ރިޕޯޓް
ކާގޯ ބޯޓު ފަހަރުން ޑޮލަރުން ފީ ނެގުން، ޑޮލަރުގެ އަގު ހިފެހެއްޓުމަށް ހަރުދަނާ ފިޔަވަޅެއް!

ދިވެހިރާއްޖެއަށް ކަނޑުމަގުން މުދާ ގެންނަ ބޯޓު ފަހަރުން މީގެ އަހަރުތަކެއް ކުރިން މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) ފީ ނަގަމުންދިޔައީ ޑޮލަރުންނެވެ. އޭރު ކުންފުންޏަށް ލިބޭ ޑޮލަރުގެ އާމްދަނީ ނިސްބަތުން ރަނގަޅެވެ.

އެހެން ނަމަވެސް، 2011 ވަނަ އަހަރު، އޭރު އޮތް ސަރުކާރުގެ ސިޔާސަތަށް ގެނައި ބަދަލަކާއެކު، ކާގޯ އުފުލާ ބޯޓު ފަހަރުން ނަގާ ފީ ރުފިޔާ އިން ނަގާ ގޮތަށް ބަދަލުކުރިއެވެ. މިއަދާ ހަމައަށްވެސް އެ ފައިސާ ނަގަމުންދިޔައީ ރުފިޔާއިންނެވެ. އެމް،ޕީ.އެލްއަށް ޑޮލަރުން ލިބެމުންދިޔަ އާމްދަނީއެއް ފާއިތުވި 12 އަހަރު އޮތީ ހުއްޓިފައެވެ. އިޤްތިސާދީ ނަޒަރަކުން ބަލާއިރު ދިވެހިރާއްޖޭގައި ހިފެހެއްޓެން އޮތް ޑޮލަރުގެ އާމްދަނީއެއް އޮތީ ބޭނުންނުހިފިއެވެ.

އެހެން ނަމަވެސް، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެމް.ޕީ.އެލްއާ ހަވާލުވި މެނޭޖްމަންޓް އިން ވަނީ ކުރިއަށް އޮތް އޭޕްރީލް މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކާގޯ އުފުލާ ބޯޓު ފަހަރުން ނަގާ ފީތައް ޑޮލަރުން ނަގާ ގޮތަށް ހަމަޖައްސައިފިއެވެ. މިއީ އެ ކުންފުންޏާއި، އިޤްތިސާދީ މަސްލަހަތަށް ބަލާއިރު ރަނގަޅު ނިންމުމެކެވެ.

“އަހަރަކު ގާތްގަނޑަކަށް 30 މިލިއަން ޑޮލަރުގެ ވާހަކަ. މިއީ ކުރަންޖެހޭ ކަމެއް،” ރަމަޟާން މަހުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމް.ޕީ.އެލްގެ ސީ.އީ.އޯ މުހައްމަދު ވަޖީހް އިބްރާހިމް

މި ބަދަލާއެކު، ބައެއް ވިޔަފާރިވެރިންނާއި އާންމުންގެ ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، މިއީ ކޮންމެހެން ކުރަންޖެހޭ ކަމެެކެވެ. މި ބަދަލާއެކު ދިވެހި ވިޔަފާރިވެރިންނަށް އިތުރު ބުރައެއް އުފުލަންނުޖެހޭނެ ކަމުގެ ޔަގީންކަން އެމް.ޕީ.އެލް އިން ދޭ އެވެ.

ދިވެހި ވިޔަފާރިވެރިން ފައިސާ ދައްކަނީ ޑޮލަރުން، ހުރިހާ ފައިދާއެއް ބިދޭސީ އޭޖެންޓުންނަށް

މި ބަދަލާއެކު، ދިވެހި ވިޔަފާރިވެރިން މުދާ އެތެރެކުރަން ކުރާ ހޭދަ ބޮޑުވެ، ބާރާޒުގައި މުދަލުގެ އަގު ބޮޑުވެދާނެކަމުގެ ކަންބޮޑުވުންތައް ބައެއް ވިޔަފާރިވެރިންނާއި އާންމުންވެސް ވަނީ ފާޅުކޮށްފައެވެ. އެކަމަކު، ކަނޑުމަގުން މުދާ އެތެރެކުރުމުގެ މަރުހަލާތަކަށް ބަލާއިރު، މި ބަދަލާއެކު ބާޒާރުގައި މުދަލުގެ އަގު ބޮޑުވާންޖެހޭ ސަބަބެއް ނެތެވެ.

