ޚަބަރު
ތިނަދޫ ސިޓީއަކަށް ބަދަލުވުމުގެ ހަނގީގީ މޭސްތިރިއަކީ ކާކު؟

ތިނަދޫ ސިޓީ އަކަށް ބަދަލުވީ 27 މާރޗް 2024 ވަނަ ދުވަހުގައެވެ. އެހާ ހިސާބުން ތިނަދޫގެ ތާރީހު ބަދަލުވެ އަލަށް މޭޔަރާއި ޑެޕިއުޓީއަކު ކަނޑައެޅުނެވެ.

ތިނަދޫ އަށް މޭޔަރަކު ކަނޑައެޅިގެން ދިއުމަކީ އެރަށުގެ ތާރީހަށް ބޮޑުބަދަލެއް ގެނުވިކަމެކެވެ. މަޝްހޫރުނަމުން ހަވަރު ތިނަދޫގެ ތާރީހަށް ބޮޑު ބަދަލެއް އައިސް ތިނަދޫ އެހެން ހަރުފަތަކަަށް މިސްރާބު ބަދަލުވެ ހަގީގީ ސިޓީއެއްގެ އަސްލު ފެށިގެން ދިޔައެވެ. އެ ސިޓީން މިހާރު ގުނަމުންދަނީ އެހެން ބާބެކެވެ.

ހަވަރާއި ގުޅިފައިވާ ބޮޑު ތާރީއެއްވެސް އޮތް އެރަށުގެ މައުލޫމާތު ތާރީހުގެ ފަތްފޮތް ތަކުން ފެންނަން އެބަ އޮތެވެ. މި ރަށުގައި ހަވަރު ކަނޑާލާ ތިނަދޫ އަށް އެރަށް ބަދަލުވި ފަހުންވެސް އެތަކެއް ދުވަހެއް ވަނީ މިހާރު ފާއިތުވެ ގޮސްފައެވެ. ހަވަރު ގެއްލި ކިޔަމުން އައިނަން ގދ. ތިނަދޫވެސް މޯހިރުން މިހާރު ފަހަނައަޅާ ގޮސްފަވެއެވެ.

ކަޅާ ހުދުން އެނގޭހެން މިހާރު ގާނޫނުން ބުނަނީ އެއީ ތިނަދޫ ސިޓީ ކަމެވެ. މިހާރު އެއީ ޒަމާނީ ތިނަދޫ ސިޓީއެވެ. ރާއްޖޭގެ ފަސްވަނަ ސިޓީއެވެ. މި ރިޕޯޓަށް މައުލޫމާތު އެއްކުރުމަށް ތިނަދޫ ސިޓީގެ ކަމުވޮށިގެންވާ މީހުންނާއި ކޮންމެވެސް ވަރަކަށް ވާހަކަ ދައްކާލީމެވެ. އެ ރަށުގެ އާބާދީއާއި އެރަށާއި ގުޅުން ހުރި މައުލޫމާތުތަކުން އެނގިގެން ދިޔައީ އެއީ ތާރީހުގެ ތެރެއިން ނަންފަވާލެވިފައިވާ ތަފާތު ރަށެއްކަމެވެ. ރަށުގައި ދިރިއުޅޭ މީހުންންގެ ވިސްނުމާއި ބުއްދިއާއި ހިކުމަތްވެސް ވަރަށް ތަފާތުކަމެވެ.

އާބާދީ އާއި ދޭތެރޭ އުފެދުނު ކަންބޮޑުވުން

އާބާދީ އާއި ބެހޭ މައުލޫމާތާއި ތަފާސް ހިސާބުތައް ސަރުކާރުން ބަލާ އެއްކުރަން ފެށުނުފަހުން ތިނަދޫގެ ޖުމްލަ އާބާދީ އަކީ 3000 ހާހެއްހާ މީހުންނެވެ. އޭގެފަހުން އާބާދީ އިތުރުވެ މީހުން ގިނަވެގެންދިޔައެވެ. 1966އާއި ހަމައިން ފެށިގެން އެ ރަށުގެ މީހުންގެ އާބާދީގެ އަދަދަކީ 5000އެވެ. ވިހާ މަރުވާ އަދަދު އެއްވަރެއްގައި އޮވެ މިއަދަދު ހިފެހެއްޓުނެއެވެ.

އެހާ ހިސާބަށް އާދެވުނުއިރު، ރައީސް ނާސިރުގެ ސަރުކާރުގައި ތިނަދޫން މީހުން ބޭލި ހާދިސާއާއި، ކުރިމަތިލާން ޖެހުނެވެ.

