ރިޕޯޓް
ކުޑަކުޑަ ރަށަކަށް އުފަން, ޖިހާދާ އަނީސް – މުޅި ރާއްޖެއަށް ފަޙްރެއް

މަތީ ތައުލީމު ރާއްޖޭގައި އާލާވަމުން އައި ދުވަސްވަރު، ބައްޕާފުޅުގެ އިރުޝާދުގެ ދަށުން ތައުލީމަށް ލޯ ހުޅުވުނު އަލްއުސްތާޒާ ޖިހާދާ އަނީސް އަކީ މިއަދު ރާއްޖޭގެ ތާރީހުގެ ތެރެއިން ނަންފަވާލެވޭނެފަދަ ކަނބަލެކެވެ. ރާއްޖޭގައި ގިނަ ދުވަސްތަކެއްވަންދެން ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ޖިހާދާ އަނީސް ވަނީ އެތައްބައެއްގެ ލޯބި ހޯދާ ފައެވެ.

ބައްޕަގެ ފަރާތުން ލިބުނު އިލްމާއި ހުނަރު، އަދި ހިލްމަކީ އޭނާގެ މުޅި ހަޔާތް އަލިކޮށްލަދިން ހުޅުކޮޅު ކަމުގައި ޖިހާދާ ފާހަގަކުރެއެވެ.

ސަރުކާރުގެ މަތީ މަޤާމުތައް ފުރުއްވައި، ޤާނޫނީ ވަކީލެއްގެ ގޮތުގައި މުހިންމު ޒިންމާތަކެއް އޭނާ ވަނީ އަދާކުރައްވާފައެވެ.

ޖިހާދާ އަނީސް ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރައްވަން ފައްޓަވާފައިވަނީ އެޓާނީ ޖެނެރަލްގެ އޮފީހުގައެވެ. އޭގެ ފަހުން ޕްރޮސިކިއުޓާރ ޖެނެރަލް އޮފީހުގައިވެސް ގިނަ ދުވަސްތަކެއް ވަންދެން ވަނީ މަސައްކަތްކުރައްވާފައެވެ. އެގޮތުން އެ އޮފީހުގައި އިސް މަޤާމް ތަކެއްގައި މަސައްކަތްކުރައްވައި މުހިންމު ޒިންމާތަކެއް  ޖިހާދާ ވަނީ އަދާކުރައްވާފައެވެ. އެގޮތުން ދައުލަތުން ދަޢުވާކުރި ބޮޑެތި މައްސަލަތަކެއްގައި ޖިހާދާ ވަނީ ދައުލަތް ތަމްސީލްކުރައްވާފައެވެ.

ޖިހާދާ އޭނާގެ މަސައްކަތުގެ މާހައުލުގެ ތެރެއިން/

މިއަދު ޖިހާދާގެ ހަޔާތުން ގުނަމުންއެދާ ދުވަސްތަކާއިއެކު، އޭނާ ހޯދާފައިވާ ކާމިޔާބީ އަކީ  ބައްޕަގެ އިރުޝާދުގެ މަތީން ތަޢުލީމު ބައްޓަންކޮށް ބައްޕަ ދެއްވި އިރުޝާދުގެ އަލީގައި ފެށުނު ބާބެކެވެ.

އެއީ މީގެ 23 އަހަރު ކުރިއެވެ. ގއ. ކަނޑުހުޅުދޫ ބޮޑު ކަތީބު ކަމުގައި ހުންނެވި އަލްމަރުހޫމް މުހައްމަދު އަނީސް އަކީ ދުރުވިސްނޭ ހިކުމަތްތެރި ބޭފުޅެކެވެ. އޭރުވެސް އޭނާ ދަނެގެންހުރީ މިއަދުގެ ހާލަތަށެވެ. ރޭޑިއޯއިން  ޚާއްޞަކޮށް ބީބީސީ ފަދަ ޗެނަލްތައް މެދުކެނޑުމެއްނެތި އަބަދު އަޑު އައްސަވައެވެ. ގޭތެރޭން އެ އަޑު، އިވޭއިވުން އެއީ އަނީސްގެ ހިތްހަމަޖެހުމެވެ. ޖިހާދާ އުޅެންޖެހިފައިވާ މާހައުލުން އޭނާގެ ކުޑައިރު، އަޑުއިވި، ފެންނަމުން ދިޔަ މަންޒަރުތަކަކީ މައުލޫމާތުގެ ހަޒާނާއެއްގެ ގޮތުގައި ޖިހާދާ ސިފަކުރައްވައެވެ. އަދި ބައްޕަ އަނީސް، ރޭގަނޑު އިޝާއަށް ފަހު ރަށުގެ ކަމުވޮށިގެންވާ ބޭފުޅުންނާއި، ރަށަށް ވަޑައިގެންނަވާ އިސްބޭފުޅުން އަދި އަތޮޅުގެ ވެރިންނާއި އެކު ބާއްވާ ބައްދަލުވުންތަކުން، ފެންނަމުންދިޔަ މަންޒަރުތަކާއި އަޑުތައް އެއީ ވެސް މިއަދުގެ، ދަތުރުގެ ސަމުގާއަށް އޭނާގެ ބައްޕަގެ ފަރާތުން ލިބުނު މުހިންމު ފިލާވަޅުތަކެއް ކަމުގައި ޖިހާދާ ވިދާޅުވިއެވެ.

