ދިވެހި ފިލްމީ ދުނިޔޭގައި ފިޔަަޖަހާލި ފަނޑުވުމެއް ނެތި ކުރިއަރައިގެން ދިޔަ ތަރި ނިއުމާ މުހައްމަދު އޭނާގެ ފޭނުންނަށް ފުރިިހަމަ ހަދިޔާއެއް ދޭން ނިންމައިފިއެވެ.
މި ފިތުރުއީދުގެ މުނާސަބާގައި ނިއުމާ އޭނާގެ ބެލުންތެރިންނާއި އޭނާ ދެކެ ލޯބިވާ ފަރާތްތަކަށް މި ދޫކޮށްލަނީ، އޭނަ ޕްރޮޑިއުސްކޮށް ޔޫސުފު ޝަފީއު ޔޫއްޕެ ލިޔެ ޑައިރެކްޓް ކޮށްފައިވާ ބިރުވެރި ފިލްމު “ކަޅަކި” އެވެ.
އެގޮތުން ނިއުމާ ވަނީ މިއުފާވެރި ހަބަރު އޭނަގެ ފޭނުންނަށް ފޯރުކޮށްދޭން ހަމަޖައްސާފައިވާ ‘ކަޅަކި’ ފިލްމު ޕްރިމިއަރ ކުރާނީ މީޑިއާނެޓްގެ އެމްސްއެމް ވީޑިއޯ ކުލަބުން، ފިތުރު އީދު ދުވަހު، އާދެ! މާދަމާއެވެ.
އޮލިމްޕަހަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު 7 ގައި އައި މި ބިރުވެރި ފިލްމަކީ ނިއުމާ މުހައްމަދު ޕްރޮޑިއުސްކޮށް، ފިލްމުގައި ނުހަނު ހާއްސަރޯލެއް އަދާކޮށްފައިވާ ހުނަރުވެރި ތަަރި ޔޫސުފް ޝަފީއު ލިޔެ ޑައިރެކްޓް ކޮށްފައިވާ ފިލްމެކެވެ.