އޭގެފަހުން ތިނަދޫ އަށް އަނެއްކާ މީހުން އާބާދުވެ ދެކުނުގެ އެކި ރަށްރަށުންވެސް ތިނަދޫ އަށް މީހުން އާބާދުވަމުން ދިޔައެވެ. އެއާއި އެކު ތިނަދޫއަށް އާބާދީގެ އަދަދު ދިޔައީ އިތުރުވަމުންނެވެ. 2004 ، 2006 އާއި ހަމަޔަށް އައިއިރު މިއަދަދު އިތުރަށް ބޮޑުވިއެވެ. 1966 އެއްގެ ހިސާބުން ފެށިގެން މިއަހަރު، 2023 ގެ ބޯހިމެނުމާއި ގުޅުންހުރި ހިސާބުތަކުން ފެންނަން ހުރީ އެ ރަށުގެ އާބާދީ އަކީ 7000 ކަމެވެ.

ތިނަދޫ ސިޓީ އާއި ތަރައްގީ

ތިނަދޫ ސިޓީގެ ތަރައްގީއަށް ބަލާއިރު އެ ރަށަކީ އަބަދުވެސް ސިޓީއެއްގެ ކުލަވަރު ފެންނަން އޮތް ހަނގީގީ ތަރައްގީގެ ހިތްގައިމު ރަށެކެވެ. އެ ރަށަކީ އެ އަތޮޅުގެ ވެރިކަން ކުރާ ރަށެވެ. އެ ރަށަކީ އަތޮޅު ތައުލީމީ މަރުކަޒު ހުންނަ ރަށެވެ. ކޮލަޖް ތަކާއި އެކު، ރަށުން ބޭރު ކުދިން ކިޔަވަން އައިސް ތިބެވޭނެ ދަނާލެއްވެސް އެރަށުގައި ހުރެއެވެ. ހުވަދު އަތޮޅުގެ ތައުލީމީ ނިޒާމް ބިނާވެފައިވަނީ މުޅި ތިނަދޫ އަށެވެ.

ސިއްހީ ހިދުމަތާއެކު ބޮޑު ހޮސްޕިޓަލެއް ގާއިމްވެފައިވާ އެ ރަށަށް ހިދުމަތަށް ލިބިގަންނަން އެތައް ބަޔަކު ކޮންމެ ދުވަހަކުވެެސް ދަތުރު ކުރެއެވެ. ކުދި ވިޔަފާރިތަކުން ފެށިގެން ބޮޑެތި ވިޔަފާރިއާއި ހަމަޔަށްވެސް ވިޔަފާރީގެ މަގު އޮތީ އެރަށުގައި ފުޅާ ވެފައެވެ. ރޭގަނޑު ހުޅުވޭ ފިހާރަތައްވެސް އެރަށުގައި ތިބެއެވެ. އެހެންކަމުން މުޅި ހުވަދު އަތޮޅުގެ އިގްތިސާދީ މައި ހަބަކީ ތިނަދޫ އެވެ.

ކަންމިހެން އޮތުމުން އެއީ މާކުރިން ފެށިގެންވެސް ހިނގީގީ ސިޓީ އެކެވެ.

ތިނަދޫ ސިޓީ އަކަށްވީ ކީއްވެ؟

ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް މަސައްކަތް ފެށުނު ހިސާބުންވެސް އާބާދީގެ މައްސަލަ ފެންމަތި ވިއެވެ. ނަމަވެސް އެރަށަށް ކަނޑައެޅިގެންވާ އާބާދީއާއި ދޭތެރޭގައި އޮތް އެންމެ ބޮޑު ޔަގީން ކަމަކީ އެ ރަށުގައި އެކަނި ދެ ދާއިރާއެއް އޮތުމެވެ. ކޮންމެ ދާއިރާއެއްގައި 5000 މީހުން ތިބޭއިރު، ރައްޔިތުން މަޖިލިސް ތަމްސީލު ކުރާ އެ ދާއިރާއިން ވެސް ތިނަދޫގެ ތަރައްގީއަށް ބޮޑު ކުރިއެރުމެއް ގެނުވައެވެ.

Thinadhoo Council N LGA

ތިނަދޫ ކައުންސިލުން ކައުންސިލް މިނިސްޓްރީއާ އަދި ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ބައްދަލުވުން/ފޮޓޯ ތިނަދޫ ކައުންސިލް

ދެ ދާއިރާއެއްގެ މަޖިލިސް ގޮޑި މަޖިލީހުގައި އެ ރަށުން ތަމްސީލު ކުރާތާ 10 އަހަރު ވަނީ ވެފައެވެ. އެ ރަށުގައި ކައުންސިލް ރައީސާއި އެކު ހަ ކައުންސިލަރަކު ތިއްބެވެ.

ތިނަދޫ ސިޓީގެ ވުޖޫދު

ނިމިދިޔަ 2021 ވަނަ އަހަރު އެޕްރީލް މަހު ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނުގައި އެ ރަށުގެ ކުރީގެ ކައުންސިލް ރައީސް އަދި މިހާރު ކައުންސިލްގެ މޭޔަރު ކަމުގައި ހުންނަވާ މޭޔަރު ސައުދު އަލީ ވިދާޅުވީ ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ހޯއްދަވަން ވަންނަން ޖެހޭ ކޮންމެ ތަނަކަށްވަދެ ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމަށެވެ. އަދި މިއީ އެބޭފޫޅާގެ ވައުދެއް ކަމަށާއި، މި ކަން ކުރުމުގައި ދެމި ހުންނާނެ ކަމަށެވެ.