އެންމެ ކުޑައިރުންފެށިގެން ގޭތެރެއިން ފެންނަމުން ދިޔައީ މައުލޫމާތާއި ޑިބޭޓް ކުރުމުގެ މަރުހަލާތަކެވެ. އެއީ އަބަދުވެސް ޖިހާދާގެ ގޭތެރެއިން މެދުނުކެނޑި އިވޭ އަޑުތަކެވެ. އެ ޑިބޭޓްތަކުގައި އަނީސްގެ އިރުޝާދަކީ ދަރިންވެސް ބައިވެރި ކުރުވުމެވެ. އަނީސް ގަބޫލު ކުރާ ގޮތުން ކުޑަވިޔަސް މުހިންމު މަޝްވަރާތަކުގައި ދަރިންގެ ބައިވެރިކުރުވަން ޖެހެއެވެ.

ޖިހާދާއަށް އޭރުއްސުރެ ޕްރެކްޓިސް ވަމުން އައީ އެ އާދައެވެ. ބައްޕަގެ ތައުލީމުން އުނގެނެމުން އައި ޖިހާދާ ފުރަތަމަ ތައުލީމީ މަރުހަލާގެ ފިޔަވަޅު ނެގީ ގދ. ގައްދޫ އަތޮޅު މަދަރުސާއިން ނެވެ. އެއަށްފަހު ގއ. ވިލިގިލީ ތައުލީމީ މަރުކަޒުގައި ގުރޭޑް 8 އާއި ހަމަޔަށް ކިޔެވިއެވެ. އަދި އޭގެ ފަހުން މާލެ ބަދަލުކުރީ އިތުރު ތައުލިމް ހޯދުމައްޓަކައެވެ.

އަނީސް އަކީ އޭރުވެސް ވަރަށް ދުރު ވިސްނޭ ބޭފުޅެކެވެ.

ގއ. ކަނޑުހުޅުދޫ ބޮޑު ކަތީބު ކަމުގައި މީގެ 23 އަހަރުކުރުން ހުންނެވި އަލްމަރުހޫމް މުހައްމަދު އަނީސް

“އަބަދުވެސް ބައްޕަ ވިދާޅުވާނެ މީހާގެ އުމުރަށްވުރެ ދުރަށް ވިސްނުމަށް” ޖިހާދާ އަނީސް ވިދާޅުވިއެވެ.

ޖިހާދާގެ ބައްޕައަކީ ތާރީހަށްވެސް ލޯބި ކުރެއްވި ފަރާތެކެވެ. ގޭތެރޭގައި ހަނދާން ހުންނަން ފެށީއްސުރެ ރަނގަޅު ވަރެއްގެ ލައިބްރަރީ އެއް ހުރުމުން، ބައްޕަގެ ވާހަކަތަކުންނާއި، ކުޑައިރުއްސުރެ ތާރީޚް ފޮތް ކިޔުމުގެ އާދަ ހުރުމުން ޖިހާދާއަށް ހުރީ ތާރީހުގެ ތެރެއަށްވެސް ވަދެވިފައެވެ. މާލެ އަށް ކިޔެވުންބަދަލުވެ އީޕީއެސް އިން ތައުލީމު ހާސިލް ކުރައްވަން ފެއްޓެވި ހިސާބުންވެސް އާޓްސް ސްޓްރީމްގެ ތެރެއިން ހިސްޓްރީ ގެ މައުލޫމާތު ހޯދާ ލިބިގަތުމަށް ފުރުސަތު ތަކެއް ޖިހާދާ އަށް ލިބުނެވެ. އެހެންކަމުން އެ ބައި ކިޔަވަމުން ޖިހާދަ ގެންދިޔައެވެ.

