ޚަބަރު
ކުޑަކުއްޖާއަށް އަނިޔާކުރި މައްސަލައިގެ ތަހުގީގަށް ހާއްސަޓީމެއް ރަސްދޫގައި

އއ. ރަސްދޫގެ މިސްކިތެއްގެ ވުޟޫކުރާ ބައިގެ ތެރޭގައި ކުޑަކުއްޖަކަށް، ގަނާ ކޮށް ރަހުމުކުޑަގޮތަކަށް އަނިޔާކުރި މައްސަލަ ބެލުމަށް، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއާއި، ޖެންޑަރ މިނިސްޓްރީއާއި، އަދި ފުލުހުންގެ ޓީމެއް މިހާރު އެރަށުގައި ހަރަކާތްތެރިވަމުންދާ ކަމުގައި ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން އެކްސްޕޯސްޓެއްގައި ވިދާޅުވީ މައްސަލަ ތަހުގީގު ކުރުމަށް ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއާއި، ޖެންޑަރ މިނިސްޓްރީއާއި، އަދި ފުލުހުންގެ ޓީމެއް މިހާރު އެރަށުގައި ހަރަކާތްތެރިވަމުންދާ ކަމުގައެވެ.

ރަސްދޫ މިސްކިތެއްގެ ވުޟޫކުރާ ސަރަހައްދުގައި ކުޑަކުއްޖަކަށް ގަނާކޮށް، އަނިޔާ ކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއަށްވެސް މިހާރުވަނީ ހުށަހަޅާފައެވެ.

ފުލުހުން ބުނެފައި ވަނީ މިސްކިތް ތެރޭގައި ކުޑަކުއްޖާއަށް އަނިޔާ ކުރި ކަމަށް ތުހުމަތު ކުރެވެނީ ކުޑަ ދެ ކުދިން ކަމަށެވެ. އެއީ 13 އަހަރު އަދި 14 އަހަރުގެ ދެ ކުދިން ކަމަށާއި އެ ކުދިން ދެނެގަނެވިފައިވާ ކަމަށް ވެސް ފުލުހުންގެ މެސެޖްގައިވެއެވެ.

އއ. މަތިވެރީގައި ދިރިއުޅޭ އެ ކުއްޖާ ރަސްދޫއަށް ދިޔައީ އާއިލާ އާ އެކީގައި ޗުއްޓީއަށެވެ.

ވީޑިއޯއިން ފެންނަނީ ދެމީހަކުވެގެން މިސްކިތެއްގެ ތެރޭގައި، ކުޑަކުއްޖަކަށް، ތަރާވީސް ނަމާދު ކުރަމުންދަނިކޮށް، މިސްކިތުގެ ވުޟޫކުރާ ބައިގެ ތެރޭގައި ކުޑަކުއްޖާ ގަނާކޮށް، އިންޒާރުދީ އަނިޔާ ކުރަމުންދާ މަންޒަރެވެ. އަދި ވަރަށް ރަހުމު ކުޑަކޮށް ކުޑަކުއްޖާއާ ދޭތެރޭ އަމަލުކޮށްފައިވާތަންވެސް ވީޑިއޯއިން ފެންނަން ހުރެއެވެ. ވީޑިއޯއިން ފެންނަ މަންޒަރުތަކަކީ ބަލަން އުނދަގޫ އަދި ކުޑަކުއްޖާގެ ކަރާމާތަށް އުނިކަން އަންނާނެ ކަހަލަ މަންޒަރުތަކަކަށް ވާތީ، ވީޑިއޯ އެކަކު އަނެކަކަށް ހިއްސާކޮށް، ސޯޝަލް މީޑިއާގައި ދައުރު ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!