ޚަބަރު
މޯލްޑިވިއަނުން ކޮލަމްބޯއަށް ފަށާ ދަތުރުތަކާއިއެކު، ނަވަލޯކާ ހޮސްޕިޓަލްއިން ހާއްސަ ހިދުމަތްތަކެއް!

ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންއިން ސްރީލަންކާގެ ކޮލަމްބޯގެ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓަށް އޭޕްރީލް މަހުގެ 25 ވަނަ ދުވަހުން ފެށިގެން ދަތުރު ފަށަން ތައްޔާރުވަމުންދާކަން އިއުލާން ކޮށްފިއެވެ.

މޯލްޑިވިއަން އިން ބުނެފައިވާ ގޮތުގައި، މި ދަތުރުތައް ފުޅާކުރުމާއެކު ބައިނަލްއަގްވާމީ މުހިންމު މަންޒިލްތަކާ ރާއްޖެ ގުޅާލުމަށާއި، ފަސިންޖަރުންނަށް ދަތުރުފަތުރުކުރުމުގެ ފުރުސަތުތައް އިތުރުކުރެވިގެން ދާނެ ކަަމަށެެވެ.

އަދި މި ދަތުރުތައް ފެށުމުގައި ކޮލޮމްބޯގެ ނަވަލޯކާ ހޮސްޕިޓަލާއި ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން މޯޅްޑިވިއަނުން ދަތުރުކުރާ ފަސިންޖްރުންނަށް ޙާއްސަ ޑިސްކައުންކައުންޓް ތަކާއި އެކު ހިދުމަތްތައް ލިބިދެވޭނެއެވެ.

މޯލްޑިވިއަންއިން ދަތުރުކުރުމުން  (ނަވާލޯކާ ހޮސްޕިޓަލުން ލިބޭ ކޮމްޕްލިމެންޓްރީ ފައިދާ)
• މެޑިކަލް ކޮންސަލްޓޭޝަން އެންޑް މެޑިކަލް ހިސްޓްރީ އިވެލުއޭޝަން (މެޑިކަލް ޑޮކްޓަރަކާއެކު)
• ބޮޑީ މާސް އިންޑެކްސް ޓެސްޓް އަދި ވިޝަން ޓެސްޓް
• ދަތުގެ ޗެކަޕްތައް ހެދުން
• ކްލިނިކަލް ޑައިޓިޝަނުންގެ ލަފާ ހޯދުން
• ލެބޯޓްރީ ޓެސްޓުތަކަށް 15 ޕަސެންޓް ޑިސްކައުންޓް (އޯޕީޑީ ބޭސިސް)
• އެކްސްރޭ އަށް 5 ޕަސެންޓް ޑިސްކައުންޓް
• ހާއްސަ ޑިސްކައުންޓް ހެލްތު ސްކްރީނިން ޕެކޭޖްތައް

މޯލްޑިވިއަން އިން ލަންކާ އަށް ކުރާ ދަތުރުތަކުގެ ދެކޮޅު ޓިކެޓްގެ ފަށާ އަގަކީ 3،424ރ އެވެ. މި ދަތުރުތަކުގައި ބޭނުން ކުރާނީ އޭ320 ގެ މަތިންދާ ބޯޓެވެ. އަދި މިދަތުރުތަކުހައި ލަގެޖްގެ ގޮތުގައި 30 ކިލޯ ދެވޭނެ ކަމަށް މޯލްޑިވިއަނުން ބުނެއެވެ. އަދި ފަސިންޖަރުން ގެންނަ ހުރިހާ މުދަލެއް ގެނެވޭނެ އިންތިޒާމް މި ޕެކޭޖް ތެރެއިން ކުޑައަގެއްގައި ގެނެވޭނެ އިންތިޒާމް ހަމަޖައްސާނެކަމަށް މޯލްޑިވިއަނުން ބުނެއެވެ.

މޯލްޑިވިއަން އިން މައުލޫމާތުދޭގޮތުގައި މިހާރުން ފެށިގެން މޯލްޑިވިއަންގެ ވެބްސައިޓް އަދި އެޕް މެދުވެރިކޮށް ޓިކެޓް ނަގާ ބުކް ކުރެވޭނެއެވެ. އަދި މޯލްޑިވިއަން އޮފީސް މެދުވެރިކޮށްވެސް ޓިކެޓް ނެގުމުގެ ހިދުމަތް ލިބިގެން ދާނެއެވެ.

އަދި މޯލްޑިވިއަންއިން ކޮލަމްބޯ އާއި މާލެ އާ ދެމެދު ހަފްތާއަކު ދެ ދުވަހު ދަތުރުތައް ބާއްވާނެއެވެ. އެއީ ކޮންމެ ބުރާސްފަތި އަދި ހޮނިހިރު ދުވަހުގައެވެ.

މީގެ ކުރިންވެސް މޯލްޑިވިއަން އިން ވަނީ ކޮލަމްބޯ އާއި މާލެ އާ ދެމެެދު ދަތުރުތައް ބާއްވާފައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!