ސައުދީ ސަރުކާރުގެ އެހީގައި ހުޅުމާލޭގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ހައުސިން ޔުނިޓު އެޅުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ.
ސައުދީ ސަރުކާރުން އަޅަން ނިންމާފައިވަނީ 400 ހައުސިން ޔުނިޓު އެވެ. މި ހައުސިން ޔުނިޓް އެޅުމަށް ވެވުނު މި އެއްބަސްވުމަކީ ފައިނޭންސް އެގްރީމެންޓްގައި ސޮއިކުރުމަށް ވެވުނު އެއްބަސްވުމެކެވެ.
މި މަޝްރޫއުއަކީ ސައުދީ ފަންޑު ފޯ ޑިވޮލޮޕްމެންޓްގެ އެހީގެ ދަށުން ކުރިޔަށް ގެންދާ މަޝްރޫއެއް ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
މި ކަމާއި ގުޅޭގޮތުން ހައުސިން މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ ޕުރޮޖެކްޓު މެނޭޖުމަންޓް ކޮންސަލްޓެންޓެއް ނެގުމާއިބެހޭ ގޮތުން މިހާރު ވަނީ ފިނޭންސް މިނިސްޓްރީއާއެކު މަޝްވަރާ ކުރެވިފައި ކަމަށެވެ.
މީގެ އިތުރުން ބައްދަލުވުމެއް ވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށް މިނިސްޓްރީން ބުނެފައެވެ.