ދިވެހިރާއްޖެއަށް ކަނޑުމަގުން މުދާ ގެންނަ ދިވެހި ވިޔަފާރިވެރިން ރާއްޖޭން ބޭރުގައި ހުންނަ މުދާ ފޮނުވާ ފަރާތަށް ސީ.އައި.އެފް ޓާރމްގައި މުދަލުގެ އަގާއި ފްރައިޓް އަށް ވާ ފައިސާ ފޮނުވާއިރު، މީގެ ތެރޭގައި ޝިޕް އެޖެންޓުން އެމް.ޕީ.އެލް އަށް ދައްކަންޖެހޭ ފީތައްވެސް ހިމެނެއެވެ. މި ފައިސާ ދިވެހި ވިޔަފާރިވެރިޔާ ރާއްޖޭން ބޭރުގައި ހުންނަ މުދާ ފޮނުވާ ފަރާތަށް ދައްކަނީ ޑޮލަރުންނެވެ. އެހެންކަމުން، އެ މުދާ ރާއްޖެ ގެންނަން ބޯޓަށް އަރުވާއިރުވެސް، ދިވެހި ވިޔަފާރިވެރިޔާ ވަނީ އެމްޕީއެލް އަށް ދައްކަންޖެހޭ ފައިސާވެސް ޑޮލަރުން ދައްކައިފައެވެ.

އެހެން ނަމަވެސް، ބޯޓް އޮޕަރޭޓް ކުރާ ޝިޕް އޯނަރުން ރާއްޖޭގައި ހުންނަ އޭޖެންޓަށް އެ ފައިސާ ޑޮލަރުން ފޮނުވިޔަސް އެ ފައިސާ އެމްޕީއެލް އަށް ދައްކަނީ ދިވެހި ރުފިޔާއިންނެވެ. ކަޅު ބާޒާރުގައި އަގުބޮޑުކޮށް ޑޮލަރު މާރުކުުރުމަށް ފަހު އެމް.ޕީ.އެލްއަށް ބޭންކް ރޭޓްގައި ފައިސާ ދައްކައިގެން ގިނަ ފަހަރު އޭގެ ފައިދާ ނަގަނީ އެޖެންޓުންނެވެ.

ޕީއެސްއެމްގެ “ދުވެލި” ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވަޖީހް ވިދާޅުވީ އެމް.ޕީ.އެލް އިން ޑޮލަރުން ފީ ނަގާން ފެށުމުން މުދަލުގެ އަގުބޮޑުވާނެ ކަމަށް ވާހަކަދެކެވުނު ނަމަވެސް، އެއީ ރަނގަޅު ވާހަކައެއް ނޫން ކަމަށެވެ.

“އަޅުގަނޑުމެން މި ދަންނަވަނީ ދިވެހި ވިޔަފާރިވެރިޔާ ޝިޕް އޯނަރަށް ޑޮލަރުން މި ދައްކާ ފައިސާ ހަމަ އެމް.ޕީ.އެލްއަށް ވެސް ދައްކާށޭ ހަމަ ޑޮލަރުން. އެހެންވީމަ މީގެ ސަބަބުން ރާއްޖޭގެ މާކެޓަށް އެއްވެސް ބަދަލެއް ނާންނާނެ،” ވަޖީހް ވިދާޅުވިއެވެ.

ވަޖީހް ވިދާޅުވީ ވައިގެ މަގުން އަންނަ ބޯޓުތަކާއި މުދަލަށް ނަގަންޖެހޭ ފީތައް ޑޮލަރުން ނަގާއިރު، ކަނޑު ޕޯޓުންވެސް އެ ގޮތަށް ޑޮޮލަރުން ފީ ނަގަންޖެހޭ ކަމަށެވެ.

ޝިޕް އެޖެންޓުން ފައިސާ ދެއްކުމުގައި މި ބަދަލު އައި ނަމަވެސް، ދިވެހި ވިޔަފާރި ވެރިޔާ މީގެ ކުރިޔާ އެއްގޮތަށް އެމް.ޕީ.އެލް އިން ހޯދާ ޚިދުމަތްތަކަށާއި ބަނދަރުން މުދާ ނެރުމަށް ދައްކަމުން ދިޔަ ހުރިހާ ފައިސާއެއް ދައްކަމުންދާނީ ހަމަ އެއްވެސް ބަދަލަކާ ނުލައި ދިވެހި ރުފިޔާއިން ކަމުގައިވެސް އެމް.ޕީ.އެލް އިން މަޢުލޫމާތު ދެއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!