އެ ހިސާބަށް ޖިހާދާއަށް އާދެވުނުއިރު، އޭނާ ހަޔާތަށް ބޮޑު ލޮޅުމެއް އެރިއެވެ. ގަބޫލު ކުރަންދަތި ހިތްދަތި ވޭނެއް ވަށާލިއެވެ. ހާޓް އެޓޭކެއްޖެހި ލޯބިވާ ބައްޕާފުޅު މުހައްމަދު އަނީސް މިދުނިޔެއާއި ވަކިވިއެވެ. އެ އަޑު ޖިހާދާގެ ކަންފަތުގައި ޖެހުނީ އަސަރާއިއެކުގައެވެ. ދެން ދިމާވީ ބަޔާންކުރަން ދަތި ހިތްދަތި ދުވަސްތަކެކެވެ. އާއިލާގެ ތެރެއިންވެސް ބާކީވެ އެކަނިވެރިކަން ވަރަށް ބޮޑަށް އިހުސާސް ކުރެވުނު ކަމަށް ޖިހާދާ ކިޔައިދިނެވެ. ނަމަވެސް ކިޔެވުމަށް ހުރަސް ނޭޅި ކުރިއަށްދެވުނީ ބައްޕަގެ ހިތްވަރު، ހިތުގައި އާލާވީތީ ކަމަށްވެސް ޖިހާދާ ވިދާޅުވިއެވެ.

ބައްޕަ ނިޔާވުމުން ދިރިއުޅުމަށް އައި ބަދަލާއެކު ތައުލީމުގެ އެންމެ މުހިންމު އަހަރު، އޯލެވެލް ހަދަމުން ދިޔައިރު ނުވެސްދަންނަ ބައެއްގެ ކައިރީގައި ހޭދަކުރަން ޖެހުނު ކަމަށާއި، ފައިނޭންޝިއަލީ ދިމާވި ގޮންޖެހުންތަކުގެ ސަބަބުން އައި ބަދަލާއި އެކު ވަރަށްބޮޑަށް މީހާ ދަށްވި ކަމަށް ޖިހާދާ ކިޔައިދިނެއެވެ.

“ބައްޕަ ނިޔާވުން އެއީ ދިރިއުޅުމަށްއައި ވަރަށް ބޮޑަށް ބަދަލެއް. ހާލަތުވަރަށް ބޮޑަށް ބަދަލުވި.” ޖިހާދާ ވިދާޅުވިއެވެ.

ތައުލީމީ ފެންވަރު:

ޖިހާދާ އަނީސްގެ ތައިލީމީ ފެންވަރަށް ބަލާއިރު އޭނާ ވަނީ 1994 އިން 1997 އަށް ސެކެންޑްރީ އެޑިއުކޭޝަން ފުރިހަމަކޮށްފައެވެ. އަދި 2001 ވަނަ އަހަރު، ޑިޕްލޮމާއިން ޝަރީއާ އެންޑް ލޯ ފުރިހަމަކޮށް 2006 ވަނަ އަހަރު، ޤާނޫނީ ދާއިރާއިން ވަނީ ޑިގްރީ ޙާޞިލްކުރައްވާފައެވެ. އަދި 2010 ވަނަ އަހަރު، މާސްޓަސް ހެދުމަށް ދަތުރުކޮށް ، މާސްޓަސް އޮފް ލޯސް އިން އިންޓަނޭޝަނަލް މެރިޓައިމް ލޯ ވެސް ހާސިލް ކުރައްވާފައެވެ. މީގެ އިތުރުންވެސް ގިނަ ކޯސްތަކެއް ޖިހާދާ ވަނީ ފުރިހަމަ ކުރައްވާފައެވެ.

މަސައްކަތް ކުރެއްވި ދާއިރާތައް:

