ޚަބަރު
އަލީ ވަހީދު މިއަދު ނޫސްވެރިންނާއި ބައްދަލުކުރާނެ ކަމަށް އިއުލާންކޮށްފި

ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު މިއަދު ނޫސްވެރިންނާއި ބައްދަލުކުރާނެ ކަމަށް އިއުލާންކޮށްފިއެވެ.

އަލީ ވަހީދު މިއަދު ކުރެއްވި ޓްވީޓެއްގައި ކަޅުކުލައިގެ ފޮޓޯއެއްގައި އަލީ ވަހީދުގެ ނަން ފެށޭ ދެއަހަކުރު ލިޔެފައިވެއެވެ. އަދި އެޓްވީޓުގައި ވިދާޅުވެފައިވަނީ މިއަދު ހަވީރު 16:00 ގައި ނޫސްވެރިންނާއި ބައްދަލު ކުރާނެ ކަމަށެވެ.

މިދިޔަ ހޯމަދުވަހު އަލީ ވަހީދުގެ ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަކީލުން ވިދާޅުވެފައިވަނީ ދައުލަތުން އަލީ ވަހީދު ފްރޭމްކުރާ ކަމަށެވެ. ވަޒީރުކަމުގެ މަގާމުން އަލީ ވަހީދު ވަކިކުރީ ވެސް ތަހުގީގު ކުރުމެއް ނެތި ކަމަށާއި ޖަވާބުދާރީވުމުގެ އެއްވެސް ފުރުސަތެއް ނުދޭ ކަމަށް ވަކީލުން ވިދާޅުވިއެވެ.

އަލީ ވަހީދުގެ މައްޗަށް ޖިންސީ ގޯނާގެ ހަތް މައްސަލައެއް ކްރިމިނލް ކޯޓުގައި ހިގަމުންދާއިރު އަލީ ވަހީދު ރާއްޖެއިން ބޭރުގައި އުޅޭތާވެސް ހަމަސް ދުވަސް މިވަނީ ވެފައެވެ. އެހެންނަމަވެސް އަލީވަހީދުގެ ޕާސްޕޯޓް ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ދޫކޮށްފައިވަނީ ހަތަރު މަސްދުވަހުގެ މުއްދަތަކަށެވެ.

އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ބާއްވާން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން އަލީ ވަހީދަށް ޗިޓު ފޮނުވައި އެންގީ އަޑުއެހުމަށް ސީދާ ކޯޓަށް ހާޒިރުވާށެވެ. ނަމަވެސް، ނަމަވެސް އަޑުއެހުމަށް އަލީ ވަހީދު ރާއްޖެވަޑައި ނުގަންނަވައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!