ޚަބަރު
މަޑަވެލި ކައުންސިލުން މޯލްޑިވްސް އިސްލާމިކް ބޭންކްގައި އެދުނުތާ ބަރާބަރު 1 އަހަރު ތެރޭގައި އޭޓީއެމެއް ހުޅުވައިފި!

މަޑަވެލި ކައުންސިލުން މީގެ 1 އަހަރު ކުރިން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އިސް ވެރިންނާއި ބައްދަލުކޮށް އެ ރަށުގައި އިސްލާމިކް ބޭންކްގެ އޭޓީއެމް އެއްގެ ޚިދުމަތް ޤާއިމު ކޮށްދިނުމަށް އެދުނުތާ ބަރާބަރު 1 އަހަރު ތެރޭގައި މަޑަވެލީގައި އޭޓީއެމް އެއް ހުޅުވައިފިއެވެ.

އިސްލާމިކް ބޭންކް ގެ ޚިދުމަތް މަޑަވެލީގައި ފެށުމަށް މިއަދު ހެނދު ބޭއްވި ރަސްމިއްޔާތަށް ފަހު “ހުވަދޫ މީޑިއާ” އަށް މައުލޫމާތު ދެއްވަމުން މަޑަވެލީ ރައީސް ފިޔާޒް ޙަސަން ވިދާޅުވީ އެ ޚިދުމަތަކީ ކޯޒްވޭ އަކުން ގުޅިފައިވާ މަޑަވެލި އަދި ހޯނޑެއްދޫގެ ހުރިހާ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި އޭގެ މަންފާ އެތައް ގޮތަކުން 2 ރަށުގެ ތަރައްޤީ އާއި ގުޅިފައިވާ ކަމަށެވެ.

މަޑަވެލީގައި އިސްލާމިކް ބޭންކުން އޭޓީއެއް ހުޅުވުން

ރައީސް ފިޔާޒް ވިދާޅުވީ މަޑަވެލީގައި އޭޓީއެމް ހުޅުވުމަށް މަސައްކަތް ފެށީއްސުރެ މަޑަވެލީ ކައުންސިލް އިން ކުރި މަސައްކަތުން ރަށުގެ 60 އިންސައްތަ މީހުން މިހާރު ވާނީ އިސްލާމީ ބޭންކް ގައި އެކައުންޓް ތައް ހުޅުވާފައި ކަމަށާއި މިއަދުން ފެށިގެން އެ ޚިދުމަތް ވަރަށް ރަނގަޅަށް ކުރަން ފަށާނެ ކަމަށެވެ.

މަޑަވެލި އޭޓީއެމް ހުޅުވުމަށް މިއަދު މަޑަވެލީގައި ބޭއްވި ރަސްމިއްޔާތުގައި މަޑަވެލި ކައުންސިލް ރައީސް ފިޔާޒް ޙަސަން ގެ އިތުރުން ނާއިބު ރައީސާ ފަސީހާ ޝަފީގް އެ ކައުންސިލްގެ އިސްވެރިންނާއި އިސްލާމިކް ބޭންކްގެ ގދ ތިނަދޫ ސިޓީ އޮފީހުގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.
އެމްވްއައިބީ ގެ އޭޓީއެމް އެހާ އަވަހަށް މަޑަވެލީގައި ހުޅުވިގެން ދިޔައީ އެރަށު ކައުންސިލުން އެކަމަށްޓަކައި ކުރި މަސައްކަތްތަކާ ދިން އެ ބާރުން ލުން ބޮޑު ކަމުން ކަމަށް އެރަށުން ރައްޔިތުން ފާހަގަ ކުރެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!