މުޙައްމަދު ޢަލީ ޖަނާޙާއި، ޢަބްދުﷲ މުޙައްމަދާއި، ޙަސަން ޙަބީބުގެ އިތުރުން ހުސެއިންމަނިކު ދޮންމަނިކު ދެއްވާ ނަސޭހަތްތައް ކަންފަތުގައި އަބަދުވެސް ހުންނަ ކަމަށެވެ. ދިވެހި ލޮބުވެތި ރައްޔިތުންގެ ހެޔޮ ދުޢާއެކު، 21 އަހަރުގެ ހިދުމަތް ނިންމާލެވުނީތީ ހަބީބު މިއަދު އެކަމާ ފަޙްރުވެރިވެއެވެ.

އިސްމާއިލް ހަބީބް ރަުމަތްތެރިއެއް ކަމަށްވާ އަބްދުﷲ ސާލިހު އާއިއެކު

އިސްމާއިލް ހަބީބް އެބޭފުޅާގެ ރަހުމަތްތެރިއާ އަބްދުﷲ ސޯލިހު އާއި އެކު

ހަބީބު ވިދާޅުވީ ކަންކަމާ ކުރިމަތިލާއިރު، ރައްޔިތުންނާ ގުޅުންހުރި މަސްއޫލިއްޔަތުތަކާ ޙަވާލުވާއިރު، ފާޑުކިޔުންތައްވެސް އަމާޒުވާނެ ކަމަށާއި، ޖުމްލަ 38 އަހަރުގެ ހިދުމަތުގައި ބޮޑެތި ގޮންޖެހުންތަކާވެސް ކުރިމަތިލާ ދެކެ ފަރިތަވެފައިވާ ކަމަށެވެ.

“މިހާރު މިހިރީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ދެ ދައުރު ފުރިހަމަކޮށް މުއްދަތު ހަމަވުމާއެކު ގެޔަށް އައިސް. ޕެންޝަނުގެ ހައްގުވެސް ނުލިބި. ވޭތުވެދިޔަ ދުވަސްތަކުގައި ކުރެވުނީ ބުރަ އިޚްލާސްތެރި މަސައްކަތެއް.” ހަބީބު.

ހަބީބު ވިދާޅުވީ މުޅި ދިރިއުޅުން 24 ގަޑިއިރު ގައުމީ ހިދުމަތުގައި ހޭދަކުރުމަށް ލިބުނު ފުރުސަތަކީ އެއީ އަންހެނުންގެ ހިތްވަރާއި މުޅި އާއިލާގެ ކެތްތެރިކަން ކަމަށްވެސް ހަބީބު ވަނީ ފާހަގަކޮށްފައެވެ.

އާއިލާ އަށް ދޭންޖެހޭ އެންމެ ފުރިހަމަ ވަގުތު ނުދެވި، ޚިދުމަތުގައި މި ހޭދަކުރެވުނީ ބުރަ ދުވަސްތަކެއް ކަމަށާއި، ފެމިލީ ސަޕޯޓް ނުލިބި މިހާ ބުރަމަސައްކަތެއް ނުކުރެވޭނެ ކަމަށެވެ. އެގޮތުން އަންހެނުންގެ ހިތްވަރު އެއީ ހަބީބުގެ ހަގީގީ މަސައްކަތުގެ މޭސްތިރިއާކަން ހަބީބު ފާހަގަ ކުރެއްވިއެވެ.
ދެ އަންހެން ކުދިންނާއި، ފިރިހެން ކުއްޖެއް ލިބިފައިވާ ހަބީބުގެ އުމުރުން މިހާރު 57 އަހަރެވެ. ލޯބިވާ އަންހެނުންނާއި، ލޯބިވާ މަންމަ އާއި ކުދިންގެ ހިތްވަރަކީ ހަބީބުގެ ކާމިޔާބީގެ އަސްލު ކަމުގައި ހަބީބު ވަނީ ފާހަގަ ކޮށްފައެވެ.

