ވާހަކަ
ޝަފާއްތަގެ ހަދިޔާ: މަންމަ ނޫނީ ބައްޕަގެ ހުއްދަ ނެތި އެއްވެސް ތަނަކަށް ނުދާށެވެ!

އުމުރުން 10 އަހަރުގެ ރީހާންގެ މަންމަ ވަނީ ރީހާން ވަރަށް ކުޑައިރު ނިޔާވެފައެވެ. ރީހާނުގެ ހުންނަނީ ހަމައެކަނި ބައްޕައެވެ. ކުޑަކުޑަ ރީހާނުގެ ބައްޕަ އަބަދުވެސް ރީހާނަށް ދޭ ނަސޭހަތަކީ ބައްޕަ ގާތު ނާހާ އެއްވެސް ތަނަކަށް ނުދާން ދޭ ނަސޭހަތެވެ. އެހެންވެ ރީހާނު ކޮންމެ ތަނަކަށް ދިޔަސް ބައްޕަ ގާތު އަހައެވެ.

މާލޭގައި އުޅޭ ކުދިންނާ ތަފާތުކޮށް ބައެއް ކުދި ރަށްރަށުގައި އުޅޭ ކުދިން ބޭރަށް ނުކުމެ ތަންތަނަށް ގޮސް ހަދާނެއެވެ، ސަބަބަކީ އެހިސާބުގައިވެސް ރަށުގައިވެސް ތިބެނީ ހައްތަހާވެސް ދަންނަމީހުން ކަމަށްވާތީއެވެ.

ރީހާނު ވެސް ވަރަށް ގިނައިން ބޮޑުބެގެ ދަރިފުޅު އިއްކޮއާއެކު ކުޅެން އެގެއަށް ގޮސް އުޅެއެވެ، އަދި ބައެެއް ދުވަހު އިއްކޮއާއި އިއްކޮގެ ރައްޓެހި ދެ ކުދިންނާއެކު މޫދަށްވެސް ދެއެވެ. އެކަމަކު ރީހާން އަބަދުވެސް ކޮންމެ ތަނަކަށް ދިޔަޔަސް ދަނީ ބައްޕަގެ ހުއްދަ ލިބިގެންނެވެ.

ރީހާނަކީ އެކި ވައްތަރުގެ މަސް އެއްކޮށް ގޭގައި ހުންނަ ވަޅަށް މަސް އަޅަން ވަރަށް ފޯރި ހުންނަ ކުއްޖެކެވެ.. އިއްކޮމެނާއެކު ކުޅެން މޫދަށް ގޮސް އުޅޭއިރުވެސް ރީހާން އެންމެ ކުރާހިތްވާ ކަމަކީ މަސް ހިފުމެވެ،

އެއްދުވަހަކު ހެނދުނު ރީހާނު ގޭދޮށުގައި ހުރި ޖޯލީގައި އިންދައި އިއްކޮއާއެކު އުޅޭ ރައްޒާނު އައިސް ގޮވާލިއެވެ، ރައްޒާނަކީ މިހާރު ރީހާނުގެވެސް އެކުވެރިއެކެވެ.

“ހިނގާ މަސް ހިފަން ދާން،” ރައްޒާނު ބުންޏެވެ. ކުރިންވެސް ދެންނެވި ގޮތަށް ރީހާނަކީ މަސް އެއްކުރަން ވަރަށް ފޯރި ހުންނަ ކުއްޖެކެވެ. އަމުދުން ޓެސްޓު ދުވަސްވަރު އަންނާތީ އެއްވެސް ކުއްޖަކު މޫދަށް ނުދެއެވެ، މިހާރު ރީހާނަށް އާ މަހެއް ނުލިބޭތާ ދެ ހަފުތާވެއްޖެއެވެ.

އެހެންކަމުން އައި ފޯރީގެ ސަބަބުން އަވަހަށް ދާން ދުއްވައިގަނެވުނީ ބައްޕަ ގާތު ވެސް ނާހައެވެ.

