ޚަބަރު
ޝޭވަރެއް ވަގަށް ނެގި މީހަކު 8600 ރުފިޔާއަށް ޖޫރިމަނާކޮށްފި

މާލޭގެ ފިހާރައަކުން ޝޭވަރެއް ވަގަށް ނެގި މީހަކު 8600 ރުފިޔާއަށް ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މާލޭގެ މަޝްހޫރު ފިހާރައެއް ކަމަށްވާ އިހުސާން ފިހާރައިން 2018 ވަނަ އަހަރު ސެޕްޓެމްބަރމަހު ކެމީ ބްރޭންޑްގެ  ޝޭވަރެއް ވަގަށް ނެގި މައްސަލައިގައި އުމުރުން 37 އަހަރުގެ މީހަކު ކްރިމިނަލް ކޯޓުން ވަނީ 8600 ރުފިޔާއަށް ޖޫރިމަނާކޮށްފައެވެ.

އިއްޔެ ކްރިމިނަލް ކޯޓުގައި ހިނގައިދިޔަ މިމައްސަލައިގެ ޝަރީއަތުގެ މަޖުލީހުގައި އޭނާ ބުނެފައިވަނީ އޭނާއަކީ އާއިލާގެ އެންމެ ދޮށީ މީހާއަށްވެފައި މުސްކުޅި މަންމައެއްވެސް ބަލަހައްޓަމުން ގެންދާ ކަމަށެވެ. އެހެންކަމުން އޭނައަށް ކުރާ ޖަލުހުކުމްގެ ބަދަލުގައި ޖޫރިމަނާގެ އަދަބެއް ކަނޑައަޅައިދިނުމަށް އޭނާ ވަނީ އެދިފައެވެ.

އެގޮތުގެ މަތިން ޤާޒީ މުހައްމަދު މިސްބާހު ނިންމެވީ، ޖަލުހުކުމުގެ އަދަބުގެ ބަދަލުގައި 8،600ރ. ގެ ޖޫރިމަނާއެއް ކުރުމަށެވެ. އަދި ތަހުޤީގު މަރުހަލާގައި އޭނާ ޖަލުގައިހޭދަކޮށްފައިވާތީ އާއި މިއީ ޖިނާއީ ބޮޑުކުށަކަށް ދައުވާ ކުރާ މައްސަލައަކަށް ނުވާތީ އޭނާގެ އަދަބު ވަނީ ކުޑަކޮށްދީފައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!