ޚަބަރު
ކޮވިޑް ޖެހިގެން ނިޔާވާ މީހުން ހިނަވާގޮތަށް ގައިޑްލައިން ބަދަލުކޮށްފި

ކޮވިޑް-19 ޖެހިގެން މަރުވާމީހުން ހިނަވާ ގޮތަށް ނިންމައި ގައިޑްލައިން ބަދަލުކޮށްފިއެވެ.

އާސަހަރާގެ އިސް ޖަމާއަތްތެރިއެއް ކަމަށްވާ އަހުމަދު މުނައްވަރު މިއަދު ވިދާޅުވީ ކޮވިޑް ޖެހިގެން މަރުވާ މީހުން މީގެ ކުރިން ތަޔައްމަމު ކުރުމުގެ ބަދަލުގައި ހިނަވާ ގޮތަށް ނިންމައި ގައިޑްލައިން ކޮށްފައިވާކަމަށެވެ.

ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންދަނިކޮށް މިއަދު މަރުވެފައިވާ އުމުރުން 75 އަހަރުގެ މީހަކު ވަޅުލާފައިވަނީ ހިނެވުމަށްފަހުގައެވެ. މިއީ ކޮވިޑް ބަލީގައި ނިޔާވެގެން ހިނެވި ފުރަތަމަ މީހާއެވެ.

ކުރީގެ ގައިޑްލައިނުގައިވާ ގޮތުން ކޮވިޑް ޖެހިގެން މަރުވާ މީހުން ބޮޑީ ބޭގެއްގައި ސަހަރާ އަށް ގެނެސް މޫނު ބެލުމުގެ ކަންކަން ކުރިއަށް ގެންދާ އިރު، މޫނުބަލަންވެސް ޖެހެނީ ދުރުގައި ތިބެގެންނެވެ. މޫނުބަލާއިރު އެއްވެސް މީހަކަށް މައްޔިތާގެ ހަށިގަނޑުގައި އަތެއް ނުލެވޭނެއެވެ. ހިނެވުމުގެ ބަދަލުގައި ތަޔައްމަމް ކުރާ އިރު މައްޔިތާގެ ހަށިގަނޑުގައި ހިރަފުސް ވެލިން ހާކާލުމަށް ފަހު ބޮޑީބޭގުގެ ބޭރުން ކަފުނަށް ލުމަށް ފަހު ސަންދޯކަށް ލައި ވަޅުލަނީއެވެ.

އެހެންނަމަވެސް ގައިޑްލައިނަށް ގެނައި ބަދަލާއެކު އެކަށީގެންވާ ކައިރި ހިސާބެއްގައި ތިބެ، މޫނު ބެލުމުގެ ފުރުސަތު މިހާރު ވަނީ ދީފައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!