ދީން
މިރެއަކީވެސް ރަމަޟާން މަހުގެ ފަހު ދިހައިގެ އޮނަހިރި ރޭތަކުން ރެއެއް: މިރޭގެ ހެޔޮކަމަށް އެދި ކުރެވޭނީ ކޮންކަމެއް!

ﷲ ސުބުހާނަހޫ ވަތަޢާލާ އަކީ ދީލަތި ވަންތަ، އޯގާވަންތަ، ރަސްކަލާގެއެވެ.އެކަލާނގެ ދީލަތި ވަންތަކަމުގެ ދޮރުކޮޅުތައް ހުޅުއްވަވާ ހާއްސަ މޫސުމްތަކެއް ވެއެވެ.

އެކަލާނގެ އަޅުންނަށް އެކަނލާގެ ދެއްވާ ދެއްވުންތައް އިތުރުކުރައްވާ ވަގުތު ތަކެއް ވެއެވެ. އެކަލާގެ އަޅުން މި ވަގުތު ހޯދުމަށް ގަދަ އަޅައި މަސައްކަތް ކުރުމަށްޓަކައެވެ.

ލައިލަތުލް ޤަދުރިވިލޭރެއަކީ ރަމަޟާން މަހުގެ ރޭތަކުގެ ތެރެއިން ރެއެއްކަން ކީރިތި ޤުރްއާނުން ކަނޑައެޅިގެން އެނގެއެވެ. އެއީ އެމަހުގެ ކޮން ރެއެއްކަމެއް އެނގޭކަށް ނެތެވެ. އެންމެ ބޮޑަށް ބުރަ ވެވޭ ގޮތުގައި އެއީ ރަމަޟާން މަހުގެ ފަހު ދިހައިގެ ރޭތަކުގެ ތެރެއިން ރެއެކެވެ. މިރެއަކީ އެފަދަ ރެއެކެވެ.

ރަމަޟާން މަހުގެ އޮނަހިރި ރޭ ތަކުގެ ތެރެއިން ރެއެކެވެ. އަޅުކަމުގައި ހީވާގިވެލާށެވެ. ސަވާބަށް އެދި ރޭއަޅުކަން ގިނަކޮށް ، މި ކަމުގައި އަނބި ދަރީން ބައިވެރިކޮށްލާށެވެ.

ދުނިޔެއާއި އާޚިރަތުގެ ހެވަށް އެދި ދުޢާކުރުން ގިނަކުރާށެވެ.

އެއްހާސް މައްސަރުގެ ހެޔޮކަމަށް އެރޭ ކުރެވޭ އަމަލުތައް ހެޔޮވެގެންވެއެވެ. މިރެއަކީ

ކީރިތި ޤުރްއާން ކިޔެވުން ގިނަ ރެޔަކަށް ހެދުމަށް ހިތްވަރާއެކު މަސައްކަތް ކުރާށެވެ.

އެރެއާއި ބައްދަލުކުރަން އެދޭ ނަމަ ރަމަޟާން މަހުގެ ފަހު ދިހައިގެ ކޮންމެ ރެއަކީ އަޅުކަމުގައި ހީވާގިވެ ، ސަދަޤާތް ކުރުން ގިނަ ރެއަކަށް ހަދާށެވެ.

ލައިލަތުލްޤަދުރި ވިލޭރޭ ލިބިއްޖެ މީހެއްގެ އިސްވެދިޔަ ފާފަތަކާއި ފަސްވާނޭހައި ފާފަތައް  ފުއްސަވާނޭ ކަމަށް ވެއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!