އެޓާނީ ޖެނެރަލް އޮފީހުގައި  ޖިހާދާ ވަނީ ސްޓޭޓް އެޓަރނީ އެއްގެ ގޮތުގައި މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން ދައުލަތުގެ ފަރާތުން ކުރާ ދައުވާތަކުގައި ކޯޓުތަކުގައި ވަނީ ވަކާލާތުކޮށްފައެވެ. އަދި ޕްރޮސިކުއުޓާ ޖެނެރަލް އޮފީހުގައި ޕަބްލިކް ޕްރޮސެކިއުޓަރެއްގެ ގޮތުގައިވެސް ޖިހާދާ މަސައްކަތް ވަނީ ކުރައްވާފައެވެ. އެ އޮފީހުގައި އެސިސްޓެންޓް ޕްރޮސިކިއުޓަރ ޖެނެރަލްގެ  މަގާމުވެސް ޖިހާދާ ވަނީ ފުރުއްވާފައެވެ. މީގެ އިތުރުން 2013 ވަނަ އަހަރު ޤާއިމްކުރެވުނު ކަސްޓަމްސް އިންޓެގްރީ ކޮމިޝަނުގެ މެންބަރުކަމާއި ކޮމިޝަނުގެ ނައިބް ރައީސްކަން ޖިހާދާވަނީ ކުރައްވާފައެވެ. އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޤާއިމްކުރެވުނު އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރަސަންގެ އޮފީހުގައި އޮމްބަޑްސްޕާސަންއެއްގެ ގޮތުގައި ވެސް ވަނީ މަސައްކަތް ކުރައްވާފައެވެ.

ޖިހާދާ ހާސިލް ކުރެއްވި ބައެއް ކާމިޔާބީ ތަކުގެ ތެރެއިން

ޖިހާދާ ކުރެއްވި އާންމު ހިދުމަތް

ޖިހާދާ ވަނީ  ކަނޑުގެ ސަރަޙައްދުތަކާއި ދިވެހިރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފްއާ ގުޅޭ ގޮތުން ދިރާސާއެއް ކުރައްވައި ފޮތެއް ވެސް ޕަބްލިޝްކުރައްވާފައެވެ. މި ފޮތް އަދި  ރާއްޖޭގެ ލައިބްރަރީތަކުން ލިބެން ނެތަސް އެމެޒަން އަދި ޖާރމަނީއާއި މޮރިޝަސްގެ އޮންލައިން ލައިބްރަރީތަކުން އަދި އޮލައިންކޮށް އެ ފޮތް ކިއުމުގެ ފުރުސަތު ލިބޭނެ ކަމަށް ޖިހާދާ ވިދާޅުވިއެވެ.

ތައުލީމީ މި މަރުހަލާގައި ޖިހާދާވަނީ ފޮނި ތަޖުރިބާތަކާއި ހިތްދަތި ތަޖުރިބާތައް ވެސް ކޮށްފައެވެ. ހަނދާނުން ފިލައިގެން ނުދާނެ ފަދަ މަސައްކަތަކެއްވެސް ކުރެވިފައެވެ. ޖިހާދާ ވިދާޅުވީ ލޯ ކިޔެވިއިރު، މަޖިލީސް ތަމްސީލު ކުރުމުގެ ވިސްނުން ފުރަތަމަވެސް ހުރި ކަމަށެވެ. ނަމަވެސް އަދިވެސް އެ ފުރުސަތު އޭނާއަށް ވަގުތު ތަންނުދޭ ކަމަށެވެ.

” ކިޔެވި ދުވަސްވަރު މަޖިލީހަށް ހާޒިރުވާން ފުރުޞަތު ލިބުނު. މެމްބަރުންގެ ބަހުސް އަޑުއަހާލުމަށް ފުރުސަތުލިބުނު. ފުރަތަމަވެސް އަޅައިގަތީ ކުރީގެ ރައީސް ނަޝީދު ސްޕީޗަށް. މެމްބަރު ކަމުގެ މަގާމުގައި ވަރަށް ޒުވާން ބޭފުޅެއްގެ ގޮތުގައި އެމަނިކުފާނު ހުންނެވިއިރު، ބަހުސް މަރުހަލާގައި ދެއްކި ވާހަކަތަކަށް. ވާހަކަ ދެއްކުންތެރިކަން. ދެއްކި މުހިންމު ވާހަކަތަށް ގެނެސްފައިވާ ގޮތް. އެދުވަހުގެ ބަޙުޞްގައި ޙާޟިރުވެ ތިއްބެވި ހުރިހާ ބޭފުޅުންނާ ތަފާތުކޮށް، ރައީސް ނަޝީދު އެދުވަހު ފެނުނީ ވަރަށް ތަފާތު މީހެއްގެ ގޮތުގައި، ބޭނުންވި އެކަހަލަމީހަކަށް ވާން” ޖިހާދާ ވިދާޅުވިއެވެ.

ސިޔާސީ ދާއިރާއިން ފެނިދާނެތަ:

ޖިހާދާ ވިދާޅުވީ ފުރަތަމައިންވެސް ސިޔާސީ ދާއިރާއަށް ޝައުގު ހުރިކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނަން ވިސްނި ކަމަށެވެ. މަޖިލީހަކީ ގާނޫނު ހަދާ މަޖިލިސް ކަމަށްވާތީ ކަމަށްވެސް ޖިހާދާ ފާހަގަ ކުރެއްވިއެވެ.