ދެކުދިން އެކީ ގޮނޑުދޮށަށް ދިޔަ މަގުމަތީގައި ރައްޒާނު ދިޔައީ މަސް ނަގާނެ ދާގަނޑު ހޯދަން އެހެންދިމާއަކަށެވެ. ރީހާނު ރުއްގަނޑުތެރެއިން ހިނގަމުން ދިޔައެެވެ. މިއަދަކީ ހުކުރު ދުވަސްކަން ރީހާނު ހަނދާންވީދެނެވެ. ގަޑިން މިހާރު ބާރަޖަހާފާނެއެވެ، ރީހާނަށް އޭރު ހުރީ ވަރަށް ދުރަށް ދެވިފައެވެ، ރުއްގަނޑު ފަސްދީ މުޅިން ވަލުތެރެއަށް ވަދެވިފައެވެ. ރައްޒާނެއް ނެތެވެ. ދާނެ މަގެއް ނޭނގިގެން ރީހާން އެނބުރެމުން ދިޔައެވެ. ކުރިއަށްދާވަރަކަށް ރީހާނަަށް މަގު ދިގުވާހެންވެސް ހީވެއެވެ،

އެގޮތަށް ހިނގަމުން ހިނގަމުން ދެވުނު ހިސާބެއްވެސް ނޭނގެއެވެ، އެމަގެއް ނުނިމުނެވެ، އާމަގެއް ނުފެނުނެވެ. ރީހާނަށް ރޮއިގެންފައި ބައްޕައަށް ގޮވާލެވުނެވެ. ނަމަވެސް އެއަޑު އިވޭނީ ކާކަށްހެއްޔެވެ. މިއީ ކޯއްޓެއަށްދާ ފަޅުމަގުކަން އެނގުމުން ރީހާން ވަރަށް ބިރުގެންފިއެވެ. މިމަގުން މީހުން މަގުގެއްލުވާ ވާހަކަ ކިޔާތީ ރީހާނަށް އިވުނަސް އެބުނާ އެއްޗެއް ކުރިން ނޭނގެއެވެ. އެކަމަކު މިހާރު ރީހާނަށް އެނގިއްޖެއެވެ.

ބިރުން ރޮވޭ ހާލު ކުރުސިއާއި ދުއާ ކިޔޭތޯ ރީހާން މަސައްކަތް ކުރިއެވެ. ހިނގާ ހިނގާ ވަރުބަލިވެގެން ރީހާނު އެދިމާލުން ރުކެއްގެ ބުޑުގައި އިށީނދެލިއެވެ. އަދި ބައްޕައަށް ބާރުބާރަށް ގޮވަމުން ރޯން ފެށިއެވެ.

ރީހާންގެ ބައްޕަ ރުއްގަނޑު ތެރެއިން ކޯއްޓެ މަގަށް ދިޔައީ ރީހާން ފެނޭތޯއެވެ. މެންދުރު ނަމާދުގަޑީގައިވެސް ހުކުރުގަޑީގައިވެސް މިިއަދު ރީހާން ނުފެންނާތީ ހޯދަން ނުކުތީއެވެ.

ބައްޕައަށް ރީހާން ފެނުނީ ކޯއްޓެއަށް ދާ ފަޅުމަގުގެ އެއްފަރާތު ރުކެއްގެ ބުޑަށް ވެއްޓިފައި އޮއްވައެވެ. އަވަހަށް ދަރިފުޅު ކޮނޑަށް ލައިގެން ބައްޕަ ދިޔައީ ހޮސްޕިޓަލަށެވެ.

ރީހާނަށް ހޭވެރިކަން ވެގެން ބަލައިލިއިރު ކައިރީގައި އިނީ ބައްޕައާއި އިއްކޮއަދި ރައްޒާނެވެ.

އެދުވަހު ރައްޒާނު ގެއިންވެސް ނުނިކުންނަކަމަށް ބުނުމުން ރީހާން ބިރުގަތީދެނެވެ.

ރީހާނު އަވަހަށް ބައްޕަގާތު މާފަށް އެދުނެވެ. އަދި ބައްޕަގެ ހުއްދަނެތި އެއްވެސް ތަނަކަށް ނުދާން ވައުދުވިއެވެ.

ތިކުދިންނަށް ރީހާނު ދޭ ނަސޭހަތަކީ އެކުއްޖެއްގެ މަންމަ ނޫނީ ބައްޕަ ވިޔަސް މަންމައާއި ބައްޕަ ގާތު ނުބުނެ އެއްވެސް ތަނަކަށް ނުދާށެވެ! ނަތީޖާ ރަނގަޅެއް ނުވާނެއެވެ!

(ނިމުނީ)

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!