ޚަބަރު
ވަޒީފާއިން ކަނޑާލީ ނާޤާބިލް ވަގުތީ މުވައްޒަފުން: ފެނަކަ

ފަރެސްމާތޮޑާ ފެނަކައިން ކަނޑާލި މުވައްޒަފުންނަކީ ނާޤާބިލް މުވައްޒަފުން ކަމަށް ފެނަކައިން ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕީއެންސީ ޕީޕީއެމްގެ ނައިބްރައީސް ފަރެސްމާތޮޑާއަށް ކުރެއްވި ދަތުރުފުޅުގައި ބައިވެރިވެ ވަޑައިގަތް ފެނަކައިގެ މުވައްޒަފުންތަކެއް ވަޒީފާއިން ކަޑާލި މައްސަލަ މީޑިޔާގައި ހޫނުވެފައިވަނިކޮށް ފެނަކައިން މިވަނީ އެކަން ދޮގުކުރައްވައި ޓްވީޓެއްކޮށްފައެވެ.

ފެނަކައިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ސިޔާސީ މަގްސަދެއް ހާސިލް ކުރުމަށް އެއްވެސް މުވައްޒިފަކު ވަކިކޮށްފައި ނުވާކަމަށާއި ވަޒީފައިން ވަކިކުރި މުވައްޒިފުން ވަޒީފާއިން ވަކިކޮށްފައިވަނީ ފެނަކައިގެ މަޝްރޫޢެއްގައި 3 މަސްދުވަހުގެ މުއްދަތަކަށް ވަގުތީގޮތުން މަސައްކަތްކުރަމުންދިޔަ 4 މުވައްޒަފެއްކަމަށެވެ.

ފެނަކައިން ބުނާގޮތުގައި ކަޑާލި މުވައްޒަފުންނަކީ އެމުވައްޒަފުންގެ މަސައްކަތުގެ އަޚުލާޤާއި، ކުރަން ހަވާލްކުރާ މަސައްކަތަށް ގާބިލް މުވައްޒަފުން ނޫންކަމަށް ފެންނާތީ ކަމުގައެވެ. އަދި މީޑިޔާތަކުން ދޮގު ޚަބަރު ފަތުރަމުންދާތީ ފެނަކައިންވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ގދ.އަތޮޅަށް ކުރަމުންދާ ދަތުރުގައި ފަރެސްމާތޮޑާއަށް ޒިޔާރަތްކުރި ދުވަހު އެރަށު ބަނދަރު ސަރަހައްދުން، އެރަށުގެ ފެނަކާގައި މަސައްކަތްކުރާ ބައެއް ޒުވާނުންނާއި ސަލާމްކުރުމުން، އެ ފަރާތްތައް ވަޒީފާއިން ވަކިކޮށްފައިވާކަމަށެވެ. އަދި އެއީ އަނިޔާވެރިކަންކަމަށް ސިފަކުރައްވާ އެކަން ވަރަށް އަވަހަށް ނިމޭނެކަމަށް ވިދާޅުވެފައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.
 1. ފެނެކަ ސައީދު

  ގާބިލް ވީ ކިހިނެއް ވައްކަމުންތަ ހެެހެހެެ
  ނާގާބިލް ނާތަހުޒީބު އިސްތިއުފަ

 2. ޔުން

  ސައިދު ކަލޭ އެއްބަސްވާނެތަ؟ތީ ކާކުކަން ނޭގޭމީހަކު މިގައުމުގަ ނުހުންނާނެ.ނަހަދާނެ ތެދެއް.