ޚަބަރު
ފިޔޯރީގެ އެހީތެރިކަމާއެކު މަޑަވެލީގައި ދަނޑުވެރިކަން އާލާކުރަނީ

ގދ ފިޔޯރީ ދަނޑުވެރިންގެ އެހީތެރިކަން ހޯދައިގެން މަޑަވެލީގައި ދަނޑުވެރިކަން އާލާކުރުމަށް އެއްބަސްވެ އެކަމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށް މަޑަވެލީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ނަދީމާ ތައްޚާން ވިދާޅުވެއްޖެއެވެ.

ހުވަދޫ ނިއުސް އަށް މައުލޫމާތުދެއްވަމުން ރައީސާ ނަދީމާ ވިދާޅުވީ މަޑަވެއްޔަކީ ދަނޑުވެރިކަމުގެ ރަށަކަށް ނުވިޔަސް އެބައެއްގެ ގޯތީގައި އެކި ކަހަލަ ގަސްތަކާ ގޮވާމާ ތަކުރާރީ ހައްދަން މަސައްކަތް ކުރާ ރައްޔިތުން ދިރިއުޅޭ ރަށެއްކަމަށްވާތީ އެކަމުގައި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިއަދުވަނީ ގދ ފިޔޯރީގައި މަޝްވަރާ ކުރެވިފައި ކަމަށާއި، އެކަމުގައި ފިޔޯރީގެ އަމަލީ ތަޖުރިބާ ދިނުމަށް ފިޔޯރީ ކައުންސިލާއި ޑަބްލިއުޑީސީން އެއްބަސްވެފައިވާ ކަމަށެވެ.

ނަދީމާ އިތުރަށް ވިދާޅުވީ، ފިޔޯރީއަކީ ދަނޑުވެރިކަމުގައި ވަރަށް ފުންނާބު އުސް ރައްޔިތުން ދިރިއުޅޭ ރަށެެއްކަމަށާއި ފިޔޯރީގެ ރައީސް ފައިޒަރު ރަޝީދުވެސް ހުންނެވީ މަޑަވެއްޔަށް މިކަމުގައި ހުރިހާ އެއްބާރުލުމެއް ދޭންކަމަށެވެ. އެގޮތުން މަޑަވެއްޔަށް މީހުން ފޮނުވައިގެން ތަމްރީނުތައް ފަށާނެ ކަމަށް އެއްބަސްވެފައިވާ ކަމަށެވެ.

މަޑަވެލީ ކައުންސިލްގެ ރައީސްގެ އިތުރުން އެކައުންސިކލް ހުރިހާ މެމްބަރުންނާއި ޑަބްލިއުޑީސީގެ ހުރިހާ މެންބަރުން ބައިވެރިވި ދަތުރެއް މިއަދު ވަނީ ފިޔޯރީއަށް ކޮށްފައެވެ. މަޑަވެލީގެ ޓީމު ފިޔޯރީއަށް ޒިޔާރަތްކުރުމުން ކައުންސިލްގެ ރައީސްއާއި މެންބަރުންގެ އިތުރުން ޑަބްލިއުޑީސީގެ މެންބަރުންވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.

މަޑަވެލިން މިއަދު މެންދުރު ކުރި ދަތުރުގައި ވަނީ ފިޔޯރީ ދަނޑުތަކަށް ޒިޔާރަތްކޮށް ދަނޑުތަކުގައި ކުރަމުންދާ މަސައްކަތްތައް ބައްލަވަލައްވާފައެވެ. އޭގެ އިތުރުން ދެކައުންސިލާއި ކޮމިޓީގެ މެދުގައިވަނީ މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ. މިބައްދަލުވުމުގައި ދެރަށުގެ މެދުގައި ދެވިދާނެ އެއްބާރުލުންތަކާއި ކުރެވިދާނެ ތަޖުރިބާތަކާ ބެހޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!