ނަމަވެސް ސިޔާސީ ދާއިރާއަށްވުރެ ބޮޑަށް އޭނާ ކިޔަވާފައިވާ ދާއިރާއަށް އޭނާއަށް މުހިންމެވެ. ހަޔާތުގެ ކޮންމެ ވަގުތެއްވެސް އޭނާ އަށް މަސައްކަތް ކުރެވިފައިވަނީ ކޮންމެވެސް މައްސަލައެއް ހޯދާ އެ މައްސަލަ ތަހުގީގު ކުރުމުގެ ތެރޭގައެވެ. އެންމެ ފަހުން އޮމްބަޑްސްޕާސަންގެ އޮފީހުގައިވެސް ޖިހާދާ ވަނީ ކާމިޔާބު މަސައްކަތްތަކެއް ކުރައްވާފައި ކަމަށް ޖިހާދާ ވިދާޅު ވިއެވެ.

ޖިހާދާ ވިދާޅުވީ އާންމު މައްސަލަތަކާއި ބޮޑެތި މައްސަލަތަކުންފެށިގެން ގޮސް ގިނަ މައްސަލަތައް ވަނީ ނިންމާފަކަމަށެވެ. އަދި ގިނަ މައްސަލަތަކަކީ ދުރު ތާރީހެއްގައި ހިނގާފައިވާ ކަންތައްތައް ކަމަށްވާތީ އެ މައްސަލަތައް ދެނެގަތުމުގައި ދުވަސްތައް ހޭދާވާނެ ކަމަށް ވެސް ވިދާޅުވިއެވެ. ނަމަވެސް ޖުމްލަ މަސައްކަތް ވަރަށްވެސް ކާމިޔާބު ކަމަށް ޖިހާދާ ފާހަގަ ކުރެއްވިއެވެ.

ޖިހާދާ ފާހަގަވަނީ ތައުލީމުލިބި އޭގެ ބޭނުން ކުރި ފިސާރި ކަނބަލެއްގެ ގޮތުގައެވެ. ޖިހާދާ ވިދާޅުވާ ގޮތުން އިލްމު އުނގަންނަނ ޖެހެއެވެ. މިހާ މީހަކަށް ވުމަށްޓަކާއި ދުރަށް، ދުރުމި އަޅާ ތައުލީމް ހޯދާ ލިބިގަންނަން ޖެހެއެވެ.

ޖިހާދާ އަނީސް/ އޭނާގެ ވަޒީފާގައި އުޅުނުއިރު، ބޭއްވި ހަފްލާއެއްގަ ތެރޭން

ހަޔާތުގައި ދެ ވަނަ ކާވެންޏެއް ކޮށް، އެއްމެ ދަރިއަކުހުރި ޖިހާދާގެ ދިރިއުޅުންވެސް ވަރަށްވެސް ކާމިޔާބެވެ. އޭނާގެ އުފަލަކީ ލޯބިވާ އާއިލާއާއި، ފިރިމީހާ އާއި ހުރި ހަމައެކަނި ދަރިފުޅެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އޮބަޑްސްޕާސަން އޮފީހުގައި މަސައްކަތްކޮށްފައިވާ ޖިހާދާ ވަނީ ދައުރުގެ ފަހުކޮޅު މަގާމުން އިސްތިއުފާ ދެއްވާފައެވެ. މިހާރު ޖިހާދާ ކުރައްވާ މަސައްކަތަކީ ކުޑަކުދިންގެ ހައްގުތަކާއި ބެހޭ ގާނޫނާއި ގުޅުން ހުރި މަސައްކަތްތަކެއް ކުރުމެވެ.

ޖިހާދާގެ މިހާރުގެ މަސައްކަތުގެ ތެރެއިން

ޖިހާދާގެ މަސައްކަތް ވަރަށްވެސް ކާމިޔާބެވެ. ތާރީހުގެ ތެރެއިން ނަންފަވާލެވޭނެ މިދަރިއަކީ ގައުމަށް ހުރި ހަނގީގީ ރައުސްމާލެކެވެ. ގައުމަށް އެކި ގޮތްގޮތުން ނުހަނު މަސައްކަތް ކުރައްވާފައިވާ ކާމިޔާބު އަންހެނެކެވެ. މިއީ ހިތްވަރުގެ ލާމަސީލު ކަނބަލެކެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!