އިސްމާއިލް ހަބީބު އަދި އޭނާގެ އާއިލާ

މިހާރު ހަބީބު ހުންނެވީ ނުހަނު ލޯބިން އުފައްދާ ކުރިލައްވާ ފަޅުވާ އޭގެން މޭވާ ބޭނުންކުރި ގަހާ މާދުރުގައެވެ. ނަމަވެސް، އަދިވެސް ހަބީބުގެ ހިތް އެގަހުގެ މޫތަކާއި، ގޮފިކޮޅާއި،ފަތްތަކާ ގުޅިލާމެހިފައިވެއެވެ. ހަބީބު ވިދާޅުވީ އީސީ ގެ މަސައްކަތާ ދުރުވުމަކީ ފަސޭހަކަމެއް ނޫންކަމަށް ވިޔަސް، ގާނޫން އޮތް ގޮތަށް އަމަލު ކުރަން ޖެހޭނެ ކަމަށެވެ. އެގޮތުން، މިއަދު ގޭގައި ހުންނަން ޖެހުނަސް ގައުމީ ހިދުމަތުން ދުރަށް ވަޑައިގަންނަވަން އަދި ނުވިސްނަވާ ކަމަށެވެ.
ދިވެހި ރާއްޖޭގައި އިންތިހާބުތައް ބާއްވަމުން އައި ގޮތް، ނުވަތަ އިލެކްޝަނުގެ ތާރީހުގެ ފޮތެއްގެ ސިފައިގައި އެކުލަވައި ލިޔުއްވުމުގެ މަސައްކަތް މިހާރު ފަށްޓަވާފައިވާ ކަމަށް ޙަބީބު ވިދާޅުވިއެވެ. 2003 ވަނަ އަހަރު އީވާން ނަސީމުގެ މަރުގެ މައްސަލައާގުޅިގެން މާލޭގެ އެކިތަންތާގައި ހުޅު ޖަހަމުން ދިޔަ ދުވަސްވަރު މިހާރު އިސްރަށްވެހިންގެ މަރުކަޒު ހުންނަ ތަން، އޭރުގެ އިންތިހާބުތަކާ ބެހޭ މަރުކަޒުގައި ބަޔަކު ހުޅު ޖެހިއެވެ. އެތަނުން ހަމައެކަނި ލިބުނީ ފައިލަކާއި ގޮޑި ސެޓެއް ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ނައިބު ރައީސް

މިއީ ވެސް ތާރީހުން އެނގެން މުހިންމު ވާހަކަތަކެއް ކަމަށް ހަބީބު ވިދާޅުވިއެވެ.
ސިޔާސީ އޮއިބާނިތަކާއި، ގަދަރާޅާއި، ބިޔަކަނޑެއްގާއި ދިވެހިން ފެތެމުން އައި ދުވަސްވަރު، އެއްވެސް ސިޔާސީ އޮއިވަރެއްގައި ނުޖެހި ދެ ގޮތެއް ނުވެ ގައުމީ ހިދުމަތުން ތާރީހުގެ ތެރެއަށް ފާއްދާލި ހުވަދު އަތޮޅަށް ނިސްބަތްވާ މި ދަރިއަކީ މުޅި ހުވަދޫ އާއި، މުޅި ރާއްޖެ އެދަރިއަކަށްޓަކައި ފަޚުރުވެރިވާނެ ދަރިއެއްކަން ޔަގީނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
  1. ޢީސާ

    ހަގީގަތުގައިވެސް ހަބީބަށް ސެލިއުޓް ހައްޤު

  2. ޢީސާ

  3. ނުހާ

    ހަބީބަކީ އިންތިޚާބުތައް ރަނގަޅަށް ގެންދަން އަބަދުވެސް އޮފިޝަލުންނަށް ނަސޭހަތްދޭ ވަރަށް ނަޒާހަތްތެރި ބޭފުޅެއް