ޚަބަރު
ޓައިވާނަށް ބިންހެލުމެއް އައިސް ސުނާމީގެ އިންޒާރު ނެރެފި

ޓައިވާންގެ އިރުމަތީ އައްސޭރިފަށަށް ބާރުގަދަ ބިންހެލުމެއް އައިސް ޖަޕާން ހިމެނޭ ގޮތުން ޕެސިފިކް ކަނޑުގެ ޤައުމުތަކަށް ސުނާމީގެ އިންޒާރު ނެރެފިއެވެ.

ޔޫއެސްޖިއޮލޮޖިކަލް ސަރވޭއިން ހާމަކޮށްފައިވާ ގޮތުގައި، ޓައިވާންގެ ހުއައިލެން ސިޓީގެ އިރުމަތީ އައްސޭރިފަށުގައި ބިންހެލުން މަރުކަޒުވެފައި ހުރި އިރު، ބިންހެލުމުގެ ބާރުމިން ރެކޯޑުކުރެވިފައި ވަނީ، 7.4 މެގްނިޓިއުޑްގައެވެ. ބިންހެލުން އައިސްފައި ވަނީ، ޓައިވާންގެ ގަޑިން ހެނދުނު 7:58ގައެވެ. 7.4ގެ ބާރުގަދަ ބިންހެލުމަށްފަހުގައިވެސް ދަނީ ލޮޅުންތައް އަރަމުންނެވެ.

ޖަޕާންގެ މޫސުމާއި ބެހޭ އިދާރާއިން ބުނެފައި ވަނީ، ތިން މީޓަރު އުސް ރާޅުތައް އައްސޭރިފަށުގެ ސަރަހައްދަށް އަރައިފާނެ ކަމަށް ބެލެވޭ ކަމަށެވެ.

ބިންހެލުން އައި ހުއައިލެން ސިޓީއަކީ، 3 ލައްކަ މީހުންގެ އާބާދީއެއް ދިރިއުޅޭ އަދި ގިނަ އަދަދެއްގެ ފަތުރުވެރިން ވެސް ޒިޔާރަތްކުރާ ސިޓީއެކެވެ. އާއްމުކޮށް ވެސް ބިންހެލުންތައް އަންނަ، އެސަރަހައްދަށް އެންމެފަހުން ބާރުގަދަ ބިންހެލުމެއް އައިސްފައި ވަނީ، 1999 ވަނަ އަހަރުގައެވެ.

އެއަހަރުގައި އައި ބިން ހެލުމުގައި 2400 މީހުން މަރުވިއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!