ޚަބަރު
ޕީސީއާރު ޓެސްޓު ނަހަދާ ވިލިނގިއްޔަށް ދިޔަ 3 ފަރާތެއް ފައްސިވެއްޖެ

ޕީސީއާރް ޓެސްޓު ނަހަދާ ގއ ވިލިނގިއްޔަށް ދިޔަ ބަޔަކު ކޮވިޑް-19 ގެ އަލާމާތްތައް ފެނި ޓެސްޓް ހެދުމުން ކޮވިޑަށް ފައްސިވުމާ ގުޅިގެން އެރަށުގައި ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ފަށައިފިއެވެ.

ގއ އަތޮޅު ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ މީހެ 3 ދުވަސް ކުރިން ކޫއްޑު މަގުން ވިލިނގިއްޔަށް ދިޔަ 3 ފަރާތެއް ޕޮޒިޓިވްވެފައިވާތރީ މިހާރު އެރަށުގައި ވަނީ އެމީހުންނާ ކޮންޓެކްޓް ވި ފަރާތްތައް ހޯދާ ކަރަންޓީނު ކުރެވިފައި ކަމަށާއި، 3 ފަރާތްވެސް އެރަށަށް ގޮސްފައިވަނީ ރަސްމީކޮށް އަންގަންޖެހޭ އެއްވެސް ފަރާތަކަށް އެންގުމަކާ ނުލައި ކަމަށެވެ.

ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ގއ އަތޮޅު ހޮސްޕިޓަލްގެ އޮފިޝަލް ވިދާޅުވީ، ކޮވިޑަށް 3 ފަރާތެއް ފައްސިވެފައިވީ ނަމަވެސް އަދި ރަށް މޮނިޓަރިން އަށް ނުލާ ކަމަށާއި، އެޗްޕީއޭއާއި ގުޅިގެން ކުރަން ޖެހޭ މަސައްކަތް މިހާރު ކުރަމުން ގެންދާ ކަމަށެވެ.

ހުވަދޫ ނިއުސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިފަހަރު ފައްސިވި 3 ފަރާތުގެ ތެރޭގައި، އެއްފަރާތަކީ ހެލްތު މިނިސްޓްރީގެ ސީނިއަރ އެގްޒެކްޓިވް ޑިރެކްޓަރގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ.

ގއ ވިލިނގިލިން މިފަހަރު ކޮވިޑް ކޭސްތަކެއް ފެނިފައިވަނީ އެރަށް 2 ވަނަ ފަހަރަށް މޮނިޓަރިން އިން ނެގިތާ 23 ދުވަސް ފަހުންނެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!