ޚަބަރު
ކުޑަކުދިންނަށް އަނިޔާ ކުރާ މައްސަލައިގައި އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަަޅާނަން: އިހުސާން
ކުޑަކުދިންނަށް އަނިޔާ ކުރާ މައްސަލައިގައި އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަަޅާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

އިހުސާން މިފަދައިން ވިދާޅުވީ މިރޭ ސޯޝަލް މީޑިއާގައި ކުޑަކުއްޖަކަށް އަނިޔާ ކުރާ ވީޑިއޯ އެއް ދައުރުވެފައި ވަނިކޮށެވެ. އެ މައްސަލަ މިހާޜު ވަނީ ފުލުހުންގެ ސަމާލުކަމަށް އައިސްފައެވެ. އަދި މިހާރު ފުލުހުން ދަނީ އެ މައްސަލަ ބަލަމުންނެވެ.

އިހުސާން ވިދާޅުވީ މިކަން ކުރިފަރާތްތައް ހޯދައި އަވަހަށް ފިޔަވަޅުއެޅުމަށް ފުލުހުން ދަނީ މަސައްކަތްކުރަމުން ކަމަށާއި، މިފަދަކަންކަން މުޖުތަމައުގައި ހިންގާފަރާތްތަކާއިމެދު އެޅެންއޮތް އެއްމެ ހަރުކަށި ފިޔަވަޅު އެޅިގެންދާކަމުގެ ޔަޤީންކުރާ ކަމަށެވެ.

ފުލުހުން ބުނީ މިހާތަނަށް ފުލުހުން ކުރި މަސައްކަތުން، އެކަން ކުރިކަމަށް ތުހުމަތު ކުރި ކަން އެނގިފައިވަނީ ކުޑަ ކުދިން ކަމަށާއި، އެއީ 13 އަހަރު އަދި 14 އަހަރުގެ ދެ ކުދިން ކަމަށެވެ.

މި ވީޑިއޯ އިން ފެންނަ މަންޒަރު ތަކަކީ ބަލަން އުނދަގޫ އަދި ކުޑަ ކުއްޖާގެ ކަރާމާތަށް އުނިކަން އަންނާނެފަދަ މަންޒަރު ތަކަކަށް ވުމާއެކު މި ވީޑިއޯ އެކަކު އަނެކަކަށް ހިއްސާކޮށް ސޯޝަލް މީޑިއާގައި ސަރކިއުލޭޓް ނުކުރުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!