ރައްޔިތުންގެ މަޖިލީހަށް މާލެ ދާއިރާއަށް ކުރިމަތިލައްވާ ހުރިހާ ކެންޑިޑޭޓުންނާއިއެކު ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެ ވަޑައިގެންނަވާ އިވެންޓެއް މިރޭ ހިޔާ ސަރަހައްދުގައި އޮންނާނެ ކަމަށް ޕީޕީއެމް/ ޕީއެންސީން ބުނެފިއެވެ.
ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ މި އިވެންޓް އޮންނާނީ ފޭސް ދޭއްގެ ހިޔާ ސަރަހައްދުގައި ކަމަށާއި، މި އިވެންޓް ކުރިއަށްދާނީ މިރޭ 9:30 ގައި ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރާއްޖޭގެ އެކި ސަރަހައްދަށްވެސް ވަޑައިގެންފައެވެ. އެގޮތުން ޕީއެންސީގެ ޓިކްޓްގައި ވާދަކުރައްވާ ފަރާތްތަކުގެ ކެމްޕެއިން ޖަލްސާތަކުގައިވެސް އެމަނިކުފާނުވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
ކޮންމެ ރެއަކު ވަކިވަކި ކެންޑިޑޭޓުންގެ ޖަގަހަށްވެސް އެމަނިކުފާނު ވަޑައިގެން ރައްޔިތުންނާއި ދަނީ ބައްދަލުކުރައްވަމުންނެވެ.

