ޚަބަރު
ނަޝީދު މަރާލާނެ ކަމަށްބުނެ ސޯޝަލް މީޑިޔާގައި އިންޒާރުދީފި

ރައްޔިތުންގެ މަޖުލީގެ ރައީސް މުހައްމަދު ނަޝީދު އެނބުރި ރާއްޖެ އަތުވެއްޖެނަމަ އެމަނިކުފާނު މަރާލާނެ ކަމަށްބުނެ ސޯޝަލް މީޑިޔާގައި އިންޒާރުދީފިއެވެ.

ބަރުލަމާނީ ނިޒާމަށް ތާއީދު ހޯދުމަށް ނަޝީދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގެ ކޮމެންޓަކަށް މީހަކު ބުނެފައިވަނީ ނަޝީދު ރާއްޖެ ވަޑައިގަންނަވައިފިނަމަ  “ބަދުރުގެ ދުވަހު އަބޫ ޖަހުލަށް ހެދި ގޮތް ހަދާނެ” ކަމަށެވެ.

މިކޮމެންޓަށް ރައްދު ދިން މީހަކާ ދިމާލަށް އެމީހާ ބުނެފައިވަނީ 6 މެއިގައި ހަމަލާ ދެވޭނެކަން ފެނުނު ކަމަށާއި ދެން ފަހަރަކުން އެއަށް ވުރެ ހިތި ވާނެ ކަމަށް ބުނެ ކުރި ކޮމެންޓުގައި އައިސިސްގެ ދިދަ އާއި ކަނޑިވެސް ވަނީ ހިމަނާފައިވެއެވެ.

ފާޅުގައި ސޯޝަލް މީޑިޔާގައި މިގޮތަށް މަރުގެ އިންޒާރު ދިނުމަކީ ކުށެއް ކަމަށާއި މިމައްސަލަ ބަލައިދިނުމަށް އެމް.ޑީ.ޕީ އިން ވަނީ ފުލުހުންގެ ކިބައިން އެދިފައެވެ. އެހެންނަމަވެސް މިކަމުގައި ފުލުހުން ވަކި އެއްޗެއް ހާމަކޮށްފައިނުވެއެވެ.

މެއި މަހުގެ 6 ވަނަ ދުވަހު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް ދިން ހަމަލާގައި އެމަނިކުފާނަށް ވަނީ ސީރިޔަސް އަނިޔާތަކެއް ލިބިފައެވެ. އަދި އެމަނިކުފާނަށް ހަމަލާދިން މީހުންގެ ތެރެއިން ބަޔަކު މީހުން މިހާރު ވަނީ ދޫކޮށްލާފައިކަމުން އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިގަތުމަކީ ރައްކާތެރި ކަމެއް ކަމުގައި ނުފެންނާތީ، އެމަނިކުފާނުވަނީ ޗުއްޓީ އިތުރުކޮށްދެއްވުމަށް އެދި މަޖުލީހަށް ސިޓީފުޅެއް ފޮނުވާފައެވެ.

އެމަނިކުފާނު މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ހަމަލާގެ ތަހުގީގު ނިމި އެކަން ރާވައި ހިންގި ފަރާތްތައް އިންސާފުގެ ކުރި މައްޗަށް ގެނެސް ހައްޔަރުގައި ބޭތިއްބުމުގެ ކުރީގައި އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވަން އާއިލާއާއި ހެޔޮ އެދޭ ފަރާތްތަކުންނާއި އެމަނިކުފާނަށް ވެސް ފެނިވަޑައިނުގަންނަވާތީ ޗުއްޓީ އިތުރުކޮށްދޭން އެދިވަޑައިގަންނަވާ ކަމަށެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!