ޚަބަރު
ދަރީންނަށް ހެޔޮލަފާ، ރަނގަޅު އެކުވެރިން ލިބުން އެދެންތަ؟

މަންމަޔަކު އޭނާގެ ރައްޓެއްސަކާ ވާހަކަ ދައްކަމުން ބުންޏެވެ: “ދަރިފުޅަށް ރަނގަޅު އެކުވެރިޔެއް މި ހޯދަނީ… ކުޑަ އިރުންސުރެ އެސޮރުގެ އެ ހުންނަ ގޮތްގަނޑު އިނގޭނު! މިހާރު އެކަން އަދި މާބޮޑު. އޭނަޔާ އެކު ބޭރަށް ނިކުތަސް މަ ހުންނަނީ ލަދުން ބޯފަޅައިގެން ދާވަރުވެފަ. މީހުންނާ ވާހަކަދައްކަނީ ވެސް އެހާ ހަޑިކޮށް. އަބަދުވެސް ކޮންމެސް ކާޓޫނެއްގަ ލައްވާ އަޑެއް ލައްވަލައްވާ ހުންނާނީ. މިރޭ ހުސްވިޔަސް މި ވާހަކަތައް ހުސްނުވާނެ. ދެން ދަނީ” އޭނާގެ ރަހުމަތްތެރިޔާއަށް ވެސް ބުނެވުނީ އިއްތިފާޤުގެ އިބާރާތެކެވެ. “އާއެކޭ! މަގޭދަރި ވެސް ހަމަ ތިފަދަ ޙާލެއްގައި، ކިހިނެތްތަ ރަނގަޅު އެކުވެރިއެއް ހޯދާނީ؟… މީހުން ބުނޭ ރަނގަޅު އެކުވެރިންނާ ޖެހުނީމައި ރަނގަޅުވާނޭ”

މިއީ މިއަދު މި ރާއްޖޭގެ ވަރަށް ގިނަ މައިންބަފައިންގެ ޝަކުވާއެކެވެ. ރަނގަޅު އެކުވެރިން ނުލިބުމުގެ މައްސަލަ ތަޙައްމަލު ކުރަމުން ދަނީ މަދުބައެއް ނޫނެވެ. ރަނގަޅު އެކުވެރިއެއް ލިބިއްޖެއްޔާ ދަރިފުޅު ރަނގަޅުވާނެ ކަމަށް އުއްމީދު ކުރެއެވެ. އެއީ ތެދަކަށް ވެސް ވެދާނެއެވެ. އެހެނަސް އެ ބުނާ ރަނގަޅު އެކުވެރިޔާ ހޯދާނީ ވަކި ކޮންތާކުންހެއްޔެވެ؟

ބާޒާރަށް އާފަލު ގަންނަށް ނިކުމެފައި ކޮންމެ ފިހާރައަކަށް ވަދެ، އާފަލުތައް ބަލަބަލައިފައި ކަމުދާ އެއްޗެއް ނުލިބި ގެއަށް އަންނަން ޖެހެނީ ބާޒާރުގައި ރަނގަޅު އާފަލު ނެތީމައެވެ. އެކަން ޙައްލުކުރަން އެދެންޔާ ކުރަންވީ ކަމަކީ ބާޒާރަށް ރަނގަޅު އާފަލު ގެނައުމެވެ. އާފަލު އެތެރެކުރަން ތިބި މީހުން ރަނގަޅު އާފަލު އެތެރެ ނުކުރަންޏާ ދެން އަޅުގަނޑު ޖެހޭނީ ރަނގަޅު އާފަލު އެތެރެކުރާށެވެ. ނޫނީ އާފަލުގަހެއް އިންދައިގެން އާފަލު އަޅަންދެން އެ ގަހަށް ޚިދުމަތްކުރުމުގައި ދެމިހުންނާށެވެ. އެއިރުން ހަމަގައިމުވެސް ތާޒާ ރަނގަޅު މީރު އާފަލު ކެވޭނެއެވެ. އަދި އެގަހުން އެހެން މީހުންނަށް ވެސް ރަނގަޅު އާފަލު ދެވޭނެއެވެ.

އާދޭހެވެ! ތިޔަ ހީވީ ރަނގަޅަށެވެ! އާފަލުގަތުމުގެ މި މިސާލަކީ މިއަދު އަޅުގަނޑާއި ތިބާއަށް ޖެހިފައިވާ މުސީބާތެވެ. އެންމެން ވެސް ހޯދަނީ އޭނާގެ ދަރިފުޅަށް ރަނގަޅު ރައްޓެއްސެކެވެ. އަނެއް ކުއްޖާއަށް ރަނގަޅު ރައްޓެއްސެއް ކަމުގައި އޭނާގެ ދަރިފުޅު ތަރުބިއްޔަތު ކުރިބާއެވެ؟
ޙަޤީޤަތުގައި ވާންޖެހޭ ގޮތަކީ ކޮންމެ މަންމަޔަކު ވެސް އަދި ކޮންމެ ބައްޕަޔަކު ވެސް އެންމެ ފުރަތަމަ ބަލަންވީ އޭނާގެ ދަރިފުޅަކީ އެހެން ކުދިންނަށް ރަނގަޅު ނަމޫނާ ރައްޓެއްސެއްކަމުގައި ހެދޭތޯއެވެ. އެ މަގުން ދަރީން ތަރުބިއްޔަތުކުރާނެ ގޮތަކާ މެދު ފިކުރު ކުރާންވީއެވެ. އޭރުން ހެޔޮގޮތުގައި އެ ކުދިން ތަރުބިޔަތު ކުރެވޭނެއެވެ. ނަތީޖާއަކަށް ވާނީ ރަނގަޅު އާފަލު ބާޒާރަށް ނެރެވުނު ފަދައިން، މުޖްތަމަޢަށް ރަނގަޅު އެކުވެރީންނަށް ފުދޭ ފެންވަރުގެ ކުދިން ނެރެވުމެވެ. އޭރުން ރަނގަޅު އެކުވެރިން ހޯދާނެ ތަންތަން ވަރަށް ގިނަވާނެއެވެ. 

މައުލޫމާތު: الشَّيْخ مُحَمَّدُ أَفْضَل  / ދީނުގެމަގު

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!