ގެއްލިހެން ހޯދަމުންދިޔަ އައިޝަތު ޒީވާ ސަޢީދު ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
އެކުއްޖާ ފެނުނީ މާލެއިން ކަމަށާއި، ކުއްޖާ ފެނުނީ މިއަދު 12:15 އެހާކަންހާއިރު ކަމަށްވެސް ފުލުހުން ބުނެއެވެ. އަދި ޒީވާގެ ހާލު ރަނގަޅު ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މި ކުއްޖާ ހޯދުމުގެ މަސައްކަތުގައި އެހީތެރިވުމަށް ފުލުހުންވަނީ އާއްމުންގެ އެހީތެރިކަމަށް އެދިފައެވެ.
އައިޝަތު ޒީވާ ސައީދުގެ ޚަބަރެއް އާއިލާއަށް ނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓްކޮށްފައިވަނީ ރޭ 7:45 ހާއިރު އެވެ. އޭނާ އެންމެ ފަހުން ފެނުނީ ރޭ އިރުއޮއްސި 6:00 ގައެވެ.
ކުޑަކުދިން ގެއްލުމުގެ މައްސަލަ މާލޭގައި ވަރަށް ގިނައިން ހިނގައެވެ. ނަމަވެސް ގިނަފަހަރަށް މިގޮތަށް ގެއްލޭ ކުދިން ހޯދިފައިވަނީ ފުލުހުންގެ އެހީތެރިކަމާއި އެކުގައެވެ.