ސައުދުގެ އެ ޖުމްލައާއި އެކު، ތިނަދޫގެ ނަން ހިނގާ ބައެއް ބޭފުޅުން މިކަމުގައި އޭނާ އަށް އެކަން ނުކުރޭވޭނެ ކަމަށް ބުނެ ތަފާތު ވާހަކަތައް ދައްކަން ފެށިއެވެ. އަދި މަލާމާތުގެ އެކި ބަސްތައްވެސް އަމާޒު ކުރަން ފެށިއެވެ. މަލާމާތުގެ ބަހަކަށް ސައުދެެެއް ނުގުޑުނެވެ. އެ ބަސްތަކާއި އެ އަޑުތައް ބީރު ކަންފަތެއް ދިނުމަށްފަހު ސައުދު ކުރިއަށް ހިނގައިގަތީ ކަންކުރެވޭނެ ކަމުގެ ޔަގީން ކަމާއިއެކުގައެވެ.

ތިނަދޫ ސިޓީ މޭޔަރ ސައިދު އަލީ ހުވާކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން/ފޮޓޯ ތިނަދޫ ކައުންސިލް

ކައުންސިލް ގޮނޑީގައި އިދެ ގޮނޑި ހޫނުކުރުމުގެ ބަދަލުގައި ބާރުވެރިކަމާއި، ލާމަރުކަޒީ ނިޒާމުގެ ތެރެއިން އޭނާ އަށް ވަދެވެން އޮތް ހުރިހާ ދޮރެއްގައި ޓަކި ޖެހުމުގެ މަސައްކަތް ފެށިއެވެ. އަދި މި ކަމުގައި އެންމެ މުހިންމު ދައުރެއްއަދާކުރި އެއްބައެއްގެ ގޮތުގައި ގދ. އަތޮޅު ކައުންސިލް ވެސް ހިމެނެއެވެ.

ތިނަދޫ ސިޓީ ކައުންސިލުން މީގެ ކުރިން ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުން/ފޮޓޯ ތިނަދޫ ކައުންސިލް

ގދ. އަތޮޅު ވެރިކަންކުރާ ރަށް، ތިނަދޫއަކީ ސިޓީއެއްގެ ދަރަޖަ ލިބިފައިވާ ރަށެއް ކަމަށް ފުރަތަމަ ކަނޑައެޅީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ އަހަރު އޮގަސްޓް 30 ވަނަ ދުވަހުގެ ރޭ ތިނަދޫގައި ބޭއްވި އެމަނިކުފާނުގެ ކެމްޕެއިން ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސޯލިހު އޭރު ވިދާޅުވީ ސިޓީއަކަށް ވުމަށް ގާނޫނުގައި ލާޒިމުކުރާ ހުރިހާ ޝަރުތެއް އެ ރަށުގައި ހަމަވާ ކަމަށެވެ.

އެހެންކަމުން އެއީ ސިޓީއެއްގެ ދަރަޖަ ލިބިފައިވާ ރަށެއް ކަމަށާއި، ތިނަދޫއަށް ވަޑައިގެންނެވީ މާލޭގައި ސިޓީ އާއިގުޅޭ ގަރާރުގައި ސޮއި ވެސް ކުރައްވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ނަމަވެސް ރައީސް ސޯލިހުގެ ވެރިކަން ނިމި ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވިއިރު، އޮތީ ގާނޫނީ މަރުހަލާގެ ތެރެއިން އެއްވެސް ވަރަކަށް މަސައްކަތްތަކެއް ނުކުރެވިފައެވެ. އެހެންކަމުން އެ މަރުހަލާ ފުރިހަމަކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ގދ. އަތޮޅު ކައުންސިލާއި ގދ. ތިނަދޫ ކައުންސިލުން ވަނީ ސަރުކާރާއި، ގުޅިގެން ކުރައްވާފައެވެ.

މި ބުރަ ބޮޑު މަސައްކަތް މިހާރު ކުރައްވާފައިވާއިރު، ގިނަގުނަ ގާނޫނީ ހުރަސްތަކާއިއެކު، މި މަސައްކަތް ކާމިޔާބު ކުރެއްވުމުގައި ވަރަށް ގިނަބަޔަކު ވަނީ ޝާމިލް ވެފައެވެ. ހާއްސަކޮށް އޭރު ތިނަދޫ ކައުންސިލްގެ ރައީސް އާއި، އަތޮޅު ކައުންސިލާއި، މިއަދުގެ ސަރުކާރުންނެނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!