ޚަބަރު
ލޭ ހަދިޔާ ކުރުމަށް ބޭނުންވާ ފަރާތްތައް ރަޖިސްޓްރީ ވުމުގެ ފުރުސަތު ޑރ.އޭ،އެސް،އެމް،އެޗް އިން ހުޅުވާލައިފި

ވޮލެންޓިއަރ ކޮށް ލޭ ހަދިޔާ ކުރުމަށް ބޭނުންވާ ފަރާތްތައް ރަޖިސްޓްރީ ވުމުގެ ފުރުސަތު ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ހުޅުވާލައިފިއެވެ.

އެ ހޮސްޕިޓަލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި ތިބޭ ބަލިމީހުންނާއި، އެމަރޖެންސީގައި ގެނޭވޭ ފަރާތްތަކަށް ލޭ ހޯދަން ޖެހޭ ހާލަތްތަކުގައި، ބަލިމީހާ އަށް ނުވަތަ އެހީތެރިއާއަށް ދަތި ތަކާއި ކުރިމަތިލާން ޖެހި ލޭ ހޯދުމަށް ގިނަ ވަގުތު ހޭދަ ވަމުންދާ ކަމަށް ފާހަނގަ ކުރެވޭ ކަމަށެވެ.

އެހެން ކަމުން އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ވޮލެންޓިއާރކޮށް ލޭ ހަދިޔާ ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ހޮސްޕިޓަލުގައި ރެޖިސްޓްރީ ވުމުން ލޭ ހޯދަން ޖެހިއްޖެ ހާލަތެއްގައި ފަސޭހަ ކަމެއް ލިބިގެން ދާނެ ކަމަށް އެ ހޮސްޕިޓަލުގެ އިއުލާނުގައި ބުނެފައިވެއެވެ.

ޑރ.އޭ.އެސް.އެމް.އެޗް ގެ އިއުލާނުގައި ބުނެފައިވާ ގޮތުން ލޭ ހަދިޔާ ކުރުމަށް ބޭނުންފުޅުވާ ފަރާތްތަކުން ރެޖިސްޓްރީ ވުމަށް އެ ހޮސްޕިޓަލުގެ ފޭސްބުކް ޕޭޖް އަށް ނަމާއި އެޑްރެސް، އައިޑީކާޑް ނަންބަރާއި ފޯނު ނަންބަރު އަދި ލޭގެ ގްރޫޕް މެސްޖު ކުރައްވަމަށް އެދެއެވެ. ނުވަތަ އެ ހޮސްޕިޓަލުގެ ފޯނު ނަންބަރު 6841977 އަކަށް ގުޅުއްވައިގެން މައުލޫމާތު ހިއްސާ ކޮށް ރެޖިސްޓަރ ކުރެވޭނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.

ލޭ ހަދިޔާ ކުރުމަކީ އިންސާނިއްޔަތަށް ކޮށްދެވޭނެ ވަރަށް ބޮޑު އެހީތެރިކަމެކެވެ. އެހެން ކަމުން ވީހާވެސް ގިނަ ފަރާތްތަކުން ރެޖިސްޓާރ ވުމަކީ “ހުވަދޫ ނިއުސް” ގެވެސް ވަރަށް ބޮޑު އެދުމެކެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!