ޚަބަރު
ހިޔާ ފުލެޓުގެ އެޕާޓްމަންޓަކަށް މީހަކު ވައްދައި އެމީހާގެ އައިނާއި ވޮލެޓު ފޭރިގެންފި

ހުޅުމާލޭ ދެވަނަ ފޭސްގެ ހިޔާ ފުލެޓެއްގެ އެޕާޓުމެންޓަކަށް މީހަކު ވައްދައި އެމީހާގެ ވޮލެޓު ފޭރިގެންފިއެވެ.

ފުލުހުން ބުނީ ހިޔާ ފުލެޓު ކައިރިން މީހެއްގެ ވޮލެޓު ބަޔަކު ފޭރިގަނެފައިވާކަމުގެ ރިޕޯޓު އިއްޔެ ހެނދުނު ލިބިފައިވާ ކަމަށާއި އަދި އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ، .

މުސްތަގީމް ނަމަކަށް މިޔާ އެމީހާ ވަނީ އޭނާގެ ސޯޝަލްމީޑިޔާގައި އެ ފޭރުމުގެ ވާހަކަ ހިއްސާކޮށްފައެވެ. އޮޅުވާލައިގެން އެހިސާބަށް ގެންގޮސް ގަދަކަމުން ހިޔާ ޓަވަރު 5 އަށް އޭނާ ވެއްދުމަށްފަހު ހަތަރު މީހުން ވެގެން އޭނާގެ ވޮލެޓާއި އައިނު ފޭރިގަނެފައިވާ ކަމަށެވެ. މުސްތަގީމް ބުނިގޮތުގައި އެ ވޮލެޓުގައި އޭނާގެ ހުރިހާ ކާޑުތައް ހުންނާނެ ކަމަށެވެ. އަދި އެ ކާޑުތައް މިހާރު ބްލޮކް ކޮށްފައިވާ ކަމަށާއި މި ތަކެތި ހޯދުމަށް އާންމުންގެ އެހީ ބޭނުންވާ ކަމަށެވެ.

އޮފިސަރު ވިދާޅުވީ މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ.

ފަހަކަށް އައިސް މީހުންނަށް ގުޅައިގެން އޮޅުވާލައިގެން ތަންތަނަށް ގެންގޮސް ފޭރުމުގެ މައްސަލަތަކާއި މީހުން ރަހީނުކުރުމަށްފަހު ފޭރުމުގެ މައްސަލަ ވެސް ދަނީ އިތުރުވަމުންނެވެ. އެހެންކަމަށްވޔމާއމިފަދަ މައްސަލަތަކަށް ސަމާލުވުމަށް ފުލުހުން ވަނީ އެދިފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!