ޚަބަރު
މިހާރު މިއޮތީ މުންޑު ޓުއަރިޒަމް، އެމްޑީޕީ އަކަށް ނުވި: މަލީހް

އެމްޑީޕީއިން ވެރިކަމާއި ހަވާލުވިއިރު ރާއްޖޭގެ ޓުއަރިޒަމް އަކީ ދުނިޔޭގެ އެއްވަނަ ބްރޭންޑް ކަމާއި، މިހާރު އެމަންޒަރުބަދަލުވެ 60 ގެ އަހަރުތަކުގައި އައި ހިޕީ ޓުއަރިސްޓް މާރކެޓަށްވުރެ ހާލަތުދެރަ ކަމަށް ކުރީގެ ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީހް މިހެން ވިދާޅުވީ ދާދި ދެންމެއަކު އޭނާ ކުރެއްވި ޓުވީޓެއްގައެވެ. އެޓުވީޓުގައި މަލީހް ބުނެފައިވަނީ އެމްޑީޕީއިން ވެރިކަމާއި ހަވާލުވިއިރު، ރާއްޖޭގެ ޓުއަރިޒަމް ސިނާއަތަކީ ދުނިޔޭގެ އެއްވަނަ ބްރޭންޑް ކަމަށާއި، ނަމަވެސް މިއަދު މަންޒަރު ބަދަލުވެ 60 ގެ އަހަރުތަކުގެ އައި ހިޕީ ޓުއަރިސްޓް މާރކެޓަށްވުރެ ހާލު ދެރަ ކަމަށެވެ. އަދި މޯލްޑިވެސް ބްރޭންޑުގެ އަގުވެއްޓެމުން ދާ ކަމަށާއި، މިހާރު މިއޮތީ މުންޑު ޓޫރިޒަމް ކަމަށްވެސް މަލީހްގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

އެމްޑީޕީއަށް ނުވި ކަމަށްބުނެ މަލީހް ޓުވީޓް ކުރައްވާފައިވަނީ ރާއްޖޭގެ ފަތުރުވެރިކަން ކޮވިޑް-19 ގެ ސަބަބުން ވަރަށް ބޮޑަށް ދަށަށް ދިއުމަށްފަހު މިހާރު މަޑުމަޑުން ރަގަޅުވަމުން އަންނަ ދަނޑިވަޅެއްގައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!